ޙަބަރުރ.އަތޮޅުރަށު ކުޅިވަރުކުޅިވަރު

އުނގޫފާރު ފަތްމިނި ބަލިކޮށް އަލިފުށީ ރަނި ޓީމް ގުރޫޕްގެ އެއްވަނައަށް

ރ އަތޮޅު ބަށިބޯޅަ ލީގް 2019

އުނގޫފާރު ކޮމިއުނިޓީ ސެންޓަރުގައި މިހާރު ކުރިއަށްދާ ބީއެމްއެލް ރ އަތޮޅު ބަށިލީގުގައި ކުޅުނު ތިންމެޗުން ވެސް މޮޅުވެ އަލިފުށީ ރަނި ޓީމު ގުރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައި މުބާރާތުގެ ފައިނަލުން ޖާގަ ހޯދައިފިއެވެ.

ބަށިބޯޅަ ފައުންޑޭޝަނާއި އުނގޫފާރު އިޖުތިމާއި މަރުކަޒު އަދި އުފާ ގުޅިގެން ކުރިއަށް ގެންދާ މިމުބާރާތުގެ ގުރޫޕް ސްޓޭޖުގެ ފަހުމެޗަށް އުނގޫފާރު ފަތްމިނި އަދި އަލިފުށީ ރަނި ނިކުތް އިރުވެސް މިދެޓީމު އޮތީ ފައިނަލްގެ ދެ ޖާގަ ކަށަވަރު ކޮށްފައެވެ. އެއީ ދެޓީމުވެސް މުބާރާތުގައި ކުޅެންޖެހޭ 3 މެޗުގެ ތެރެއިން ދެމެޗް ކާމިޔާބު ކޮށްގެންނެވެ. މިދެޓީމު އިއްޔެ ހަވީރު ކުޅުނީ މިދެޓީމު ވެސް މުބާރާތުގައި ކުޅެންޖެހޭ ފަހުމެޗެވެ.

ފައިނަލުން ދެ ޓީމަށް ޖާގަ ލިބިފައި އޮތަސް މެޗުން ފެނިގެންދިޔައީ ވަރަށްވެސް ފޯރިގަދަ ވާދަވެރި ކުޅުމެކެވެ. މިމެޗު ވެގެންދިޔައީ ގުރޫޕްގެ އެއްވަނަ ހޯދުމުގެ އިތުރުން ފައިނަލް މެޗުގެ ކުރިން ދެޓީމަށްވެސް އަނެއްޓީމުގެ ފެންވަރު ވަޒަންކޮށްލަން ބޭނުންކުރި ފުރުސަތެއްގެ ގޮތުގައެވެ. އަލިފުށީ ރަނިން މިމެޗު ކާމިޔާބުކުރީ 17 ލަނޑު 23 ލަނޑުން އުނގޫފާރު ފަތްމިނީގެ މައްޗަށް ކުރި ހޯދައިގެންނެވެ.

އަލިފުށީ ރަނި އަދި އުނގޫފާރު ފަތްމިނި ބައްދަލުކުރި މެޗުގެ ފޭސްބުކް ލައިވް ވީޑިއޯ

BML R.Atoll Bashi League – Alifushi vs Ungoofaaru

Posted by Ungoofaaru.com on Friday, 23 August 2019

މުބާރާތުގެ ފައިނަލްމެޗު އޮންނާނީ މިއަދު ހަވީރު އުނގޫފާރު އިޖުތިމާއީ މަރުކަޒުގައެވެ. މިމެޗުވެސް އުނގޫފާރު ޑޮޓްކޮމްގެ ފޭސްބުކް ޕޭޖުން ލައިވް ކުރާނެއެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

އިބްރާހީމް ޒަޔާން

އުނގޫފާރު ފޯސްޓެރިންގް އެވެޔާނެސް އެސޯސޮއޭސަން (އުފާ) ގެ ރައިސް އެވެ. އުފާ ނިވްސް ޓީމްގެ ފަރާތުން ޙަބަރުތައް ގެނެސްދިނުމުގައި އެންމެ އިސްކޮށް އުޅުއްވާ އެއް ނޫސްވެރިޔާއެވެ. ހުރިހާ ދާއިރާއެއްގެ ޙަބަރުތައްވެސް ލިޔުއްވުމުގެ އިތުރުން ވާހަކަ ލިޔުމަށް ޝަޢުގުވެރިކަން ހުންނަވައެވެ.

ގުޅޭ ލިއުންތައް

avatar
Close