ޚަބަރުރ.އަތޮޅުރަށު ކުޅިވަރުކުޅިވަރު

ދެމެޗުން މޮޅުވެ އުނގޫފާރު ފަތްމިނި ފައިނަލަށް

ރ އަތޮޅު ބަށިބޯޅަ ލީގް 2019

އުނގޫފާރު ކޮމިއުނިޓީ ސެންޓަރުގައި މިހާރު ކުރިއަށްދާ ބީއެމްއެލް ރ އަތޮޅު ބަށިލީގުގައި ކުޅުނު ދެމެޗުން މޮޅުވެ އުނގޫފާރު ފަތްމިނި ޓީމު މުބާރާތުގެ ފައިނަލްގެ ޖާގައެއް ކަށަވަރު ކޮށްފިއެވެ. ކުރިއަށް އެއްމެޗު އޮށްވާ މުބާރާތުގެ ފުރަތަމަ މެޗުގައި ފައިނު މުޑާލި އަދ ދެވަނަ މެޗުގައި މަޑުއްވަރީ ދޮންކަމަނަ އަތުން މޮޅުވެގެން ނެވެ.

މުބާރާތުގެ ފުރަތަމަ މެޗުގައި އިއްޔެ ހަވީރު ފައިނު މުޑާލި އަތުން އުނގޫފާރު ފަތްމިނި މޮޅުވީ 12 ލަނޑު 8 ފޯލީގެ ތަފާތުންނެވެ. ފުރަތަމަ އިނިންގްސް ނިމުނު އިރު ފަތްމިނި ޖަހާފައިވަނީ 13 ލަނޑެވެ. މުޑާލި ޖަހާފައިވަނީ 6 ލަނޑު 12 ފޯއްޔެވެ. ދެވަނަ އިނިންގްސް ނިމުނު އިރު ފަތްމިނިން ޖަހާފައިވަނީ 25 ލަނޑެވެ. މުޑާލި ޖަހާފައިވަނީ 12 ލަނޑު 4 ފޯއްޔެވެ.

މިމެޗުން އެންމެގިނަ ބޯޅަ ހިފައިގެން އެންމެ ގިނަ ޕޮއިންޓް ހޯދާފައިވަނީ މުޑާލި ޓީމުގެ ޖާޒީ ނަމްބަރު 8 ޒިދުނާއެވެ.

މުބާރާތް ފެށުމުގެ ރަސްމިއްޔާތު އަދި އުނގޫފާރު ފަތްމިނި އަދި ފައިނު މުޑާލި ބައްދަލުކުރި މެޗުގެ ފޭސް ބުކް ލައިވް ވީޑިއޯ

BML Raa Atoll Bashi League 2019 Feshumuge Rasmiyyaathu adhi Furathama Match – Ungoofaaru Faimini Vs Fainu Mudaali

Posted by Ungoofaaru.com on Thursday, 22 August 2019

 

މުބާރާތުގެ 4 ވަނަ މެޗުގައި ފަތްމިނީގެ ދެވަނަ މެޗުގައި މިއަދު ހެނދުނު ބައްދަލުކުރީ މަޑުއްވަރީ ދޮންކަމަނަ ޓީމާއެވެ. މިމެޗު ފަތްމިނި ކާމިޔާބުކުރީ 4 ލަނޑު 5 ފޯލީގެ ތަފާތުންނެވެ. ފުރަތަމަ އިނިންގްސް ނިމުނު އިރު ފަތްމިނި ޖަހާފައިވަނީ 11 ލަނޑު 11 ފޯއްޔެވެ. ދޮންކަމަނަ ޖަހާފައިވަނީ 9 ލަނޑު 5 ފޯއްޔެވެ. ދެވަނަ އިނިންގްސް ނިމުނު އިރު ފަތްމިނިން ޖަހާފައިވަނީ 22 ލަނޑު 6 ފޯއްޔެވެ. މުޑާލި ޖަހާފައިވަނީ 12 ލަނޑު 4 ފޯއްޔެވެ.

މިމެޗުން އެންމެގިނަ ބޯޅަ ހިފައިގެން އެންމެ ގިނަ ޕޮއިންޓް ހޯދާފައިވަނީ ދޮންކަމަ ޓީމުގެ ޖާޒީ ނަމްބަރު 3 ސާމާ އިބްރާހީމްއެވެ.

އުނގޫފާރު ފަތްމިނި އަދި މަޑުއްވަރި ދޮންކަމަނަ ބައްދަލުކުރި މެޗުގެ ފޭސް ބުކް ލައިވް ވީޑިއޯ

BML R.Atoll Bashi League – Ungoofaaru Vs Maduvvari

Posted by Ungoofaaru.com on Thursday, 22 August 2019

މުބާރާތުގެ 5 ވަނަ އަދި ފަތްމިނީގެ 3 ވަނަ މެޗުގައި މިއަދު ހަވީރު ބައްދަލުކުރާނީ އަލިފުށީ ރަނި ޓީމާއެވެ.

މިމެޗުވެސް އުނގޫފާރު ޑޮޓްކޮމްގެ ފޭސްބުކް ޕޭޖުން ލައިވް ކުރާނެއެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

އިބްރާހީމް ޒަޔާން

އުނގޫފާރު ފޯސްޓެރިންގް އެވެޔާނެސް އެސޯސޮއޭސަން (އުފާ) ގެ ރައިސް އެވެ. އުފާ ނިވްސް ޓީމްގެ ފަރާތުން ޙަބަރުތައް ގެނެސްދިނުމުގައި އެންމެ އިސްކޮށް އުޅުއްވާ އެއް ނޫސްވެރިޔާއެވެ. ހުރިހާ ދާއިރާއެއްގެ ޙަބަރުތައްވެސް ލިޔުއްވުމުގެ އިތުރުން ވާހަކަ ލިޔުމަށް ޝަޢުގުވެރިކަން ހުންނަވައެވެ.

ގުޅޭ ލިއުންތައް

avatar
Close