ޚަބަރުރ.އަތޮޅު

އަލިފުށީގައި ބީއެމްއެލްގެ ސެލްފް ސާވިސް ބޭންކިން އޭޓީއެމް ސެންޓަރެއް ހުޅުވައިފި

ބޭންކް އޮފް މޯލްޑިވްސް އިން ރ.އަތޮޅުގައި ދެމުންދާ ޚިދުމަތްތައް އިތުރަށް ފުޅާ ކުރުމުގެ ގޮތުން ރ.އަލިފުށީގައި ސެލްފް ސާވިސް އޭޓީއެމް ސެންޓަރެއް ޤާއިމްކޮށް ރަސްމީކޮށް މިއަދު ޚިދުމަތް ދޭން ފަށައިފިއެވެ.

އަލިފުށީ ބަނދަރު ސަރައްދުގައި ޤާއިމްކޮށްފައިވާ މި އޭޓީއެމް ސެންޓަރ މެދުވެރިކޮށް ފައިސާ ޖަމާކުރުމާ ފައިސާ ނެގުމާއި ފައިސާ ޓްރާންސްފާ ކުރުމުގެ ޚިދުމަތް ލިބިގެންދާނެއެވެ.

ރ.އަތޮޅު އަލިފުއްޓަކީ ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި އޮޑި ދޯނި ފަހަރު ބަނުމުގެ މަސައްކަތް ކުރާ ރަށަށް ވެފައި ސިނާއީ ގިނަ މަސައްކަތްތަކެއް ކުރާ ރަށަކަށް ވުމާއެކު މި އޭޓީއެމް ސެންޓަރުން އެރަށު ވިޔަފާރިތަކަށާއި އާންމުންނަށް އިތުރު ލުއި ފަސޭހަތަކެއް ލިބިގެންދާނެއެވެ.

ބީއެމްއެލް އިން ރ.އުނގޫފާރު ގައި އެބޭންކްގެ ބްރާންޗެއް އަދި ރ.މީދޫގައި އެ ބޭންކުގެ އައުޓުލެޓެއް އޮޕަރޭޓު ކުރަމުން ދާއިރު އަލިފުށީގެ އިތުރުން ދުވާފަރުގައި ވަނީ ސެލްފް ސާވިސް އޭޓީއެމް ސެންޓަރެއް ޤާއިމްކޮށްފައެވެ. އަދި ރ.އަތޮޅުގެ އެހެން ރަށްތަކުގައި ކޭޝް އޭޖެންޓުގެ ޚިދުމަތް ވެސް ބޭންކުން އަންނަނީ ދެމުންނެވެ.

އަލިފުށީގައި ސެލްފް ސާވިސް އޭޓީއެމް ބެހެއްޓުމާ ގުޅިގެން އަލިފުށީގެ ރައްޔިތުންނަށް މަރުހަބާ ދަންނަވަމުން ބޭންކުގެ ޑެޕިއުޓީ ސީއީއޯ އައިޝަތު ނޫރައްދީން ވިދާޅުވީ މިއީ ބޭންކުން އެ ބޭންކުގެ ޚިދުމަތް ފުޅާ ކުރުމަށް ކުރަންމުންދާ އިންވެސްޓު މެންޓުތަކުގެ ދަށުން އެޅިގެން ދިޔަ ވަރަށް މުހިންމު ވިޔަވަޅެއް ކަމަށެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

މުނާޒު މުޙައްމަދު

އުނގޫފާރު ފޯސްޓެރިން އެވެއާނެސް އެސޯސިއަން (އުފާ) ގެ މެމްބަރެކެވެ. އުނގޫފާރު ޑޮޓް ކޮމްގެ ހުރިހާ ކޮންޓެންޓެއް މެނޭޖް ކުރުމުގައި އިސްކޮން ހަރަކާތްތެރިވާ އެޑިޓަރެވެ. އަދި މި ނޫހުގެ ވެބް ޑިޒައިނަރ އަދި ޕުރޮގރާމަރއެވެ.

ގުޅޭ ލިއުންތައް

avatar
Close