ޙަބަރުރ.އަތޮޅުރަށު ކުޅިވަރުކުޅިވަރު

ބީއެމްއެލް ރ އަތޮޅު ބަށިބޯޅަ ލީގުގެ ފުރަތަމަ މެޗުގައި އުނގޫފާރު އަދި ފައިނު

ރ އަތޮޅު ބަށިބޯޅަ ލީގް 2019

ބީއެމްއެލް ރ އަތޮޅު ބަށި ލީގުގެ ގުރުވަތުލުން މިއަދު ބާއްވައިފިއެވެ. ގުރުއަތުލުމަށް ބޭއްވި ކުޑަ ރަސްމިއްޔާތު އޮތީ މިއަދު ހެނދުނު ދިހައެއް ޖެހިއިރު އުނގޫފާރު އިޖުތިމާއީ މަރުކަޒުގައެވެ.

މުބާރާތުގެ ފުރަތަމަ މެޗު އަދި މުބާރާތް ހުޅުވާ މެޗުގައި ބައްދަލުކުރާނީ އުނގޫފާރު ފަތްމިނި ޓީމާއި ފައިނު ޓީމެވެ. 4 ޓީމު ބައިވެރިވި މިމުބާރާތުގައި ފައިނަލްމެޗާއެކު ޖުމުލަ 7 މެޗު ކުޅުމަށްވަނީ ހަމަޖެހިފައެވެ. މުބާރާތުގެ ފައިނަލްގައި ވާދަކުރުމުގެ ފުރުސަތު ލިބޭނީ ލީގު އުސޫލުން ކުރިއަށްދާ ފުރަތަމަބުރުގެ ކުޅުން ނިމޭއިރު އެންމެ ގިނަ ޕޮއިންޓް ހޯދާ ދެޓީމަށެވެ.

މުބާރާތް ހުޅުވާމެޗު އޮންނާނީ 22 އޮގަސްޓް 2019 ވާ ބުރާސްފަތި ދުވަހު ހަވީރު 16:30 ގައި އުނގޫފާރު އިޖުތިމާއީ މަރުކަޒުގެ ބަށިކޯޓުގައެވެ.

މިމުބާރާތުގެ ހުރިހައި މެޗެއް އުނގޫފާރު ޑޮޓް ކޮމްގެ ފޭސްބުކު ޕޭޖުން ލައިވް ކުރާނެއެވެ.

This slideshow requires JavaScript.

ޓެގް
އިތުރަށް ވިދާޅުވުމަށް

އިބްރާހީމް ޒަޔާން

އުނގޫފާރު ފޯސްޓެރިންގް އެވެޔާނެސް އެސޯސޮއޭސަން (އުފާ) ގެ ރައިސް އެވެ. އުފާ ނިވްސް ޓީމްގެ ފަރާތުން ޙަބަރުތައް ގެނެސްދިނުމުގައި އެންމެ އިސްކޮށް އުޅުއްވާ އެއް ނޫސްވެރިޔާއެވެ. ހުރިހާ ދާއިރާއެއްގެ ޙަބަރުތައްވެސް ލިޔުއްވުމުގެ އިތުރުން ވާހަކަ ލިޔުމަށް ޝަޢުގުވެރިކަން ހުންނަވައެވެ.

ގުޅޭ ލިއުންތައް

avatar
Close