ޙަބަރު

“ހެލްޕް އައިނާ” އެހީހޯދުމުގެ އިވެންޓް ފެށިގެން ކުރިއަށް

ބޭސް ފަރުވާއަށް އިންޑިއާގައި 6 މަސް ދުވަހު މަޑުކުރަން ޖެހިފައިވާ، ރ.އުނގޫފާރު ދިރޭލާލުގެ، އުމުރުން 4 އަހަރުގެ އައިޝަތު އައިނާ  ބިންތު އަލީ ރަޝީދަށް އެހީވުމަށް އާއިލާގެ ފަރާތުން ބާއްވާ ހަރަކާތް ފެށިގެން ކުރިއަށް އެބަދެއެވެ. މި އިވެންޓު ކުރިއަށްދާނީ މިއަދު ހެނދުނު 9:00 ން ހަވީރު 18:00 އަށް އުނގޫފާރު ޕޮލިސް ސްޓޭޝަނުގެ ދެކުނަށް އޮންނަ ހުސް ބިމުގައެވެ.

މި އިވެންޓުގައި 2 ފަރާތުގެ އާއިލާއިން އެކުވެގެން ތައްޔާރުކޮށްފައިވާ ހެނދުނުގެ ނާސްތާ އާއި މެންދުރުގެ ކެއުމަށް ބޭނުންވާ ވަރަށް ގިނަ ވައްތަރުތައް ލިބެން އެބަހުއްޓެވެ.

މި އިވެންޓު ހޮނިހިރު ދުވަހަކާ ދިމާކޮށްފައި ބާއްވަނީ އެ ދުވަހަކީ ރަށަށް ގިނަ އަދަދަކަށް މެހެމާނުން އަރާ ދުވަހަކަށް ވެފައި ގިނަ ބަޔަކަށް މި އިވެންޓުގައި ބައިވެރިވުމުގެ ފުރުސަތު ފަހިކުރުމުގެ ގޮތުން ކަމަށް އާއިލާއިން މަޢުލޫމާތުދެއެވެ. އަދި އައިނާ އަށް އެހީތެރިކަމެއް ވެދެއްވުމުގެ ގޮތުން އެސަރައްދަށް ވަޑައިގެން އެތަނުން އެއްޗެއް ބައްލަވައި ގަތުމަކީ އާއިލާގެ ވަރަށްބޮޑު އެދުމެކެވެ.

އިތުރަށް ވިދާޅުވުމަށް

އިބްރާހީމް ޒަޔާން

އުނގޫފާރު ފޯސްޓެރިންގް އެވެޔާނެސް އެސޯސޮއޭސަން (އުފާ) ގެ ރައިސް އެވެ. އުފާ ނިވްސް ޓީމްގެ ފަރާތުން ޙަބަރުތައް ގެނެސްދިނުމުގައި އެންމެ އިސްކޮށް އުޅުއްވާ އެއް ނޫސްވެރިޔާއެވެ. ހުރިހާ ދާއިރާއެއްގެ ޙަބަރުތައްވެސް ލިޔުއްވުމުގެ އިތުރުން ވާހަކަ ލިޔުމަށް ޝަޢުގުވެރިކަން ހުންނަވައެވެ.

ގުޅޭ ލިއުންތައް

avatar
Close