ޙަބަރުރ.އަތޮޅުރަށު ކުޅިވަރުކުޅިވަރު

“ރ އަތޮޅު ބަށިބޯޅަ ލީގް 2019” ގައި ބައިވެރިވީ 4 ޓީމް

ރ އަތޮޅު ބަށިބޯޅަ ލީގް 2019

22 އޮގަސްޓް 2019 ގައި އުނގޫފާރުގައި  ފެށުމަށް ހަމަޖެހިފައިވާ “ރ އަތޮޅު ބަށިބޯޅަ ލީގް 2019” ގައި ބައިވެރިވުމުގެ ފުރުސަތު ހަމަވިއިރު މިމުބާރާތުގައި ބައިވެރިވީ 4 ޓީމެވެ.

މިމުބާރާތާއި ގުޅޭގޮތުން އިތުރު މައުލޫމާތު ހިއްސާކުރައްވަމުން ޔޫތު އެސޯސިއޭޓް  އަހުމަދު ޝާހިދު ވިދާޅުވީ މުބާރާތުގައި ބައިވެރިވީ އަލިފުށި، އުނގޫފާރު، މަޑުއްވަރި އަދި ފައިނު، ކޮންމެ ރަށަކުން ޓީމެއްކަމަށެވެ.

މުބާރާތަށް ކޮމިއުނިޓީ ސެންޓަރުގެ ބަށިކޯޓް  ތައްޔާރު ކުރުމާއި މުބާރާތުގެ އިންތިޒާމްތަކުގެ  މަސައްކަތްތައް ވަރަށްފޯރީގައި ދަނީ ކުރަމުންނެވެ. މިގޮތުން އިއްޔެވަނީ އުނގޫފާރުގައިހުރި ސަރުކާރުގެ ހުރިހައި މުވައްސަސާތަކުގެ ބައްދަލުވުމެއްވެސް ބާއްވާފައެވެ. މުބާރާތުގެ އޮފިޝަލުން މިހާރު އުނގޫފާރަށް އައިސްފައި ވާއިރު މުބާރާތުގައި ބައިވެރިވާ ޓީމުތައްވެސް ބުރާސްފަތި ދުވަހު އުނގޫފާރަށް އަންނާނެވެ.

ކުރިން 24 އޮގަސްްޓް ވާ އާދީއްތަ ދުވަހު ފެށުމަށް އިއުލާނުކޮށްފައިވާ މުބާރާތް މިހާރު ވަނީ 22 އޮގަސްޓް ވާ ބުރާސްފަތި ދުވަހު ފަށާގޮތަށް އަވަސްކޮށްފައެވެ.

2016 ވަނަ އަހަރު އުނގޫފާރުގައި ބޭއްވި ޒަމާނީ ބަށިބޯޅަ އެސޯސިއޭޝަންގެ ރ.އަތޮޅު ލީގުގައި ޖުމްލަ 9 ޓީމާއެކު ބައިވެރިވިއެވެ. މި މުބާރާތުގައި ބައިވެރިވެފައި ވަނީ އުނގޫފާރުން ބައިވެރިވި 3 ޓީމާއި، ރ.ހުޅުދުއްފާރުން ބައިވެރިވި 1 ޓީމާއި، ރ.ދުވާފާރުން ބައިވެރިވި 2 ޓީމާއި، ރ.އިނގުރައިދޫން ބައިވެރިވި 2 ޓީމާއި، ރ.އަލިފުށިން ބައިވެރިވި ޓީމެކެވެ. މިމުބާރާތުގެ ޗެމްޕިއަންކަން ހޯދީ އިނގުރައިދޫ އެކުވެރިންގެ ރޫޙް 1 ވަނަ ޓީމެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

އިބްރާހީމް ޒަޔާން

އުނގޫފާރު ފޯސްޓެރިންގް އެވެޔާނެސް އެސޯސޮއޭސަން (އުފާ) ގެ ރައިސް އެވެ. އުފާ ނިވްސް ޓީމްގެ ފަރާތުން ޙަބަރުތައް ގެނެސްދިނުމުގައި އެންމެ އިސްކޮށް އުޅުއްވާ އެއް ނޫސްވެރިޔާއެވެ. ހުރިހާ ދާއިރާއެއްގެ ޙަބަރުތައްވެސް ލިޔުއްވުމުގެ އިތުރުން ވާހަކަ ލިޔުމަށް ޝަޢުގުވެރިކަން ހުންނަވައެވެ.

ގުޅޭ ލިއުންތައް

avatar
Close