ޚަބަރުރ.އަތޮޅުތައުލީމް

ހުޅުދުއްފާރު މަލްޓި ޕާރޕަސް ހޯލް ބިލްޑިންގ އިމާރާތްކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

އެޑިއުކޭޝަން މިނިސްޓްރީން ރ. ހުޅުދުއްފާރު މަލްޓި ޕާރޕަސް ހޯލް ބިލްޑިންގ އިމާރާތްކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

މި އެއެއްބަސްވުމުގައި ސޮއިކުރީ އިއްޔެ އެޑިއުކޭޝަން މިނިސްޓްރީގައި އޮތް  ޕީއެސްއައިޕީގެ ބަޖެޓުގައި ހިމަނައިގެން ކުރިއަށްގެންދާ މަޝްރޫއުތަކުގެ ތެރެއިން އެޑިއުކޭޝަން މިނިސްޓްރީގެ 3 މަޝްރޫއެއްގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައެވެ. މިރަސްމިއްްޔާތުގައި ހުޅުދުއްފާރުގެ އިތުރުން ހދ.ނެއްލައިދޫ ސުކޫލުގައި އިމާރަތް ކުރުމަށް ހަމަޖެހިފައިވާ 2 ކްލާސްރޫމް އިމާރާތުގެ މަސައްކަތާއި، އއ ތޮއްޑޫގައި އިމާރަތް ކުރުމަށް ހަމަޖެހިފައިވާ މަލްޓި ޕާރޕޯސް ހޯލް ދެބުރި އިމާރާތުގެ ކޮންޓްރެކްޓުގައިވެސް ވަނީ ސޮއިކޮށްފައެވެ.

ހުޅުދުއްފާރުގައި އިމާރަތްކުރާ މަލްޓި ޕާރޕަސް ހޯލް ދެބުރި އިމާރާތުގެ މަސައްކަތް، ވީ އަވަރ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑާއި ހަވާލުކޮށްފައިވާއިރު، މި މަޝްރޫއު 360 ދުވަހުގެ ތެރޭގައި ނިންމުމަށް މަސައްކަތް ހަވާލުވި ފަރާތުން ވަނީ އެއްބަސްވެފައެވެ. އަދި މިނިސްޓްރީން ބުނީ މި މަޝްރޫއުވެސް ނިމި 2020 ވަނަ އަހަރުގެެ އޯގަސްޓު މަހުގެ ތެރޭގައި އިމާރާތުގެ ބޭނުން ހިފަން ފެށޭނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.

އިއްޔެ ސޮއިކުރި ޕްރޮޖެކްޓް ތަކުގެ އަގުތައް:

  1. ރ ހުޅުދުއްފާރު :7،342،463.86 ( ހަތް މިލިއަން ތިންލައްކަ ސާޅީސް ދެހާސް ހަތަރުސަތޭކަ ފަސްދޮޅަސް ތިން ރުފިޔާ އައްޑިހަ ހަލާރި)
  2. އއ ތޮއްޑޫ : 7،559،050.16 (ހަތް މިލިއަން ފަސްލައްކަ ފަންސާސް ނުވަހާސް ފަންސާސް ރުފިޔާ ސޯޅަ ލާރި)
  3. ހދ ނެއްލައިދޫ : 2،022،731.70 ( ދެ މިލިއަން ބާވީސްހާސް ހަތްސަތޭކަ ތިރީސް އެއް ރުފިޔާ ހަތްދިހަ ލާރި)

މިއަހަރުގެ ބަޖެޓުގައި ޕީއެސްއައިޕީ ބަޖެޓުން ތައުލީމީ ދާއިރާއަށް 246 މިލިއަނަށްވުރެ ގިނަ ރުފިޔާ ކަނޑައަޅާފައިވެއެވެ. އަދި މިހާރުވެސް ޕީއެސްއައިޕީގެ ދަށުން 20 ޕްރޮޖެކްޓެއް އިއުލާނުކޮށް އެވާރޑް ކުރުމުގެ މަސައްކަތް ކުރިއަށްދާކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

އިބްރާހީމް ޒަޔާން

އުނގޫފާރު ފޯސްޓެރިންގް އެވެޔާނެސް އެސޯސޮއޭސަން (އުފާ) ގެ ރައިސް އެވެ. އުފާ ނިވްސް ޓީމްގެ ފަރާތުން ޙަބަރުތައް ގެނެސްދިނުމުގައި އެންމެ އިސްކޮށް އުޅުއްވާ އެއް ނޫސްވެރިޔާއެވެ. ހުރިހާ ދާއިރާއެއްގެ ޙަބަރުތައްވެސް ލިޔުއްވުމުގެ އިތުރުން ވާހަކަ ލިޔުމަށް ޝަޢުގުވެރިކަން ހުންނަވައެވެ.

ގުޅޭ ލިއުންތައް

avatar
Close