ރަށު ކުޅިވަރުކުޅިވަރު

އުނގޫފާރުގެ ފަތްމިނިތަކާ އެކު އެންމެން އެކުގައި އެއް ވާނެއްގައި

މިއަދަކީ މިހާރު އުނގޫފާރުގައި ކުރިއަށްދާ ބީއެމްއެލް ރ.އަތޮޅު ބަށިބޯޅަ ލީގުގެ ފައިނަލްގައި އުނގޫފާރުގެ ޓީމް ފަތްމިނި އަދި އަދި ރ.އަލިފުށީގެ ރަނި ވާދަކުރާ މެޗު އޮންނަ ދުވަހެވެ. މިއަދުގެ މެޗުގައި ފަތްމިނި ޓީމަށް ސަޕޯޓު ކުރުމަށް އުނގޫފާރުގެ އެންމެހާ ރައްޔިތުން ތައްޔާރު ވަމުންދާއިރު ސަޕޯޓަރުން ބުނާ ގޮތުގައި މިއަދު ޓީމަށް ލިބިގެންދާނެ އެންމެ ބޮޑު ހިތްވަރަކީ މުޅިރަށް ފަތްމިނި ޓީމާއެކު ތިބިކަން ދައްކާލާ މުޅި ސަރަހައްދުގެ ސަޕޯޓަރުންގެ އަޑުން ގުގުމާލުމެވެ.

“އަޅުގަނޑުމެން ނިމި ދިޔަ ބޮޑު ޢީދުގުގައި ވެސް އަދި ރަށު ފެންވަރުގައި ކުޅެވުނު އެހެނިހެން މުބާރާތްތަކުގައި ވެސް ދައްކައިދީފަ ވާނެ އަޅުގަނޑުމެންގެ އެއްބައިވަންތަކަން. އެކުގައި ނިކުމެއްޖެ ނަމަ ކޮންމެ ކަމެއްވެސް ﷲ ގެ އިރާދަފުޅުން ޙާސިލް ކުރެވޭނެ ކަން..” މިއަދުގެ މެޗައް ތައްޔާރުވަމުން ދިޔަ ޓީމު ފަތްމިނިގެ ސަޕޯޓަރަކު ބުންޏެވެ.

އުނގޫފާރަކީ ޒަމާނުއްސުރެ ރަށު ފެންވަރުގައި ކުރެވޭ ކަންކަމުގައި ސިޔާސީ ފިކުރާއި އެހެނިހެން ހިޔާލު ތަފާތުވުންތައް އެއްކިބާ ކޮށް އެންމެން އެކުގައި އެއް ރޫހެއްގައި ނިކުމެ އެކަމެއްގައި ނުހަނު ޖޯޝާ ފޯރިއާ އެކު ބައިވެރިވާ ރައްޔިތުންތަކެއް ދިރި އުޅޭ ރަށެކެވެ. ރަށު ފެންވަރުގައި ފާހަގަކުރާ ދުވަސްތަކާއި ބޭއްވޭ ހަރަކާތްތަކާއި ރަށް ތަމްސީލު ކުރާ މުބާރާތްތަކުގައި މާޒީގައި ފެނިފައި ވަނީ ވަރަށް ރީތި ނަމޫނާއެކުވެ. މިއަދަކީ އަނެއްކާ ވެސް އެ ނަމޫނާ ދައްކަންވީ ދުވަސް ކަމުގައި ސަޕޯޓަރުން އަންނަނީ ބުނަމުންނެވެ.

އުނގޫފާރުގެ ޒުވާން ފުޓުބޯޅަ ޓީމުން ޒޯންގެ ތަށި އުފުލާލި ފަހަރާއި މިނިވަން ޗެންޕިއަންޝިޕް ރ.އަތޮޅުގެ ތަށި އުފުލާލި އިރު ވެސް އުނގޫފާރުގެ ސަޕޯޓަރުންގެ ފަރާތުން ފެނިގެން ދިޔައީ އާދަޔާ ޚިލާފު ތައުރީފު ކުރުން ހައްޤު ފޯރިއަކާއި ޖޯށެކެވެ. ޙާއްސަކޮށް އުނގޫފާރު އަންހެން ކަނބަލުންގެ އުނގޫފާރުގެ ފުޓުބޯޅަ ދަނޑު ފުރާލާ އެ ކަނބަލުންގެ ސަޕޯޓުގެ އަޑުން މުޅި ސަރަހައްދު އެއް އަޑު ކޮށްލި ކަމީ އުނގޫފާރު ފުޓުބޯޅަ ޓީމުން ހޯދި ބޮޑެތި ކާމިޔާބީތަކުގައި އެ ކަނބަލުންގެ ޙިއްސާ ނުހަނު ބޮޑުކަން ދައްކައިދޭ ކަމެކެވެ.

މިއަދު އުނގޫފާރު އެ ކަނބަލުން ތަމްސީލް ކުރަމުން ދާއިރު މި އަދު ބޭނުން ވަނީ އެ ކަނބަލުން އެ ދުވަހު ދެއްކިފަދަ ފުރިހަމަ ސަޕޯޓެކެވެ. މިއަދު މިއޮތީ ފިރިހެން ވެރިންނާ ޖެހިފައެވެ. ސަޕޯޓު ކުރުމަށް ހުރިހާ ފިރިހެން ވެރިން އަދި އަންހެން ވެރިންވެސް އެކުގައި ނިކުންނަން ޖެހޭ ދުވަސް އައިސްފައެވެ. ސަޕޯޓަރުންނަށް ރެކެޓުގައި ނުހިފުނަސް ބޯޅާގައި ސައްޕު ނުޖެހުނަސް ސަޕޯޓަރުންގެ އަޑުން މިއަދު އުނގޫފާރުގެ ފަތްމިނިތަކުގެ ލޭ ކައްކުވާލާ ފަދަ ހިއްވަރާ ޖޯޝެއް ގެނެސްދޭނެ ކަން ޤައިމެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

މުނާޒު މުޙައްމަދު

އުނގޫފާރު ފޯސްޓެރިން އެވެއާނެސް އެސޯސިއަން (އުފާ) ގެ މެމްބަރެކެވެ. އުނގޫފާރު ޑޮޓް ކޮމްގެ ހުރިހާ ކޮންޓެންޓެއް މެނޭޖް ކުރުމުގައި އިސްކޮން ހަރަކާތްތެރިވާ އެޑިޓަރެވެ. އަދި މި ނޫހުގެ ވެބް ޑިޒައިނަރ އަދި ޕުރޮގރާމަރއެވެ.

ގުޅޭ ލިއުންތައް

avatar
Close