ޙަބަރުރ.އަތޮޅު

ރ.އަތޮޅު ކައުންސިލާއި އެމްއެންޔޫ ގުޅިގެން އުނގޫފާރުގައި ބަޗެލާސް އިން އެޗްއާރްއެމް ކޯސް ފަށައިފި

ރ.އަތޮލޫ ކައުންސިލާއި ދިވެހި ރާއްޖޭގެ ޤައުމީ ޔުނިވަސިޓީ ގުޅިގެން ބެޗެލާސް އިން ހިއުމަން ރިސޯސް މެނޭޖްމެންޓް ކޯސް ފަށައިފިއެވެ.

މި މަހުގެ 22 ވަނަ ދުވަހު ފެށި މި ކޯހުގެ ކުލާސްތައް ކުރިއަށް ދަނީ ރ.އަތޮޅު ކައުންސިލް އިދާރާގެ ޓުރެއިނިން ސެންޓަރުގައެވެ. ރ.އަތޮޅު ކައުންސިލާ އެމްއެންޔޫ ގުޅިގެން އުނގޫފާރުގައި އަލަށް ފެށި މި ކޯހުގައި ޖުމްލަ 25 ކުދިން ބައިވެރިވެފައި ވާ ކަމަށް ރ.އަތޮޅު ކައުންސިލުން މަޢުލޫމާތުދެއެވެ.

ރ.އަތޮޅު ކައުންސިލުން މަޢުލޫމާތު ދިން ގޮތުގައި ޤައުމީ ޔުނިވާސިޓީއާ ގުޅިގެން އަންނަ އަހަރު އިތުރު 2 ކޯހެއް ފެށުމަށް ވަނީ ނިންމާފައެވެ.

ޤައުމީ ޔުނިވަސިޓީއިން އުނގޫފާރުގައި ޤާއިމްކޮށްފައިވާ ނާސިން ސުކޫލްގައި މިހާރު ވެސް ނާސިންސް ކޯސްތައް އަންނަނީ ހިންގަމުންނެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

މުނާޒު މުޙައްމަދު

އުނގޫފާރު ފޯސްޓެރިން އެވެއާނެސް އެސޯސިއަން (އުފާ) ގެ މެމްބަރެކެވެ. އުނގޫފާރު ޑޮޓް ކޮމްގެ ހުރިހާ ކޮންޓެންޓެއް މެނޭޖް ކުރުމުގައި އިސްކޮން ހަރަކާތްތެރިވާ އެޑިޓަރެވެ. އަދި މި ނޫހުގެ ވެބް ޑިޒައިނަރ އަދި ޕުރޮގރާމަރއެވެ.
avatar
Close