ޙަބަރުރ.އަތޮޅު

އަނގޮޅިތީމު ބަޔަކު އާންމުކޮށް ނުފެންނަ ބާވަތެއްގެ މަހެއް ބާނައިފި

ރާއްޖޭގައި މަސްވެރިކަން ކުރާ ފަރާތްތަކަށް އާންމުކޮށް ނުފެންނަ ވައްތަރެއްގެ މަހެއް، އަނގޮޅިތީމު ބަޔަކު ބާނައިފިއެވެ. މި މަސް ބާނާފައި ވަނީ އަނގޮޅިތީމުން މަހަށް ނިކުމެ އުޅުނު 4 މީހަކެވެ.

އަނގޮޅިތީމުގެ ބޭރުން ކަނޑުއޮޅި ކައިރިން ބޭނިކަމަށް ބުނާ މި މަހުގެ ބަރުދަނުގައި 15 ކިލޯ އަދި ދިގުމިނުގައި 3 ފޫޓު ބައި ހުންނަ ކަމަށް އަނގޮޅތީމުން މަޢުލޫމާތު ދިން މީހަކު ބުންޏެވެ. އަދި  އެ ރަށު ދުވަސްވީ މަސްވެރިންނާ ހަވާލާދީ އޭނާ ބުނި ގޮތުގައި މި މަހަށް ކިޔާ ނަމެއް އެއިން އެއްވެސް މީހަކަށް ނޭނގޭ ކަމަށާއި އޭގެ މަހެއް އެ ރަށު އެއްވެސް މީހަކު އަދި މިހާތަނަށް ބާނާފައި ނުވެއެވެ.

ތަޖުރިބާކާރު މަސްވެރިއަކު އުނގޫފާރު.ކޮމް އަށް މަޢުލޫމާތު ދެމުން ބުނި ގޮތުގައި އެ ވައްތަރު މަހަކީ ކަނޑުގެ ވަރަށް އަޑީގައި އުޅޭ މަހެއް ކަމަށާއި އެއީ އާންމުކޮށް ނުފެންނަ ބާވަތެއްގެ މަހެއް ކަމަށެވެ.

އިނގިރޭސި ބަހުން އޮއިލް ފިޝް ނަމަކަށް ކިޔާ މި މަހަކީ އާންމު ގޮތެއްގައި ކަނޑުގެ 200 އާ 400 މީޓަރާ ދެމުދުގެ ފުން މިނެއްގައި އަޑީގައި ދިރިއުޅޭ މަހެކެވެ. މި މަހަކީ އާންމުކޮށް 300 ސެންޓިމީޓަރަށް ބޮޑުވާ މަހެކެވެ.

 

ޓެގް
އިތުރަށް ވިދާޅުވުމަށް

މުނާޒު މުޙައްމަދު

އުނގޫފާރު ފޯސްޓެރިން އެވެއާނެސް އެސޯސިއަން (އުފާ) ގެ މެމްބަރެކެވެ. އުނގޫފާރު ޑޮޓް ކޮމްގެ ހުރިހާ ކޮންޓެންޓެއް މެނޭޖް ކުރުމުގައި އިސްކޮން ހަރަކާތްތެރިވާ އެޑިޓަރެވެ. އަދި މި ނޫހުގެ ވެބް ޑިޒައިނަރ އަދި ޕުރޮގރާމަރއެވެ.

ގުޅޭ ލިއުންތައް

avatar
1 Comment threads
0 Thread replies
0 Followers
 
Most reacted comment
Hottest comment thread
1 Comment authors
ހައްމި Recent comment authors
ހައްމި
Guest
ހައްމި

މިއީ ޢާއްމުކޮށް ބާނާއުޅޭ މަހެއް! އިނގިރޭސިންނަށް މިމަސް އާވާނެ!

Close