ޙަބަރުރ.އަތޮޅުރަށު ކުޅިވަރުކުޅިވަރު

މޮޅަކާއެކު މަޑުއްވަރީ ދޮންކަމަނަ ޓީމު މުބާރާތް ނިންމާލައިފި

ރ އަތޮޅު ބަށިބޯޅަ ލީގް 2019

އުނގޫފާރު ކޮމިއުނިޓީ ސެންޓަރުގައި މިހާރު ކުރިއަށްދާ ބީއެމްއެލް ރ އަތޮޅު ބަށިލީގުގައި ކުޅުނު ފަހުމެޗުން މޮޅުވެ މޮޅަކާއެކު މަޑުއްވަރީ ދޮންކަމަނަ ޓީމުން މުބާރާތް ނިންމާލައިފިއެވެ.

ބަށިބޯޅަ ފައުންޑޭޝަނާއި އުނގޫފާރު އިޖުތިމާއި މަރުކަޒު އަދި އުފާ ގުޅިގެން ކުރިއަށް ގެންދާ މިމުބާރާތުގެ ގުރޫޕް ސްޓޭޖުގެ ފަހުމެޗަށް ފައިނު މުޑާލި އަދި މަޑުއްވަރި ދޮންކަމަނަ ނިކުތް އިރުވެސް މިދެޓީމު އޮތީ ފައިނަލްގެ ފުރުސަތު ގެއްލިފައެވެ. އެއީ ދެޓީމުވެސް މުބާރާތުގައި ކުޅެންޖެހޭ 3 މެޗުގެ ތެރެއިން ފުރަތަމަ ދެމެޗް ނާކާމިޔާބު ވުމުންނެވެ. މިދެޓީމު އިއްޔެ ހަވީރު ކުޅުނީ މިދެޓީމު ވެސް މުބާރާތުގައި ކުޅެންޖެހޭ ފަހުމެޗެވެ.

މަޑުއްވަރީގެ ފުރަތަމެޗުގައި އަލިފުށީ ރަނި މޮޅުވީ 11 ލަނޑު 8 ފޯލީގެ ތަފާތުންނެވެ. ފުރަތަމަ އިނިންގްސް ނިމުނު އިރު ރަނި ޖަހާފައިވަނީ 11 ލަނޑު 3 ފޯއްޔެވެ. ދޮންކަމަނަ ޖަހާފައިވަނީ 7 ލަނޑު 0 ފޯއްޔެވެ. ދެވަނަ އިނިންގްސް ނިމުނު އިރު ރަނިން ޖަހާފައިވަނީ 23 ލަނޑު 3 ފޯއްޔެވެ. ދޮންކަމަނަ ޖަހާފައިވަނީ 14 ލަނޑު 11 ފޯއްޔެވެ.

މަޑުއްވަރީގެ ދެވަނަ މެޗުގައި ބައްދަލުކުރީ އުނގޫފާރު ފަތްމިނި ޓީމާއެވެ. މިމެޗު ފަތްމިނި ކާމިޔާބުކުރީ 4 ލަނޑު 5 ފޯލީގެ ތަފާތުންނެވެ. ފުރަތަމަ އިނިންގްސް ނިމުނު އިރު ފަތްމިނި ޖަހާފައިވަނީ 11 ލަނޑު 11 ފޯއްޔެވެ. ދޮންކަމަނަ ޖަހާފައިވަނީ 9 ލަނޑު 5 ފޯއްޔެވެ. ދެވަނަ އިނިންގްސް ނިމުނު އިރު ފަތްމިނިން ޖަހާފައިވަނީ 22 ލަނޑު 6 ފޯއްޔެވެ. ދޮންކަމަނަ ޖަހާފައިވަނީ 17 ލަނޑު 0 ފޯއްޔެވެ.

މުޑާލި ފުރަތަމަ މެޗުގައި ބައްދަލުކުރީ އުނގޫފާރު ފަތްމިނި ޓީމާއެވެ. ފައިނު މުޑާލި އަތުން އުނގޫފާރު ފަތްމިނި މޮޅުވީ 12 ލަނޑު 8 ފޯލީގެ ތަފާތުންނެވެ. ފުރަތަމަ އިނިންގްސް ނިމުނު އިރު ފަތްމިނި ޖަހާފައިވަނީ 13 ލަނޑެވެ. މުޑާލި ޖަހާފައިވަނީ 6 ލަނޑު 12 ފޯއްޔެވެ. ދެވަނަ އިނިންގްސް ނިމުނު އިރު ފަތްމިނިން ޖަހާފައިވަނީ 25 ލަނޑެވެ. މުޑާލި ޖަހާފައިވަނީ 12 ލަނޑު 4 ފޯއްޔެވެ.

މުޑާލި ޓީމުގެ ދެވަނަ މެޗުގައި ބައްދަލުކުރީ އަލިފުށީ ރަނި ޓީމާއެވެ. މިމެޗު ރަނި ކާމިޔާބުކުރީ 11 ލަނޑު 6 ފޯލީގެ ތަފާތުންނެވެ. ފުރަތަމަ އިނިންގްސް ނިމުނު އިރު ރަނިން ޖަހާފައިވަނީ 11 ލަނޑު 11 ފޯއްޔެވެ. މުޑާލި ޖަހާފައިވަނީ 6 ލަނޑު 9 ފޯއްޔެވެ. ދެވަނަ އިނިންގްސް ނިމުނު އިރު ރަނިން ޖަހާފައިވަނީ 24 ލަނޑު 0 ފޯއްޔެވެ. މުޑާލި ޖަހާފައިވަނީ 12 ލަނޑު 5 ފޯއްޔެވެ.

މުބާރާތުގެ ގުރޫޕް ސްޓޭޖުގެ ފަހިުމެޗުގައި  މުޑާލި އަދި ދޮންކަމަނަ ބައްދަލުކުރި މެޗުގެ ދެ އިނިންގްސްގެ ކުޅުން ނިމުމު އިރު 19 ލަނޑުން އެއްވަރުވެ  ދޮންކަމަނަ ކުރި ހޯދީ ފޯލީގެ ތަފާތުންނެވެ.

BML R.Atoll Bashi League – Alifushi vs Ungoofaaru

Posted by Ungoofaaru.com on Friday, 23 August 2019

މުބާރާތުގައި މިއަދު ހަވީރު ކުޅޭނީ ފައިނަލްމެޗެވެ. މިމެޗުވެސް އުނގޫފާރު ޑޮޓްކޮމްގެ ފޭސްބުކް ޕޭޖުން ލައިވް ކުރާނެއެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

އިބްރާހީމް ޒަޔާން

އުނގޫފާރު ފޯސްޓެރިންގް އެވެޔާނެސް އެސޯސޮއޭސަން (އުފާ) ގެ ރައިސް އެވެ. އުފާ ނިވްސް ޓީމްގެ ފަރާތުން ޙަބަރުތައް ގެނެސްދިނުމުގައި އެންމެ އިސްކޮށް އުޅުއްވާ އެއް ނޫސްވެރިޔާއެވެ. ހުރިހާ ދާއިރާއެއްގެ ޙަބަރުތައްވެސް ލިޔުއްވުމުގެ އިތުރުން ވާހަކަ ލިޔުމަށް ޝަޢުގުވެރިކަން ހުންނަވައެވެ.

ގުޅޭ ލިއުންތައް

avatar
Close