ކޮވިޑް-19

ޚަބަރުކުޑަކުދިންތައުލީމް

ސައިފް ޕްރީ ސްކޫލުން ކުޑަކުދިންގެ ދުވަހާއި މިނިވަންދުވަސް ފާހަގަ ކުރުމަށް ހަރަކާތްތަކެއް ބާއްވައިފި

ރ.އުނގޫފާރު ސައިފް ޕްރީ ސްކޫލުން މިއަހަރުގެ ކުޑަކުދިންގެ ދުވަހާއި މިނިވަން ދުވަސް ފާހަގަ ކުރުމަށް ތަފާތު ދެހަރަކާތެއް ބާއްވައިފިއެވެ. އެސްކޫލުގެ ދަރިވަރުންނާއި ބެލެނިވެރިން ބައިވެރިކޮށްގެން ވަކިވަކިން ބޭއްވި މިދެހަރަކާތް އޮތީ ހޮނިހިރު ދަވަހާއި އާދީއްތަ ދުވަހު ހަވީރުއެވެ.

ކުޑަކުދިންގެ ދުވަސް ފަހަގަ ކުރުމުގެ ގޮތުން ބޭއްވި ކުޑަކުދިންގެ ހަވީރު އޮތީ ހޮނިހިރު ދުވަހު ހަވީރު ސައިފް ޕްރީ ސްކޫލް ގޯތިތެރޭގައެވެ. މިހަރަކާތުގައި ދަރިވަރުން ބައިވެރިވެފައިވަނީ އެދަރިވަރުން މުސްތަޤުބަލުގައި ވާން ބޭނުންވާ ސަހުސިއްޔަތު ދައްކުވައިދޭ ހެދުމެއްގައެވެ. ތަފާތު ކުޅިވަރު ސްޓޯލް ތަކާއެކު ކުރިއަށްދިޔަ މިހަވީރުގައި ބައިވެރިވި ކުދިންގެ ތެރެއިން ޑޮކްޓަރުންނާއި ނަރުހުން ލޯޔަރުންނާއި ސީޔާސީ މީހުންނާއި ރިސޯޓްދާއިރާގައި މަސައްކަތްކުރާ މީހުންގެ ކެރެކްޓަރތައް ފެނިގެން ގޮސްފައިވެއެވެ.

މިނިވަން ދުވަސް ފާހަގަކުރުމުގެ ގޮތުން ބޭއްވި ހިނގާލުން އޮތި އަދީއްތަ ދުވަހު ހަވީރު އުނގޫފާރުގެ ބައެއްމަގުތަކުގައެވެ. މިހިނގާލުމުގައި ދަރިވަރުން ބައިވެރިވީ ސަގާފީ އަދި ޤައުމީ ހެދުމުގައެވެ. ޤައުމީ ލަވަތަކާ ޤައުމީ ދިދަޔާއެކު ކުރިއަށްދިޔަ މިހިނގާލުމުގައި ސައިފް ޕްރީ ސުކޫލުގެ ޓީޗަރުންނާއި ބެލެނި ވެރިންވެސް ބައިވެރިވިއެވެ.

 

ޓެގް
އިތުރަށް ވިދާޅުވުމަށް

އިބްރާހީމް ޒަޔާން

އުނގޫފާރު ފޯސްޓެރިންގް އެވެޔާނެސް އެސޯސޮއޭސަން (އުފާ) ގެ ފައުންޑަރ މެމްބަރ އަދި ފުރަތަމަ ދެ ދައުރުގެ ރައީސް އެވެ. އުފާ ނިވްސް ޓީމްގެ ފަރާތުން ޙަބަރުތައް ގެނެސްދިނުމުގައި އެންމެ އިސްކޮށް އުޅުއްވާ އެއް ނޫސްވެރިޔާއެވެ. ހުރިހާ ދާއިރާއެއްގެ ޙަބަރުތައްވެސް ލިޔުއްވުމުގެ އިތުރުން ވާހަކަ ލިޔުމަށް ޝަޢުގުވެރިކަން ހުންނަވައެވެ.

ގުޅޭ ލިއުންތައް

avatar
Close