ޚަބަރުރ.އަތޮޅުރަށު ކުޅިވަރުކުޅިވަރު

“ރ އަތޮޅު ބަށިބޯޅަ ލީގް 2019” ފެށުމުގެ ރަސްމިއްޔާތަށް ނައިބް ރައީސް އުނގޫފާރަށް ވަޑައިގަންނަވަނީ

ރ އަތޮޅު ބަށިބޯޅަ ލީގް 2019

24 އޮގަސްޓް 2019 ގައި ފެށުމަށް ހަމަޖެހިފައިވާ “ރ އަތޮޅު ބަށިބޯޅަ ލީގް 2019” ގެ ފެށުމުގެ ރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވުމަށް ރާއްޖޭގެ އިއްޒަތްތެރި ރައީސުލް ޖުމުހޫރިއްޔާގެ ނައިބް އަލްފާޟިލް ފައިސަލް ނަސީމް އުނގޫފާރަށް ވަޑައިގަންނަވާ ގޮތައް ހަމަޖެހިއްޖެއެވެ.

މުބާރާތް ޝަރަފްވެރި ކޮށްދެއްވުމަށް ދެއްވިދައުވަތު ނައިބް ރައީސް ޤަބޫލުފުޅު ކުރެއްވިކަން ހާމަކުރައްވަމުން ޒަމާނީ ބަށިބޯޅަ އެސޯސިއޭޝަންގެ ފަރާތުން ބުނެފައިވަނީ މިއީ އަންހެނުންގެ ކުޅިވަރަށް ލިބިގެންދިޔަ ވަރަށްވެސްބޮޑު ޝަރަފެއްކަމުގައެވެ. އަދި  އެކަމަށްޓަކައި އެމަނިކުފާނަށް ވަރަށް އިހްލާސްތެރިކަމާއެކު މަރުހަބާ އާއި ޝުކުރު ދަންނަވާކަމަށެވެ.

ޒަމާނީ ބަށިބޯޅަ އެސޯސިއޭޝަންގެ ފަރާތުން ދެއްވިދައުވަތު ޤަބޫލުކުރައްވައި ނައިބު ރައީސް އުނގޫފާރަށް ވަޑައިގަންނަވާ ގޮތައް ހަމަޖެހިފައިވާއިރު ރ އަތޮޅުގެ މަޖިލިސް މެމްބަރުންނާއި ކައުންސިލް ތަކާއި އަންހެނުނެގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީތަކުގެ މެމްބަރުންނަށާއި ކެބިނެޓްގެ ބައެއް މިނިސްޓަރުންނަށް ވެސް ދެއްވި ދައުވަތު ޤަބޫލުކުރައްވައި މިރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގެން ދެއްވުމަކީ މިކަމަށް ލިބިގެންދާނެ އިތުރު ފުރިހަމަކަމަކާއި ޝަރަފަކާއި ބޮޑު އުފަލެއް ކަމަށް ޒަމާނީ ބަށިބޯޅަ އެސޯސިއޭޝަނުން ހާމަކޮށްފައިވެއެވެ.

މިއީ ނައިބް ރައީސް އުނގޫފާރަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ. 24 އޮގަސްޓް 2019 ގައި ފެށިގެންދާ މިމުބާރާތަކީ ޒަމާނީ ބަށިބޯޅަ އެސޯސިއޭޝަން އާއި އުނގޫފާރު އިޖުތިމާއީ މަރުކަޒު އަދި އުފާ ގުޅިގެން ކުރިއަށް ގެންދާ މުބާރާތެކެވެ

ޓެގް
އިތުރަށް ވިދާޅުވުމަށް

އިބްރާހީމް ޒަޔާން

އުނގޫފާރު ފޯސްޓެރިންގް އެވެޔާނެސް އެސޯސޮއޭސަން (އުފާ) ގެ ރައިސް އެވެ. އުފާ ނިވްސް ޓީމްގެ ފަރާތުން ޙަބަރުތައް ގެނެސްދިނުމުގައި އެންމެ އިސްކޮށް އުޅުއްވާ އެއް ނޫސްވެރިޔާއެވެ. ހުރިހާ ދާއިރާއެއްގެ ޙަބަރުތައްވެސް ލިޔުއްވުމުގެ އިތުރުން ވާހަކަ ލިޔުމަށް ޝަޢުގުވެރިކަން ހުންނަވައެވެ.

ގުޅޭ ލިއުންތައް

avatar
Close