ޙަބަރުރަށު ކުޅިވަރުކުޅިވަރުއުފާ ފުޓުސަލް ކަޕް

“އުފާ ފުޓުސަލް ކަޕް 2019” ގައި ބައިވެރިވީ 9 ޓީމް

އުފާ ފުޓުސަލް ކަޕް 2019

30 އޮގަސްޓް 2019 ގައި ފެށުމަށް ހަމަޖެހިފައިވާ އުފާ ފުޓުސަލް ކަޕް 2019 ގައި ބައިވެރިވުމަށް ހުޅުވާލި ފުރުސަތު ބުރާސްފަތި ދުވަހުގެރޭ 00:00 އަށް ހަމަވިއިރު މުބާރާތުގައި ބައިވެރިވީ 9 ޓީމެއެވެ.

އެއީ އެންމެ ފަހުގެ ޗެމްޕިއަން ޔަންގް ސްޓަރގެ މެނޭޖްމަންޓުން ބައިވެރިކުރި 2 ޓީމާއި އުނގޫފާރު ޕޮލިސްގެ ފަރާތުން ބައިވެރިކުރި 2 ޓީމާއި ދި ޑަބަލް އެލްގެ މެނޭޖްމަންޓުން ބައިވެރިކުރި 2 ޓީމުގެ އިތުރުން ތިޔަމުސް އެކްސް ސްޕޯރޓސް އާއި ޗެލްސީމެގަ އަދި ވައިނޮޓް ސްޕޯރޓްސްއެވެ.

މުބާރާތުގައި ޓީމު ލިސްޓް ހުށައެޅުމަށް ޓީމުތަކަށް ލިބިފައިވާ ފުރުސަތު 27 އޮގަސްޓް 2019 ވާ އަންގާރަ ދުވަހުގެރޭ 00:00 އަށް ހަމަވާނެއެވެ.

އުފާ ފުޓުސަލް ކަޕްގެ އެންމެ ފަހު މުބާރާތުގައި ބައިވެރިވީ 12 ޓީމެވެ. އެމުބާރާތުގެ ޗެމްޕިއަންކަން ހޯދީ ޔަންގް ސްޓަރ އެވެ.

 

ޓެގް
އިތުރަށް ވިދާޅުވުމަށް

އިބްރާހީމް ޒަޔާން

އުނގޫފާރު ފޯސްޓެރިންގް އެވެޔާނެސް އެސޯސޮއޭސަން (އުފާ) ގެ ރައިސް އެވެ. އުފާ ނިވްސް ޓީމްގެ ފަރާތުން ޙަބަރުތައް ގެނެސްދިނުމުގައި އެންމެ އިސްކޮށް އުޅުއްވާ އެއް ނޫސްވެރިޔާއެވެ. ހުރިހާ ދާއިރާއެއްގެ ޙަބަރުތައްވެސް ލިޔުއްވުމުގެ އިތުރުން ވާހަކަ ލިޔުމަށް ޝަޢުގުވެރިކަން ހުންނަވައެވެ.

ގުޅޭ ލިއުންތައް

avatar
Close