ޙަބަރުރަށު ކުޅިވަރު

އުނގޫފާރު “އީދު މަޖާ 1440” ކޯޑި ނެރުން މިއަދު ހަވީރު

އުނގޫފާރު އީދުމަޖާ 1440

1440 ވަނަ އަހަރުގެ އަލްހާ އީދުގެ ކުޅިވަރުތައް އުނގޫފާރުގައި ވަރަށް ފޯރީގައި ކުރިއަށް އެބަދެއެވެ. “އެންމެންއެކުގައި” މި ޝިޔާރާއެކު ކުރިއަށްގެންދާ އީދު ކުޅިވަރުތައް އީދު 5 ދުވަހަށް ދެމިގެންދާނެއެވެ.

އީދު ކުޅިވަރު ތަކުގައި މިއަދު ހަވީރު އޮންނާނީ އީދު ކޯޑީގެ ހަރަކާތެވެ. މިއީ ޒަމާނުންޗުރެ އުނގޫފާރުގައި ކުޅެމުންއަންނަ ކުޅިވަރެކެވެ. އަދި މި އީދުގައި ފެނިގެންދާނެ އެންމެ ސަގާފީ ކުޅިވަރެވެ. އަދި މިއީ އީދު އީދަކަށްވާ މައި ކުޅިވަރެވެ. ކޯޑި ތައްޔާރުކުރުމުގެ މަސައްކަތް ވަރަށްފޯރީގައި ފުޓުބޯޅަ ދަނޑުގައި މިހާރުވެސް ކުރިއަށްއެބަދެއެވެ.

މިއަދު ހަވީރު ނެރޭ މިކޯޑި އުނގޫފާރުގެ މަގުތަކުގައި ދުއްވުމަށްފަހު ކޯޑި ކަނޑާލާނީ ސްޓޭޖު ސަރަހައްދުގައެވެ. އަދި ކަނޑާލި ކޯޑީގެ ފަންގަނޑު ސްޓޭޖް ކައިރީ ހުރި ރުކުގައި އައްސާނެއެވެ. އެފަންގަނޑު މާދަމާ އިރު އެރުމުގެ ކުރިން އެރުކުން ކަނޑާލުމަކީ އަންވެރިންގެ ޒިންމާއެކެވެ. އަދި އެކަން ކުރި ފިރިހެނަކު ކޯޑި ނެރުނު ފިރިހެންވެރިންނަށް ދައްކަން ޖެހޭނެއެވެ. މިހުރިހައި ކަމެއްގެ ތެރޭގައި ޝައުޤުވެރިކުރުވާނެ ތަފާތު އެތަކެއް މަންޒަރު ފެނިގެންދާނެވެ.

This slideshow requires JavaScript.

މިއަދު ހަވީރު ކުރިއަށްދާ ކޯޑި ހަރަކާތްވެސް އުނގޫފާރު ޑޮޓްކޮމްގެ ފޭސްބުކް ޕޭޖުން ލައިވްކުރާނެއެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

އިބްރާހީމް ޒަޔާން

އުނގޫފާރު ފޯސްޓެރިންގް އެވެޔާނެސް އެސޯސޮއޭސަން (އުފާ) ގެ ރައިސް އެވެ. އުފާ ނިވްސް ޓީމްގެ ފަރާތުން ޙަބަރުތައް ގެނެސްދިނުމުގައި އެންމެ އިސްކޮށް އުޅުއްވާ އެއް ނޫސްވެރިޔާއެވެ. ހުރިހާ ދާއިރާއެއްގެ ޙަބަރުތައްވެސް ލިޔުއްވުމުގެ އިތުރުން ވާހަކަ ލިޔުމަށް ޝަޢުގުވެރިކަން ހުންނަވައެވެ.

ގުޅޭ ލިއުންތައް

avatar
Close