ޚަބަރުރ.އަތޮޅުރަށު ކުޅިވަރުކުޅިވަރު

ބީއެމްއެލް ރ އަތޮޅު ބަށި ލީގުގެ ޗެމްޕިއަންކަން އަލިފުށީ ރަނި ޓީމުން ހޯދައިފި

ރ އަތޮޅު ބަށިބޯޅަ ލީގް 2019

އުނގޫފާރު ކޮމިއުނިޓީ ސެންޓަރުގައި ކުރިއަށްދިޔަ ބީއެމްއެލް ރ އަތޮޅު ބަށިލީގުގައި ކުޅުނު ހުރިހާ މެޗަކުން މޮޅުވެ އަލިފުށި ރަނި ޓީމު މުބާރާތުގެ ޗެމްޕިއަންކަން ހޯދައިިފިއެވެ.

ނޭވާ ހިފަހައްޓާލަން ޖެހުނު ފޯރިގަދަ ކުޅުމެއް ފެނިގެން މިމެޗުން ރަނި ޗެމްޕިއަކަން ހޯދީ  އުނގޫފާރު ފަތްމިނި ޓީމާއި ވާދަކޮށް 23 ލަނޑު 22 ލަނޑުުން ކުރި ހޯދައި މެޗު ކާމިޔާބު ކޮށްގެންނެވެ.

މުބާރާތުގެ އެންމެ މޮޅު 8 ކުޅުންތެރިންގެ ތެރޭގައި ރަނި ޓީމުގެ މަރްޔަމް ނަދާ އާއި އާމިނަތު ރަޝީދާ ހިމެނިފައިވާއިރު މުބާރާތުގެ އެންމެ މޮޅު ޖެހުންތެރިއާގެ މަޤާމު ހޯދީ ރަނި ޓީމުގެ އާމިނަތު ސަހުނާއެވެ. އަދި މުބާރާތުގެ ބަށި ރާނީ ގެ ފަހުރުވެރި މަޤާމު ހޯދީ ރަނި ޓީމުގެ މަރްޔަމް ނަދާއެވެ.

ރަނި ޓީމު އަލިފުއްޓަށް ދިއުމުން މަރުހަބާ ކިޔަން ތައްޔާރުވެފައި / ފޮޓޯ: އަލިފުށިލައިވް

މުބާރާތުގެ ތަށި ހިފައިގެން ރަނި ޓީމު ރޭ އަލިފުއްޓަށް ދިޔައިރު އަލިފުށި ވަނީ ޓީމަށް މަރުހަބާ ކިއުމަށް ވަރަށް ފުރިހަމައަށް ތައްޔާރުވެފައެވެ.

މުބާރާތުގެ ޗެމްޕިއަންކަން ހޯދި ރަނި ޓީމަށް އުނގޫފާރު ޑޮޓްކޮމްގެ ފަރާތުން ވަރަށް ހޫނު މަރުހަބާއެއް ކިޔަމެވެ.

ފައިނަލްމެޗު އަދި ރަސްމިއްޔާތުގެ ފޭސްބުކް ލައި ވީޑިއޯ / ފުރަތަމަ ބައި

BML R.Atoll Bashi Ball League Final: Ungoofaaru Faimini vs Alifushi Rani / PART 1

Posted by Ungoofaaru.com on Saturday, 24 August 2019

ފައިނަލްމެޗު އަދި ރަސްމިއްޔާތުގެ ފޭސްބުކް ލައި ވީޑިއޯ / ދެވަނަ ބައި

BML R.Atoll Bashi Ball League Final: Ungoofaaru Faimini vs Alifushi Rani / PART 2

Posted by Ungoofaaru.com on Saturday, 24 August 2019

 

ޓެގް
އިތުރަށް ވިދާޅުވުމަށް

އިބްރާހީމް ޒަޔާން

އުނގޫފާރު ފޯސްޓެރިންގް އެވެޔާނެސް އެސޯސޮއޭސަން (އުފާ) ގެ ރައިސް އެވެ. އުފާ ނިވްސް ޓީމްގެ ފަރާތުން ޙަބަރުތައް ގެނެސްދިނުމުގައި އެންމެ އިސްކޮށް އުޅުއްވާ އެއް ނޫސްވެރިޔާއެވެ. ހުރިހާ ދާއިރާއެއްގެ ޙަބަރުތައްވެސް ލިޔުއްވުމުގެ އިތުރުން ވާހަކަ ލިޔުމަށް ޝަޢުގުވެރިކަން ހުންނަވައެވެ.

ގުޅޭ ލިއުންތައް

avatar
Close