ރަށު ކުޅިވަރުކުޅިވަރު

ޔޫއެޗްއެލް ޓޮޕްވަން ލީގުގެ ނިމުން ފާހަގަ ކުރުމަށް މިރޭ ކުޅޭ މެޗު އުނގޫފާރު.ކޮމް އިން ލައިވް ކުރަނީ

އުނގޫފާރު އިޖުތިމާޢީ މަރުކަޒުން އިންތިޒާމުކޮށްގެން މިހާރު ކުރިއަށް ގެންދާ ފުޓްސަލް މުބާރާތް “ޔޫއެޗްއެލް ޓޮޕް ވަން ލީގް 2019” ގެ ނިމުން ފާހަގަ ކުރުމުގެ ގޮތުން މިރޭ ކުޅުމަށް ހަމަޖެހިފައިވާ ފުޓްސަލް މެޗު އުނގޫފާރު.ކޮމް ގެ ފޭސްބުކް ޕޭޖުން ލައިވް ކުރުމަށް ނިންމައިފިއެވެ. މި ފުޓްސަލް މެޗަށް ފަހު އޮންނަ މި މުބާރާތުގެ ނިންމުމާއި ޓުރޮފީ ދިނުމުގެ ރަސްމިއްޔާތު ވެސް އުނގޫފާރު.ކޮމް އިން ލައިވު ކުރުމަށް ވަނީ ނިންމާފައެވެ.

މި މެޗު ފެށުމަށް ހަމަޖެހިފައި ވަނީ މިރޭ 20:30 ގައި އުނގޫފާރު އިޖުތިމާޢީ މަރުކަޒުގައެވެ. މި މެޗުގައި ވާދަކުރާނީ މި މުބާރާތް ކާމިޔާބުކުރި ތިޔަމަސް އެކްސް އާއި މުބާރާތުގެ 2 ވަނަ ހޯދާފައިވާ ޔަންގް ސްޓާރ އެވެ.

މި މުބާރާތުގައި ޖުމްލަ 6 ޓީމު ބައިވެރިވެފައި ވާއިރު ކޮންމެ ޓީމަކުން ވެސް ޖުމްލަ 10 މެޗު ކުޅެފައިވެއެވެ. މި މުބާރާތުގެ މެޗުތައް ކުޅެފައި ވަނީ ލީގު އުސޫލުން 2 ލެގު ކުޅެ އެންމެ ގިނަ ޕޮއިންޓު ހޯދާ ޓީމަކުން މުބާރާތް ކާމިޔާބު ކުރާ ގޮތަށެވެ. މި މުބާރާތުގެ މެޗުތައް ރޭ ވަނީ ނިންމާލާފައެވެ.

މި މުބާރާުގެ ޗެންޕިއަން ތިޔަމަސް އެކްސް އިން ވަނީ އެ ޓީމުން މި މުބާރާތުގައި ކުޅުނު 10 މެޗު ވެސް ކާމިޔާބުކޮށް ޖުމްލަ 30 ޕޮއިންޓު ހޯދާފައެވެ. ތިޔަމަސް އިން މި މުބާރާތުގައި ޖުމްލަ 65 ލަނޑު ޖަހާފައި ވާއިރު އެ ޓީމުގެ ކޮޅަށް ވަދެފައި ވަނީ އެންމެ 11 ލަނޑެވެ. މުބާރާތުގައި ފެށުނީއްސުރެ އެއްވެސް މެޗަކުން ބަލިނުވެ ތިޔަމަސް އެކްސް އިން ދިޔައީ ތާވަލުގެ 1 ވަނަ މަޤާމު ހިފަހައްޓަމުންނެވެ. ތިޔަމަސް އިން މުބާރާތް ކާމިޔާބު ކުރީ ކުރިއަށް 2 މެޗު އޮއްވައެވެ.

މުބާރާތުގެ 2 ވަނަ އަށް ދިޔަ ޔަންގް ސްޓާރ އަށް ލިބިފައި ވަނީ 20 ޕޮއިންޓެވެ. އަދި 3 ވަނަ އަށް ދިޔަ ޑަބަލް އެލް އަށް ލިބިފައި ވަނީ 18 ޕޮއިންޓެވެ.

ފުޓްސަލް އަދި ފުޓުބޯޅައަށް ލޯބިކުރާ އުނގޫފާރުގެ ޒުވާނުންނަށް އުނގޫފާރު އިޖުތިމާޢީ މަރުކަޒުން ފަހިކޮށްދިން މި ފުރުސަތު ވެގެން ގޮސްފައި ވަނީ ވާދަވެރި މާހައުލެއްގައި އުނގޫފާރު ފުޓްސަލް ކުޅުންތެރިންގެ ހުނަރު އިތުރަށް ތަރައްޤީވެގެން ދިޔަ މުބާރާތަކަށެވެ. އެ ގޮތުން ވަކިވަކި  ކުޅުންތެރިންނާއި ޓީމުތަކުގެ ކިބައިން މެޗަކަށް ފަހު މެޗެއް ކުޅުން އިތުރަށް ރަނގަޅުކުރަމުން އައި ތަން ފެނިފައިވެއެވެ.

މި މުބާރާތުގައި ޓީމުތަކުން ޖުމްލަ 260 ލަނޑު ފެނިގެން ގޮސްފައިވެއެވެ. މުބާރާތުގެ އެންމެ ގިނަ ގޯލަ ޖަހާފައި ވަނީ 67 ލަނޑާ އެކު ޔަންގް ސްޓާރ އިންނެވެ.

މި މުބާރާތް ސްޕޮންސާކޮށްފައި ވަނީ ޔޫއެޗްއެލް ޓްރޭޑާސް އިންނެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

މުނާޒު މުޙައްމަދު

އުނގޫފާރު ފޯސްޓެރިން އެވެއާނެސް އެސޯސިއަން (އުފާ) ގެ މެމްބަރެކެވެ. އުނގޫފާރު ޑޮޓް ކޮމްގެ ހުރިހާ ކޮންޓެންޓެއް މެނޭޖް ކުރުމުގައި އިސްކޮން ހަރަކާތްތެރިވާ އެޑިޓަރެވެ. އަދި މި ނޫހުގެ ވެބް ޑިޒައިނަރ އަދި ޕުރޮގރާމަރއެވެ.

ގުޅޭ ލިއުންތައް

avatar
Close