ޙަބަރުރ.އަތޮޅުރަށު ކުޅިވަރުކުޅިވަރު

ބީއެމްއެލް ރ އަތޮޅު ބަށި ލީގު ސްޕޮންސަރ ކުރުމަށާއި  މުބާރާތަށް އިނާމު ހުށައެޅުމުގެ ފުރުސަތު އާއްމުކޮށް ހުޅުވާލައިފި

ރ އަތޮޅު ބަށިބޯޅަ ލީގް 2019

ބުރާސްފަތި ދުވަހު އުނގޫފާރުގައި ފެށުމަށް ހަމަޖެހިފައިވާ ބީއެމްއެލް ރ އަތޮޅު ބަށި ލީގު ސްޕޮންސަރ ކުރުމަށާއި  މުބާރާތަށް އިނާމު ހުށައެޅުމުގެ ފުރުސަތު އާއްމުކޮށް ހުޅުވާލައިފިއެވެ.

އުނގޫފާރު ޑޮޓް ކޮމްއަށް މައުލޫމާތު ދެއްވަމުން އުނގޫފާރު އިޖުތިމާއީ މަރުކަޒު ހިންގެވުމާއި ހަވާލުވެ ހުންނެވި ޔޫތު އެސޯސިއޭޓް އަހުމަދު ޝާހިދު ވިދާޅުވީ މިއަދުން ފެށިގެން 2 ދުވަހުގެ މުއްދަތަކަށް މިފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. ވީމާ މުބާރާތް ކުރިއަށްދާ ކޯޓުގައި ސްޕޮންސަރ ބޯޑު ބަހައްޓަން ބޭނުންވާ ފަރާތްތަކުންނާއި މުބާރާތުގެ ވަނަ ތަކަށް އިނާމު ހުށައަޅަން ބޭނުންވާ ފަރާތްތަކުން އެފަރާތާއި ގުޅުއްވައިގެން ކުރިއަށް ގެންދިއުމަށް އެދޭކަމަށެވެ.

4 ޓީމު ވާދަކުރާ މިމުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ 22 އޮގަސްޓް 2019 ވާ ބުރާސްފަތި ދުވަހު ހަވީރުއެވެ. މުބާރާތުގެ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ އުނގޫފާރު އަދި ފައިނު އެވެ.

މިމުބާރާތުގެ ހުރިހައި މެޗެއް އުނގޫފާރު ޑޮޓް ކޮމްގެ ފޭސްބުކު ޕޭޖުން ލައިވް ކުރާނެއެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

އިބްރާހީމް ޒަޔާން

އުނގޫފާރު ފޯސްޓެރިންގް އެވެޔާނެސް އެސޯސޮއޭސަން (އުފާ) ގެ ރައިސް އެވެ. އުފާ ނިވްސް ޓީމްގެ ފަރާތުން ޙަބަރުތައް ގެނެސްދިނުމުގައި އެންމެ އިސްކޮށް އުޅުއްވާ އެއް ނޫސްވެރިޔާއެވެ. ހުރިހާ ދާއިރާއެއްގެ ޙަބަރުތައްވެސް ލިޔުއްވުމުގެ އިތުރުން ވާހަކަ ލިޔުމަށް ޝަޢުގުވެރިކަން ހުންނަވައެވެ.

ގުޅޭ ލިއުންތައް

avatar
Close