
އުނގޫފާރު އަދި އަލިފުށި ސްކޫލުގައި މަލްޓި ޕާޕަސް ހޯލް އެޅުމަށް އެޑިއުކޭޝަން މިނިސްޓްރީން ބަޔަކާ ހަވާލުކޮށްފި އެވެ.
އުނގޫފާރު އަދި އަލިފުށިގެ އިތުރުން އިތުރު 4 ރަށަކާއެކު މި މަސައްކަތް 39.4 މިލިއަން ރުފިޔާއަށް ހަވާލުކޮށްފައިވަނީ ވޯކް ޕާކް ޕްރައިވެޓް ލިމިޓެޑާއެވެ. މި ކުންފުންޏާއެކު އެއްބަސްވުމުގައި ސޮއިކުރުން އޮތީ އަންގާރަދުވަހު އެޑިއުކޭޝަން މިނިސްޓްރީގައި އޮތް ރަސްމިއްޔާތެއްގައެވެ.
އެޑިއުކޭޝަން މިނިސްޓްރީގައި އިއްޔެ ބޭއްވި މި ރަސްމިއްޔާތުގައި، ހޯލު އަޅަން ހަވާލުކުރި ސްކޫލްތަކަކީ ރ، އުނގޫފާރު އަދި ރ.އަލިފުށީގެ އިތުރުން ވ.އަތޮޅު ތައުލީމީ މަރުކަޒު، ތ.ގުރައިދޫ، ޅ.ކުރެންދޫ އަދި ވ.ކެޔޮދޫ ސްކޫލުގަ އެވެ.
މި މަސައްކަތް 2020 ވަނަ އަހަރުގެ މާޗް މަހަުގެ ނިޔަލަށް ނިންމުމަށް ހަވާލުކޮށްފައިވަނީ 39.4 މިލިއަން ރުފިޔާއަށެވެ. ހަ ރަށުގައި އަޅަން ނިންމާފައިވާ މަލްޓި ޕަރޕަސް ހޯލްގެ ދެބުރި އިމާރާތުގައި އިލެކްޓްރިކަލް ރޫމްއަކާއި ކޮންޓްރޯލް ރޫމްއަކާއި ދެ ޗޭންޖިން ރޫމްއެއްގެ އިތުރުން ދަރިންވަރުންނަށް ހަތަރު ފާހާނާ އެއް ހިމެނޭނެ ކަމަށް އެޑިއުކޭޝަނުން ބުނެ އެވެ. އަދި އެކްސެސިބަލް ފާހާނާއެއްގެ އިތުރުން ތިން ސްޓޯރޫމް އާއި ދެ ރޭމްޕްއެއް ހިމެނޭނެ ކަމަށް ބުންޏެވެ.
މި މަސައްކަތްތަކީ މިއަހަރުގެ ޕީއެސްއައިޕީ ގެ ޕްރޮޖެކްޓްގެ ދަށުން ކުރިއަށްގެންދާ މަސައްކަތެކެވެ. އެޑިއުކޭޝަން މިނިސްޓްރީން އިއްޔެ ވަނީ ހުޅުދުއްފާރު ސްކޫލާއެކު އިތުރު ދެރަށެއްގައި މަލްޓި ޕަރޕަސް ހޯލްގެ ދެ ބުރި އިމާރާތެއް އެޅުމަށް ސޮއިކޮށްފަ އެވެ.