ޙަބަރުދީން

އުނގޫފާރުގައި މިފަހަރުވެސް އީދު ނަމާދު ބޮޑުޖަމާއަތުގައި ކުރާނީ ފުޓުސަލް ދަނޑުގައި

އުނގޫފާރު އީދުމަޖާ 1440

ކުރީ އަހަކޭ އެއްފަދައިން މިއަހަރުވެސް އަލްހާޢީދު ނަމާދު ކުރުން އުނގޫފާރުގައި އޮންނާނީ އުނގޫފާރު ފްޓްސަލް ދަނޑުގައެވެ. އީދު ނަމާދު ފުޓްސަލް ދަނޑުގައި ކުރުމަށް ޢީދު ކޮމެޓީއާއި ކައުންސިލުން ނިންމާފައިވަނީ އީދު ނަމާދު އެއްޖަމާއަތުގައި އެންމެން އެކުގައި ކުރުމުގެގޮތުންނެވެ. ޢީދު ކޮމެޓީން ހާމަކޮށްފައިވާ ގޮތުން މިފަހަރުވެސް ވިއްސާރަވެ ފްޓްސަލް ދަނޑުގައި ޢީދުނަމާދު ކުރެވޭގޮތް ނުވެއްޖެނަމަ ޢީދު ނަމާދު ކުރުން އޮންނާނީ ކުރިއެކޭ އެއްގޮތަށް ދެމިސްކިތުގައެވެ.

އުނގޫފާރުގައި މިގޮތައް ބޮޑުޖަމާއަތެއްގައި އީދު ނަމާދު ކޮށްފައިވަނީ 1438 ވަނަ އަހަރުގެ އަޟްޙާ ޢީދު ނަމާދެވެ.

ބޮޑު ޖަމާޢަތުގައި އީދު ނަމާދު ކުރުމަށް އުނގޫފާރު އީދު ކޮމެޓީއާއި ރައްޔިތުން ގުޅިގެން ފުޓްސަލް ދަނޑު ވަރަށް ފުރިހަމައަށް ތައްޔާރުކުރާނެއެވެ. މިޖަމާއަތުގައި ބައިވެރިވާ އަންހެން ފިހިރިހެން ކުދިބޮޑު އެންމެން އަދިބިދޭސީން ނަށް ޢީދުސައި މިފހަރުވެސް ޔޫތުސެންޓަރުގައި ތައްޔާރު ކުރެވިފައި އޮންނާނެއެވެ.

އުނގޫފާރު ގައި ކުރިަށްދާ އީދު ކުޅިވަރުތަކަކީ މިފަހަރު ވަރަށްވެސް ފޯރި ގަދަވާނެ މަޖާވާނެ ކުޅިވަރުތަކެކެވެ. މިފަހަރުގެ އީދަކީ ހުރިހާގޮތަކުންވެސް ފުރިހަމަ ތަފާތު އީދަކަށް ވެގެންދާނެކަމަށް އީދުކޮމެޓީން ބުނެއެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

އިބްރާހީމް ޒަޔާން

އުނގޫފާރު ފޯސްޓެރިންގް އެވެޔާނެސް އެސޯސޮއޭސަން (އުފާ) ގެ ރައިސް އެވެ. އުފާ ނިވްސް ޓީމްގެ ފަރާތުން ޙަބަރުތައް ގެނެސްދިނުމުގައި އެންމެ އިސްކޮށް އުޅުއްވާ އެއް ނޫސްވެރިޔާއެވެ. ހުރިހާ ދާއިރާއެއްގެ ޙަބަރުތައްވެސް ލިޔުއްވުމުގެ އިތުރުން ވާހަކަ ލިޔުމަށް ޝަޢުގުވެރިކަން ހުންނަވައެވެ.

ގުޅޭ ލިއުންތައް

avatar
Close