ޙަބަރުރ.އަތޮޅުރަށު ކުޅިވަރުކުޅިވަރު

ސައިފް ގޯލްޑަން ޖުބުލީ ވޮލީމުބާރާތް 27 ސެޕްޓެމްބަރުގައި ފަށަނީ

ސައިފް ގޯލްޑަން ޖުބުލީ

އުނގޫފާރު ޖަމްއިއްޔަތުއްސައިފްއަށް 50 އަހަރު ފުރުމުގެ މުނާސަބަތާއި ގުޅުވައިގެން ކުރިއަށްގެންދާ ސައިފް ގޯލްޑަން ޖުބުލީ ވޮލީ ބޯޅަ މުބާރާތް 27 ސެޕްޓެމްބަރު 2019 ގައި ފެށުމަށް ނިންމައި އެކަން އިއުލާނު ކޮށްފިއެވެ.

އުނގޫފާރު ޑޮޓް ކޮމް އަށް މައުލޫމާތު ދެއްވަމުން ސައިފްގެ ރައީސް އަހުމަދު ނިޔާޒު ވިދާޅުވީ މިފަހަރުގެ މުބާރާތައް ވަރަށްބޮޑެތި ބަދަލުތަކެއް އައިސްފައިވާކަމަށެވެ. އެގޮތުން އެއްމެ ފާހަގަ ކޮށްލެވޭ ބަދަލަކީ ކުރިން އުނގޫފާރު ދާއިރާގެ އަންހެން ބޭފުޅުންނަށް ހުޅުވާލަަމުންފެށި މިމުބާރާތް މިފަހަރު މުޅި އަތޮޅަށް ހުޅުވާލުން ކަމަށެވެ. އަދި ހާއްސަ މެހުމާނުންގެ ގޮތުގައި ޅ ނައިފަރު ޓީމެއް މުބާރާތުގައި ބައިވެރިވާނެ ކަމަށެވެ. ނަމަވެސް އެއީ ކޮން ޓީމެއްކަމެއް ނިޔާޒު ވިދާޅެއްނުވެއެވެ.

ސައިފް ގޯލްޑަން ޖުބުލީ ވޮލީ ބޯޅަ މުބާރާތަކީ ރ އަތޮޅުގައި ބާއްވަމުންއަންނަ އެއްމެ ފޯރިގަދަ ވޮލީ މުބާރާތެވެ. ކޮންމެ އަހަރަކުވެސް މިމުބާރާތުގައި ރާއްޖޭގެ މަޝްހޫރު ވޮލީ ކުޅުންތެރިންނާއި އަވައްޓެރި ސްރީލަންކާ އާއި އިންޑިއާގެ އިތުރުން ތައިލެންޑުން ކުޅުންތެރިން ޓީމުތަކަށްގެނެސް ކުޅެމުންދެއެވެ. މިއަހަރު މިބާއްވަނީ ސައިފް ގޯލްޑަން ޖުބުލީގެ 8 ވަނަ މުބާރާތެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

އިބްރާހީމް ޒަޔާން

އުނގޫފާރު ފޯސްޓެރިންގް އެވެޔާނެސް އެސޯސޮއޭސަން (އުފާ) ގެ ރައިސް އެވެ. އުފާ ނިވްސް ޓީމްގެ ފަރާތުން ޙަބަރުތައް ގެނެސްދިނުމުގައި އެންމެ އިސްކޮށް އުޅުއްވާ އެއް ނޫސްވެރިޔާއެވެ. ހުރިހާ ދާއިރާއެއްގެ ޙަބަރުތައްވެސް ލިޔުއްވުމުގެ އިތުރުން ވާހަކަ ލިޔުމަށް ޝަޢުގުވެރިކަން ހުންނަވައެވެ.

ގުޅޭ ލިއުންތައް

avatar
Close