ޙަބަރުރަށު ކުޅިވަރު

އުނގޫފާރު “އީދު މަޖާ 1440” އީދު ޝޯވ ވަރަށް ފޯރީގަދަ

އުނގޫފާރު އީދުމަޖާ 1440

1440 ވަނަ އަހަރުގެ އަލްހާ އީދުގެ ކުޅިވަރުތައް އުނގޫފާރުގައި ވަރަށް ފޯރީގައި ކުރިއަށް އެބަދެއެވެ. “އެންމެންއެކުގައި” މި ޝިޔާރާއެކު ކުރިއަށްގެންދާ އީދު ކުޅިވަރުތައް އީދު 5 ދުވަހަށް ދެމިގެންދާނެއެވެ.

އީދު ކުޅިވަރު ތަކުަގެ ތެރޭގައި ހިމެނޭ “އީދު ޝޯވ” ރޭ ވަނީ ބާއްވާފައެވެ. ވަރަށް ފޯރީގައި ކުރިއަށްދިޔަ މި ޝޯވ ގައި އުނގޫފާރުގެ ފަންނާނުންގެ ހުނަރު ވަރަށް ފުރިހަމަ އަށް ދައްކާލާފައިވެއެެވެ.

ރޭގެ ޝޯވ ގައި އުނގޫފާރު އަންހެނުންގެ ކޮމެޓީއާއި ބަދަވިން ބޮޑުބެރު ގުރޫޕާއި އަދިވެސް އިތުރު ޒުވާނުންގެ ފަރާތުން ނެށުމުގެ ހަރަކާތްތަކާއި ލަވަތައް ހުށައަޅައި ދީފައިވެއެވެ. މީގެ އިތުރުން އުނގޫފާރު ރީޖަނަލް ހޮސްޕިޓަލާއި އުނގޫފާރު ސްކޫލުގެ މުވައްޒަފުންގެ ފަރާތުންވެސް ނެށުމުގެ އައިޓަމް ތައް ހުށައަޅައިދީ ފައިވެއެވެ. ރޭގެ ޝޯވ ގައި އެންމެ ގިނަ ބަޔަކު ފޯރިނެގި އެއް އައިޓަމަކަށްވީ އުނގޫފާރު ރީޖަނަލް ހޮސްޕިޓަލްގެ ފަރާތުން އެތަނުގައި މަސައްކަތްކުރައްވާ ދިވެހި އަދި ބިދޭސީ ނަރުހުން ހުށައަޅައިދިން އައިޓަމެވެ.

އީދު ކުޅިވަރުގައި މިއަދު ހަވީރު އޮންނާނީ ކޯޑިނެރުމެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

އިބްރާހީމް ޒަޔާން

އުނގޫފާރު ފޯސްޓެރިންގް އެވެޔާނެސް އެސޯސޮއޭސަން (އުފާ) ގެ ރައިސް އެވެ. އުފާ ނިވްސް ޓީމްގެ ފަރާތުން ޙަބަރުތައް ގެނެސްދިނުމުގައި އެންމެ އިސްކޮށް އުޅުއްވާ އެއް ނޫސްވެރިޔާއެވެ. ހުރިހާ ދާއިރާއެއްގެ ޙަބަރުތައްވެސް ލިޔުއްވުމުގެ އިތުރުން ވާހަކަ ލިޔުމަށް ޝަޢުގުވެރިކަން ހުންނަވައެވެ.

ގުޅޭ ލިއުންތައް

avatar
Close