ޙަބަރުރ.އަތޮޅު

ފްލައިމީ އިން އިފުރު އެއާޕޯޓަށް ދަތުރުތައް ފެށުމަށް ތައްޔާރުވަނީ

ވިލާ އެއާ އިން އޮޕެރޭޓު ކުރާ ފްލައިމީގެ އިތުރު ބޯޓެއް ގެނެސް ރ.އަތޮޅު އިފުރު އެއާޕޯޓަށް ދަތުރުތައް ފަށަން ތައްޔާރު ވަމުން އަންނަ ކަމަށް ފްލައިމީ އިން ބުނެފިއެވެ.

އޮންލައިން ނޫސް ވީ ނިއުސް އަށް މަޢުލޫމާތު ދެއްވަމުން ފްލައިމީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ނާޝިދް ވިދާޅުވީ އެ ކުންފުނިން އަންނަ އޮކްޓޫބަރު މަހު މުޅިން އާ ބޯޓެއް ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި އެއަށް ފަހު ފުލައިމީގެ ދަތުރުތައް އިފުރަށް ފެށުމަށް ނިންމާފައިވާ ކަމަށެވެ.

ވީނިއުސް އަށް މަޢުލޫމާތު ދެއްވަމުން ނާޝިދު ވިދާޅުވީ ވިލާ އެއާގެ އޮޕެރޭޝަން ފުޅާކޮށް ޑިމާންޑާ އެއްވަރަށް ދަތުރުތައް އިތުރުކޮށް ގިނަ މަންޒިލްތަކަށް ދަތުރުތައް ފެށުމަށް ފްލައިމީގެ ޕްލޭނެއް އެބަ އޮތް ކަމަށެވެ.

ފްލައިމީ އިން މިހާރު ދަތުރުތައް ކުރަމުން ދަނީ މާމިނގިލީ އިންޓަނޭޝަން އެއާޕޯޓަށާއި ބ.ދަރަވަންދޫ އެއާޕޯޓަށެވެ. ފްލައިމީގެ ދަތުރު ތަކުގައި ބޭނުން ކުރަމުން އަންނަނީ އޭޓީއާރް 72 މަރުކާގެ ބޯޓު ފަހަރެވެ.

އައިލެންޑް އޭވިއޭޝަން އިން މިހާރު އޮޕެރޭޓު ކުރަމުންދާ އިފުރު އެއާޕޯޓަށް ދުވާލަކު އެވްރެޖްކޮށް 5 ފްލައިޓް ދަތުރުކުރެއެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

މުނާޒު މުޙައްމަދު

އުނގޫފާރު ފޯސްޓެރިން އެވެއާނެސް އެސޯސިއަން (އުފާ) ގެ މެމްބަރެކެވެ. އުނގޫފާރު ޑޮޓް ކޮމްގެ ހުރިހާ ކޮންޓެންޓެއް މެނޭޖް ކުރުމުގައި އިސްކޮން ހަރަކާތްތެރިވާ އެޑިޓަރެވެ. އަދި މި ނޫހުގެ ވެބް ޑިޒައިނަރ އަދި ޕުރޮގރާމަރއެވެ.

ގުޅޭ ލިއުންތައް

avatar
Close