ޚަބަރުރަށު ކުޅިވަރު

އުނގޫފާރު “އީދު މަޖާ 1440” ކޯޑި ނެރުން

އުނގޫފާރު އީދުމަޖާ 1440

1440 ވަނަ އަހަރުގެ އަލްހާ އީދުގެ ކުޅިވަރުތައް އުނގޫފާރުގައި ވަރަށް ފޯރީގައި ކުރިއަށް އެބަދެއެވެ. “އެންމެންއެކުގައި” މި ޝިޔާރާއެކު ކުރިއަށްގެންދާ އީދު ކުޅިވަރުތައް އީދު 5 ދުވަހަށް ދެމިގެންދާނެއެވެ.

އީދު ކުޅިވަރު ތަކުގައި އިއްޔެ ހަވީރު އޮތީ އީދު ކޯޑީގެ ހަރަކާތެވެ. މިއީ ޒަމާނުންސުރެ އުނގޫފާރުގައި ކުޅެމުންއަންނަ އެންމެ ފޯރިގަދަ އަދި އެންމެ ރީތި ކުޅިވަރެކެވެ. އަދި މި އީދުގައި ފެނިގެންދާނެ އެންމެ ސަގާފީ ކުޅިވަރެވެ. އަދި މިއީ އީދު އީދަކަށްވާ މައި ކުޅިވަރެވެ. ކޯޑި ތައްޔާރުކުރުމުގެ މަސައްކަތް އިއްޔެ ވަރަށްފޯރީގައި ކުރިއަށްގެންގޮސްފައިވަނީ ފުޓުބޯޅަ ދަނޑުގައެވެ. ކޯޑި ތައްޔާރު ކުރުމުގައި އެކި އުމުރުފުރައު ކުދި ބޮޑު އެންމެން ބައިވެރިވިއެވެ.

އުނގޫފާރު އީދުމަޖާ 1440 / ކޯޑި ކުޅިވަރު

އިއްޔެ ހަވީރު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިއޮތް ކޯޑި ހަރަކާތައް ވިއްސާރަވުމުގެ ސަބަބުން ވަނީ ވަރަށްބޮޑެތި ބަދަލުތަކެއް ގެނެސްފައެވެ. އެގޮތުން ކުރިން އުނގޫފާރުގެ މަގުތަކުގައި ދުއްވުމަށްފަހު ސްޓޭޖު ސަރަހައްދުގައި ކަނޑާލަން ހަމަޖެހިފައި ހުރި ކޯޑި ދުއްވީ ހަމައެކަނި ފުޓުބޯޅަ ދަނޑުގައެވެ. ދަނޑުގައި ކޯޑި ދުއްވުމަށްފަހު ކޯޑި ކަނޑާލީވެސް ދަނޑުގައެވެ. ދަނޑުގައި ކޯޑި ކަނޑާލުމަށްފަހު ކޯޑީގެ މައިގަނޑު ގެނެސް އެއްސީ ސްޓޭޖް ކައިރީ ހުރި ރުކުގައެވެ.

Ungoofaaru Eid Maja 1440 – Firihenunge Koadi Nerun

Posted by Ungoofaaru.com on Tuesday, 13 August 2019

 

ޓެގް
އިތުރަށް ވިދާޅުވުމަށް

އިބްރާހީމް ޒަޔާން

އުނގޫފާރު ފޯސްޓެރިންގް އެވެޔާނެސް އެސޯސޮއޭސަން (އުފާ) ގެ ރައިސް އެވެ. އުފާ ނިވްސް ޓީމްގެ ފަރާތުން ޙަބަރުތައް ގެނެސްދިނުމުގައި އެންމެ އިސްކޮށް އުޅުއްވާ އެއް ނޫސްވެރިޔާއެވެ. ހުރިހާ ދާއިރާއެއްގެ ޙަބަރުތައްވެސް ލިޔުއްވުމުގެ އިތުރުން ވާހަކަ ލިޔުމަށް ޝަޢުގުވެރިކަން ހުންނަވައެވެ.

ގުޅޭ ލިއުންތައް

avatar
Close