ޚަބަރުރަށު ކުޅިވަރު

ފޯރިގަދަ އަދި ސަޤާފީ އެތަކެއް ކުޅިވަރުތަކާއެކު އުނގޫފާރު އީދު ޝެޑިއުލް އާންމު ކޮށްފި

އުނގޫފާރު އީދުމަޖާ 1440

ފޯރިގަދަ އަދި ސަޤާފީ އެތަކެއް ކުޅިވަރު ތަކަކާއެކު އުނގޫފާރުގެ އީދުޝެޑިއުލް ރޭ އާންމު ކޮށްފިއެވެ. މި ޝެޑިއުލްގައި ތަފާތު 19 އައިޓމެއް ހިމަނާފައިވެއެވެ. އީދު ކޮމެޓީން މައުލޫމާތު ދިންގޮތުގައި “އެއްމެން އެކުގައި 1440” މި ޝިޔާރުގެދަށުން އުނގޫފާރު ޒުވާނުން އިސްނަގައިގެން އަދި ހަރުމީހުންގެ އެހީތެރިކަމާ ބައިވެރިވެރިވުމާއެކު ފާގަހަކުރުމަށް ތައްޔާރުވަމުންދާ ބޮޑު އީދުގެ ކުޅިވަރުތައް މިފަހަރު ވަރަށް ފޯރިގަދަފެވަ ފުރިހަމަ ވާނެއެވެ.

ޒަމާނުންސުރެވެސް އުނގޫފާރަކީ ރަށުފެންވަރުގައި އީދު ވަރަށް ފޯރީގައި ފާހަގަ ކުރަމުންއަންނަ ރަށެކެވެ. އުނގޫފާރުގައި ކުޅެމުންދާ ކުޅިވަރުތަކުގެ ތެރެއިން އީދު ކޯޑިއާއި ބިލެއްދަފި ނެގުމަކީ މުޅި ރާއްޖޭގައިވެސް ފާހަގަ ކޮށްލެވޭ އަދި ގިނަބައެއްގެ ސަމާލުކަން ލިބިފައިވާ ރީތި އަދި ފޯރިގަދަ ކުޅިވަރުތަކެކެވެ. މިފަހަރުވެސް މިދެކުޅިވަރު އޭގެ އެންމެ ފުރިހަމަގޮތުގައި ބެލުންތެރިންނަށް ފެނިގެންދާނެއެވެ.

1436 ވަނަ އަހަރުގެ ބޮޑު އީދުންފެށިގެން އުނގޫފާރުގައި އަލަށް ތައާރަފްކުރެވިގެން ކުޅެމުންދާ “އީދު ވެދުމާއި ދިއުން” މިއީވެސް ގިނަބައެއްގެ ޝައުގުވެރިކަން ލިބެމުންދާ ކުޅިވަރެކެވެ. ވެރިންގެ ދަރުބާރަށް “އުނގޫފާރު ބަދަވީންގެ ލަޝްކަރު” އީދު ކުޅުމުގެ ހުއްދަ ހޯދުމަށް އެދި އަންނަ އައުން މިފަހަރުވެސް އެހާމެ ހިތްގައިމުވާނެއެވެ. އަދި މިހުއްދައަށްފަހު ރޯކުރެވިގެންދާ އީދު އަލިފާނުގެ ކުޅިވަރަކީ އީދުގައި އެއްމެ ގިނަބަޔަކު މިހާރުވެސް އިންތިޒާރު ކުރަމުންދާ ކުޅިވަރެވެ.

މީގެ އިތުރުން އެންމެ ފާހަގަކޮށްލެވޭ ބަދަލެއް އައިސްފައިވަނީ އީދު ފެންކުޅިއަށެވެ. މިފަހަރު އީދު ކޮމެޓީން ނިންމާފައިވަނީ ފެންކުޅި ހަރަކާތް ހަމައެކަނި ކުރިއަށްދާނީ އުނގޫފާރު ދެކުނުފަރާތުގައި ތަރަށްޤީ ކޮށްފައިވާ  “ޕިކްނިކް އޭރިޔާ” ގައި ކަމަށެވެ. ފެންކުޅިވަރު ފެށޭނީ ކޯޑިކެނޑި މީހާގައިގަ ބަންނަ “މާލި” މޫދަށްލާވަގުތުންފެށިގެން ކަމަށެވެ.

މީގެ އިތުރުންވެސް ދެންވެސް ހުރި ކުޅިވަރުތަކަކީ ވަރަށްވެސް ފޯރި ގަދަވާނެ މަޖާވާނެ ކުޅިވަރުތަކެކެވެ. މިފަހަރުގެ އީދަކީ ހުރިހާގޮތަކުންވެސް ފުރިހަމަ ތަފާތު އީދަކަށް ވެގެންދާނެކަމަށް އީދުކޮމެޓީން ބުނެއެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

އިބްރާހީމް ޒަޔާން

އުނގޫފާރު ފޯސްޓެރިންގް އެވެޔާނެސް އެސޯސޮއޭސަން (އުފާ) ގެ ރައިސް އެވެ. އުފާ ނިވްސް ޓީމްގެ ފަރާތުން ޙަބަރުތައް ގެނެސްދިނުމުގައި އެންމެ އިސްކޮށް އުޅުއްވާ އެއް ނޫސްވެރިޔާއެވެ. ހުރިހާ ދާއިރާއެއްގެ ޙަބަރުތައްވެސް ލިޔުއްވުމުގެ އިތުރުން ވާހަކަ ލިޔުމަށް ޝަޢުގުވެރިކަން ހުންނަވައެވެ.

ގުޅޭ ލިއުންތައް

avatar
Close