ޚަބަރުރަށު ކުޅިވަރުއުފާ ފުޓުސަލް ކަޕް

“އުފާ ފުޓުސަލް ކަޕް 2019” ޗެމްޕިއަންޓީމަށް ފަނަރަ ހާސްރުފިޔާ

އުފާ ފުޓުސަލް ކަޕް 2019

“އުފާ ފުޓުސަލް ކަޕް 2019” ގެ ޤަވާއިދު ރޭ އާންމުކޮށްފިއެވެ. ރޭ އުނގޫފާރު ކޮމިއުނިޓީ ސެންޓަރުގައި ބޭއްވި ބައްދަލުވުމުގައި އާންމުކުރި ޤަވާއިދުގައި ބުނެފައިވާ ގޮތުން ޗެމްޕިއަންޓީމަށް މިފަހަރު ހުށައަޅާފައިވާ ފައިސާގެ އިނަމަކީ ފަނަރަ ހާސް ރުފިޔާއެވެ.

އުފާއިން މިފަހަރު ޤަވާއިދަށް ގެނައި ބަދަލުތަކުގެ ތެރޭގައި މުބާރާތުގައި ދޭ ފައިސާގެ އިނާމުވެސް ހިމެނެއެވެ. އެގޮތުން ކުރިން ޗެމްޕިއަން ޓީމަށް ދޭ ފަސްހާސް ރުފިޔާގެ ބަދަލުގައި ފަނަރަހާސް ރުފިޔާ އަދި ރަނަރަޕް ޓީމަށް ތިންހާސް ރުފިޔާގެ ބަދަލުގައި ފަސްހާސް ރުފިޔާ ދޭ ގޮތައްވަނީ ހިމަނާފައެވެ.

މިއީ މިހާތަނަށް އުނގޫފާރުގައި ފުޓުސަލް މުބާރާތަކަށް ހުށައަޅާފައިވާ ފައިސާގެ އެއްމެ ބޮޑު އިނާމެވެ.

އުފާ ފުޓުސަލް ކަޕް ފެށުމަށް ހަމަޖެހިފައިވަނީ 30 އޮގަސްޓް 2019 ގައެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

އިބްރާހީމް ޒަޔާން

އުނގޫފާރު ފޯސްޓެރިންގް އެވެޔާނެސް އެސޯސޮއޭސަން (އުފާ) ގެ ރައިސް އެވެ. އުފާ ނިވްސް ޓީމްގެ ފަރާތުން ޙަބަރުތައް ގެނެސްދިނުމުގައި އެންމެ އިސްކޮށް އުޅުއްވާ އެއް ނޫސްވެރިޔާއެވެ. ހުރިހާ ދާއިރާއެއްގެ ޙަބަރުތައްވެސް ލިޔުއްވުމުގެ އިތުރުން ވާހަކަ ލިޔުމަށް ޝަޢުގުވެރިކަން ހުންނަވައެވެ.

ގުޅޭ ލިއުންތައް

avatar
Close