ރ.އަތޮޅު

ރ.އަތޮޅު ބަށި ބޯޅަ ލީގާ ބެހޭ ގޮތުން އަތޮޅު ކައުންސިލާ މަޝްވަރާކޮށްފި

އޮގަސްޓް 23 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ ބަށި ބޯޅަ މުބާރާތް، ރ.އަތޮޅު ބަށި ލީގު 2019 އާ ބެހޭ ގޮތުން މަޝްވަރާ ކުރުމަށް ރ.އަތޮޅު ކައުންސިލްގެ މެންބަރުންނާ އެކު ބައްދަލުވުމެއް ބާއްވައިފިއެވެ.

މިއަދު ހެނދުނު 9:30 ގައި ރ.އަތޮޅު ކައުންސިލްގެ އިދާރާގައި އޮތް މި ބައްދަލުވުމުގައި އުނގޫފާރު ފޯސްޓަރިން އެވެއާނެސް އެސޯސިއޭޝަން (އުފާ) އަދި އުނގޫފާރު އިޖުތިމާޢީ މަރުކަޒުން ބައިވެރިވިއެވެ. އަދި މި ބައްދަލުވުމުގައި ރ.އަތޮޅު ކައުންސިލްގެ ރައީސް އަލްފާޟިލް އަލީ ޝާހިދުވެސް ބައިވެރިވެވަޑައިގަތެވެ.

މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާ ކުރެވުނީ މި މުބާރާތް ކުރިއަށް ގެންދިއުމަށް އަތޮޅު ކައުންސިލުން ދެވޭނެ އެއްބާރުލުމާ ބެހޭ ގޮތުންނެވެ. އަތޮޅު ކައުންސިލުން ވަނީ މި މުބާރާތުގެ ކަންކަން ކުރިއަށް ގެންދިއުމުގައި ދެވެން އޮތް ފުރިހަމަ އެއްބާރުލުމެއް ދެއްވާނެ ކަމުގެ ޔަޤީންކަން ދެއްވާފައެވެ.

ރ.އަތޮޅު ބަށި ބޯޅަ ލީގު 2019 އަކީ މުޅި ރ.އަތޮޅަށް ހުޅުވާލައިގެން ކުރިއަށް ގެންދާ މުބާރާތެކެވެ. މި މުބާރާތް ކުރިއަށް ގެންދަނީ އުނގޫފާރު އިޖުތިމާޢީ މަރުކަޒާއި، އުފާ ޖަމިއްޔާ އާއި، އުނގޫފާރު އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީ އާއި، އުނގޫފާރު ކައުންސިލް އަދި ބަށިބޯޅަ ފައުންޑޭޝަން އޮފް ދަ މޯލްޑިވްސް ގުޅިގެންނެވެ.

އިތުރަށް ވިދާޅުވުމަށް

މުނާޒު މުޙައްމަދު

އުނގޫފާރު ފޯސްޓެރިން އެވެއާނެސް އެސޯސިއަން (އުފާ) ގެ މެމްބަރެކެވެ. އުނގޫފާރު ޑޮޓް ކޮމްގެ ހުރިހާ ކޮންޓެންޓެއް މެނޭޖް ކުރުމުގައި އިސްކޮން ހަރަކާތްތެރިވާ އެޑިޓަރެވެ. އަދި މި ނޫހުގެ ވެބް ޑިޒައިނަރ އަދި ޕުރޮގރާމަރއެވެ.

ގުޅޭ ލިއުންތައް

avatar
Close