ކޮވިޑް-19

[covid-19-global-overview]
ޚަބަރު

އައިނާއަށް އެހީވުމަށް އާއިލާ އިން ބޮޑު އިވެންޓެއް! ހޮނިހިރު ދުވަހު އުނގޫފާރަށް ވަޑައިގަންނަވާ

ބޭސް ފަރުވާއަށް އިންޑިއާގައި 6 މަސް ދުވަހު މަޑުކުރަން ޖެހިފައިވާ، ރ.އުނގޫފާރު ދިރޭލާލުގެ، އުމުރުން 4 އަހަރުގެ އައިޝަތު އައިނާ  ބިންތު އަލީ ރަޝީދަށް އެހީވުމަށް އައިނާގެ ބައްޕަ ފަރާތު އާއިލާ އާއި މަންމަ ފަރާތު އާއިލާ ގުޅިގެން ބޮޑު އިވެންޓެ  ބޭއްވުމަށް ތައްޔާރުވެއްޖެއެވެ. މި އިވެންޓު އޮންނާނީ އަންނަ ހޮނިހިރު ދުވަހު ހެނދުނު 9:00 ން ހަވީރު 18:00 އަށް އުނގޫފާރު ޕޮލިސް ސްޓޭޝަނުގެ ދެކުނަށް އޮންނަ ހުސް ބިމުގައެވެ.

މި އިވެންޓުގައި 2 ފަރާތުގެ އާއިލާއިން އެކުވެގެން ކެންޓީނެއް ހިނގުމަށް ވަނީ ނިންމާފައެވެ. މި ކެންޓީނުގައި ހެނދުނުގެ ނާސްތާ އާއި މެންދުރުގެ ކެއުމަށް ބޭނުންވާ ވަރަށް ގިނަ ވައްތަރުތައް ހިމެނިފައި ވާނެ ކަމަށް އާއިލާއިން މަޢުލޫމާތު ދެއެވެ.

މި އިވެންޓު ހޮނިހިރު ދުވަހަކާ ދިމާކޮށްފައި ބާއްވަނީ އެ ދުވަހަކީ ރަށަށް ގިނަ އަދަދަކަށް މެހެމާނުން އަރާ ދުވަހަކަށް ވެފައި ގިނަ ބަޔަކަށް މި އިވެންޓުގައި ބައިވެރިވުމުގެ ފުރުސަތު ފަހިކުރުމުގެ ގޮތުން ކަމަށް އާއިލާއިން މަޢުލޫމާތުދެއެވެ.

ކެންޓީނުގައި ލިބެން ހުންނާނެ ތަކެތި

ހެނދުނުގެ ނާސްތާ

ރޮއްޓާއި މަސްކާށި، ޑިސްކް މަސްހުނި، ރޮއްޓާއި މަސްހުނި، ޑެވިލް ޗިކެން، ޕޮޓޭޓޯ ވިތު ޕޫރީ، އައިސް މައިލޯ، އައިސް ކޮފީ، ޖޫސް ޕެޓީ، ކަޕް ކޭކް، ހަނޑޫމާ، ޑޯނަޓް، ޕިއްޒާ، ސަބްމެރިން، ސޭންޑްވިޗް، ހަވާދުލީ ބިސް، ކަޓްލަސް، ބަޓަރ ކޭކް، ޗޮކްލެޓް ކޭކް، ޗޮކްލެޓް ބޯލްސް، ޕާން ބޯކިބާ، ރޯސްޕާން، ޕުޑިން، ކިރު ބޯކިބާ، ހުނި ހަކުރު

މެންދުރުގެ ކެއުން

ޑެވިލް ޗިކެން، ރޮށި، ފްރައިޑް ރައިސް، ފްރައިޑް ނޫޑުލްސް، ސްޕެގެޓީ، ޕާސްތާ، ރިހާކުރާއި ބަތް، ބިރިޔާނި، ފިހުނު މަސް، ފިހުނު ކުކުޅު، ކުކުޅު ފައި، ޖެލީ ޕުޑިން، މެގްނަމް ޕުޑިން، ހަލުވިދާ، ބަނބުކެޔޮ ބޮނޑިބަތް، ވަޅޯމަސް، ކުޅި މަސް

ހަވީރު ސައި

އައިސް މައިލޯ، އައިސް ކޮފީ، ޖޫސް ޕެޓީ، ކަޕް ކޭކް، ހަނޑޫމާ، ޑޯނަޓް، ޕިއްޒާ، ސަބްމެރިން، ސޭންޑްވިޗް، ހަވާދުލީ ބިސް، ކަޓްލަސް، ބަޓަރ ކޭކް، ޗޮކްލެޓް ކޭކް، ޗޮކްލެޓް ބޯލްސް، ޕާން ބޯކިބާ، ރޯސްޕާން، ޕުޑިން، ކިރު ބޯކިބާ، ހުނި ހަކުރު

ކުރިއަށް އޮތް ބޮޑު ޢީދަށް އުނގޫފާރުން ވިޔަފާރިކޮށްލަން ބޭނުންފުޅުވާ ފަރާތްތަކުން އަންނަ ހޮނިހިރު ދުވަސް އިހުތިޔާރުކުރައްވައިފި ނަމަ މި އިވެންޓުގައި ބައިވެރިވުމުމުގެ ފުރުސަތު ލިބިގެން ދާނެއެވެ. އަދި 2 ވަގުތުގެ ކެއުމަށް ހޭދަ ކުރާ ފައިސާ ތުއްތު ކުއްޖެއްގެ ފުރާނަ ސަލާމަތް ކުރުމަށް ވެވޭ އެހީއަކަށް ވެގެން ދާނެއެވެ. އެހެން ކަމުން މި ގޮތް ކީއްތޯއެވެ؟

ހަވީރު ސައި ގަޑީގައި މި ކެންޓީން ހިންގާނީ އުނގޫފާރު ސްޓޭޖު ސަރަހައްދުގައެވެ. މި އިވެންޓު ކުރިއަށްދާ ސަރަހައްދުތަކުގައި އައިނާއަށް އެހީވާން ބޭނުންވާ ފަރާތްތަކަށް ފައިސާގެ އެހީ ވެވޭ ގޮތަށް ފަންޑު ފޮއްޓެއް ވެސް ބެހެއްޓިފައި ހުންނާނެއެވެ. މި އިވެންޓުގައި ވީހާ ވެސް ގިނަ ހެޔޮއެދޭ ފަރާތްތަކުން ބައިވެރިވުމަކީ ޢާއިލާގެ ވަރަށް ބޮޑު އެދުމެކެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

މުނާޒު މުޙައްމަދު

އުނގޫފާރު ފޯސްޓެރިން އެވެއާނެސް އެސޯސިއަން (އުފާ) ގެ މެމްބަރެކެވެ. އުނގޫފާރު ޑޮޓް ކޮމްގެ ހުރިހާ ކޮންޓެންޓެއް މެނޭޖް ކުރުމުގައި އިސްކޮން ހަރަކާތްތެރިވާ އެޑިޓަރެވެ. އަދި މި ނޫހުގެ ވެބް ޑިޒައިނަރ އަދި ޕުރޮގރާމަރއެވެ.
avatar
1 Comment threads
4 Thread replies
0 Followers
 
Most reacted comment
Hottest comment thread
5 Comment authors
AliMohamedއެމް.ޑީއަލީހުޝާމް_09 Recent comment authors
ހުޝާމް_09
Guest
ހުޝާމް_09

އުނގޫފާރު މީހުންނަކީ އަބަދުވެސް އެހެން މީހުން ފެލައިގެން އުޅޭ ބައެއް، ކީއްތަވާނީ ތި އިވެންޓްވެސް ރަށްރަށުން ޑޮކްޓަރަށް ދައްކަން އަންނަ މީހުން ނުފެލާ ރަށުތެރޭގަ އުނގޫފާރު މީހުންނަށް އިވެންޓެއް ޖެއްސިއްޔާ، މިކަމުންވެސް ރަށުން ބޭރުން އަރާ މީހުން އަތުން ހުރިހާ ފައިސާއެއް ނަގާފަ ހުރިހާ ކުރެޑިޓެއް ނަގާނީ އުނގޫފާރު މީހުން، އެހެންވެޔޭ ބުނަނީ އުނގޫފާރު މީހުންނަކީ ނުބައި ނުލަފާ ބައެކޭ……

އަލީ
Guest
އަލީ

ހުޝާމް_09 މިނަމުގައި ކޮމެންޓް ކުރެއްވިފަރާތައް މާތްﷲގެ ހެޔޮރަޙްމަތްފުުޅުން ހެޔޮވިސްނުން ދެއްވާށި.
އެއްވެސް މީހަކަށް މިދުނިޔެއަކު އަނެކާގެ އެހީތެރިކަމާ ނުލައި ނޫޅެވޭނެ. އެގޮތަށްއެކަން ވާކަމަށް “ހުޝާމް_90” މިނަމުގައި ކޮމެންޓް ކުރިފަރާތަކީ ހާދަހައި އަމިއްލައެދުންބޮޑު ދަހި މީހެކެވެ.
އުނގޫފާރު ރައްޔިތުންނަކީ މިއަތޮޅުތެރެއިން އަރާ މީހުންގެ އަތުން ލިބޭއެއްޗަކަށް ބަރޯސާވެގެން އުޅޭނެ ބައެއްނޫން. އެގޮތަށް ވާނަމަ ސަލާންޖަހާ މީހުންވެސް އެންމެ ގިނަވާނީ އުނގޫފާރުގަކަމަށް ބެލެވޭ.

މީހަކަށް ހާލަތެއް މެދުވެރިވެ އެކަމުން އަރައިގަތުމަށް އަނެކާގެ އެހީއާ މަދަދަށް އެދެންޖެހޭ އެއީ އެމީހަކު އަމިއްލައަށް ކުރާކަމެއް ނޫން އެއީ މާތްﷲ އަޅަމެން އިމްތިހާން ކުރެއްވުން. އެކިމީހުން އިންތިހާން ކުރައްވާނީ އެކިގޮތަށް. އެއީ އުނގޫފާރުމީހާއަށް ވީމާ އެމީހާ މާކުރަތުމީހާއަށްވީމާވާ ގޮތެއްނޫން.

އެމް.ޑީ
Guest
އެމް.ޑީ

ތިބާއަށް މާތްﷲ ހެޔޮވިސްނުން ދެއްވާށިއެ. މިފަދަ ހިތާމަވެރި ކަމެއް ތިބާއަށް ނޫނީ ތިބާގެ އާއިލާއަށް ނޫނީ ތިބާގެ ރައްޓެއްސަކަށް ދިމާވީމާނޫނީ ނުވިސްނޭނެ. މީކީ ހަމައެކަނި ރަށުންބޭރު މީހުންނަށް ބާއްވާ އިވެންޓެއްނޫން

Mohamed
Guest
Mohamed

Hushaam kaley thee amiala eadhun bodu meehea

Ali
Guest
Ali

Kae doc ah dhakkan naaannaaathi

Close