ޚަބަރުރ.އަތޮޅު

ރަސްމާދޫ ކަރަންޓުގެ މައްސަލަ ބޮޑުވެ އެ ރަށު ރައްޔިތުން އިހުތިޖާޖު ކުރަނީ

ރ.އަތޮޅު ރަސްމާދޫގެ ކަރަންޓުގެ މައްސަލައަށް ހައްލެއް ނުލިބޭތީ އެ ރަށު ބަޔަކު ރަސްމާދޫ އިންޖީނުގެ ކުރިމަތީގައި އިހުތިޖާޖް ކުރަން ފަށައިފިއެވެ. ރަސްމާދޫ އިން މަޢުލޫމާތު ދިން މީހަކު ބުނި ގޮތުގައި އިހުތިޖާޖު ކުރަމުން ދަނީ އެ ރަށު އެމްޑީޕީ އިސްސަފުގައި ހަރަކާތްތެރިވާ ޒުވާނުން ތަކެކެވެ.

ރަސްމާދޫ އިން މަޢުލޫމާތު ދިން މީހަކު ބުނި ގޮތުގައި އެ ރަށު އިންޖީނުގޭގައި ބޭނުން ކުރަމުންދާ ދެ ޖަނަރޭޓަރަށް މައްސަ ދިމާވެ ރަށުން ކަރަންޓުގެ ކެނޑުމުގެ މައްސަލަ ބޮޑުވެފައިވާ ކަމަށެވެ. ރަސްމާދޫގައި ކަރަންޓުގެ ޚިދުމަތް ދެމުން ދަނީ ފެނަކަ ކޯޕަރޭޝަނުންނެވެ.

އިންޖީނުގެ ކުރިމަތީގައި ތިބި ޒުވާނުން އެކި ކަހަލަ ޝުއޫރުތައް ލިޔެފައިވާ ބޯޑުތައް ހިފަހައްޓައިގެން ތިބެ ކަރަންޓުގެ މައްސަލަ ހައްލުކޮށްދިނުމަށް އެދި ދަނީ އަޑު އުފުލަމުންނެވެ.

“ރ.އަތޮޅު ރަން ރީނދޫ ކުލައިން ފަވާލީމާ މިއީތޯ އަޅުގަނޑުމެންނަށް ހައްޤު މިންވަރަކީ؟” އެތަނުން ޒުވާނަކު ހިފަހައްޓައިގެން ހުރި ބޯޑެއްގައި ލިޔެފައިވެއެވެ.

(އިތުރު ތަފްސީލް އަންނަނީ)

ޓެގް
އިތުރަށް ވިދާޅުވުމަށް

މުނާޒު މުޙައްމަދު

އުނގޫފާރު ފޯސްޓެރިން އެވެއާނެސް އެސޯސިއަން (އުފާ) ގެ މެމްބަރެކެވެ. އުނގޫފާރު ޑޮޓް ކޮމްގެ ހުރިހާ ކޮންޓެންޓެއް މެނޭޖް ކުރުމުގައި އިސްކޮން ހަރަކާތްތެރިވާ އެޑިޓަރެވެ. އަދި މި ނޫހުގެ ވެބް ޑިޒައިނަރ އަދި ޕުރޮގރާމަރއެވެ.

ގުޅޭ ލިއުންތައް

avatar
1 Comment threads
0 Thread replies
0 Followers
 
Most reacted comment
Hottest comment thread
1 Comment authors
Katheeb Recent comment authors
Katheeb
Guest
Katheeb

Bodu eidu ga maagina dhuvas bandhu veema adhi 100 dhuvas hamanuvanee kamah vedhaane.

Close