ޙަބަރުދިރިއުޅުން

36 ގޯއްޗަށް އެދިފައިވާ ފަރާތްތަކަށް ޕޮއިންޓް ލިބިފައިވާ ގޮތުގެ ވަގުތީ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި

އުނގޫފާރު ކައުންސިލް

އުނގޫފާރުގައި ދިރިއުޅުމަށް ދޫކުރުމަށް ހަމަޖެހިފައިވާ 36 ގޯއްޗަށް އެދިފައިވާ ފަރާތްތަކަށް ޕޮއިންޓް ލިބިފައިވާ ގޮތުގެ ވަގުތީ ލިސްޓު މިއަދު އާއްމުކޮށް ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. މިކަމަށް ފުރުސަތު ހުޅުވާލުމަށް ކޮށްފައިވާ އިއުލާނުގައި ބުނެފައިވާގޮތުން ޝަކުވާ ހުށައެޅުމުގެ ފުރުސަތު 26 ސެޕްޓެމްބަރ 2019 ވާ ބުރާސްފަތި ދުވަހުގެ އޮފީސް ބަންދުވުމުގެ ނިޔަލަށް ދީފައިވެއެވެ. ޝަކުވާ ފޯމް ދޫކުރުމާއި ބަލާގަތުންކުރިއަށްދާނީ ރަސްމީ ކޮންމެ ދުވަހެއްގެ 09:00 ން 12.00 އަށް ކަމަށް އިއުލާނުގައި ބުނެފައިވެއެވެ.

މިކަމަށްފުރުސަތު ހުޅުވާލުމަށް އުނގޫފާރު ކައުންސިލުން ކޮށްފައިވާ އިއުލާނު ތިރީގައި މިވަނީއެވެ.


`

މާޅޮސްމަޑުލު އުތުރުބުރީ އުނގޫފާރު ކައުންސިލްގެ އިދާރާ

އުނގޫފާރު، ދިވެހިރާއްޖެ                                                         ނަންބަރު: 54/IUL)303-AS/303/2019)

އިޢުލާން

އުނގޫފާރުގައި ދިރިއުޅުމަށް ދޫކުރުމަށް ހަމަޖެހިފައިވާ 36 ގޯއްޗަށް އެދިފައިވާ ފަރާތްތަކަށް ޕޮއިންޓް ލިބިފައިވާ ގޮތުގެ ވަގުތީ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލުން

 

ދިރިއުޅުމަށްޓަކައި މިރަށުން ގޯތި ބޭނުންވާ ފަރާތްތަކަށް މިކައުންސިލުން ހުޅުވާލި ފުރުސަތުގައި ގޯއްޗަށް އެދިފައިވާ ފަރާތްތަކަށް ޕޮއިންޓް ލިބިފައިވާ ގޮތުގެ ވަގުތީ ލިސްޓް ޢާންމުކޮށް އިޢުލާނުކުރީމެވެ.

ވީމާ، ޕޮއިންޓް ލިބިފައިވާ ގޮތާއިމެދު ޝަކުވާ ހުށަހަޅަން ބޭނުންވާ ފަރާތަތަކުން 26 ސެޕްޓެމްބަރ 2019 ވާ ބުރާސްފަތި ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން ” އުނގޫފާރުގައި ދިރިއުޅުމަށް ހަމަޖެހިފައިވާ 36 ގޯއްޗަށް އެދިފައިވާ ފަރާތްތަކަށް ޕޮއިންޓް ލިބިފައިވާ ގޮތުގެ ވަގުތީ ލިސްޓަށް ޝަކުވާ ހުށަހަޅާ ފޯމް” ފުރިހަމަކުރެއްވުމަށްފަހު މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. ފޯމް މިއިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.

ގޯތި ލިބޭ ފަރާތްތަކުގެ ލިސްޓް އިޢުލާނުކުރެވޭނީ ހުށަހެޅޭ ޝަކުވާތަކާއި ގުޅިގެން ލިސްޓަށް ގެންނަންޖެހޭ އުނިއިތުރެއްވާނަމަ އެއުނިއިތުރެއް ގެނައުމަށްފަހުގައެވެ.

ޝަކުވާ ފޯމް ދޫކުރުމާއި ބަލާގަތުން: ރަސްމީ ކޮންމެ ދުވަހެއްގެ 09:00 ން 12.00 އަށް

ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

25 ޛުލްޙިއްޖާ 1440

26 އޯގަސްޓް 2019

ޕޮއިންޓްދީފައިވާ ގޮތް ހާމަކުރި ވަގުތީ ލިސްޓް

This slideshow requires JavaScript.

ޓެގް
އިތުރަށް ވިދާޅުވުމަށް

އިބްރާހީމް ޒަޔާން

އުނގޫފާރު ފޯސްޓެރިންގް އެވެޔާނެސް އެސޯސޮއޭސަން (އުފާ) ގެ ރައިސް އެވެ. އުފާ ނިވްސް ޓީމްގެ ފަރާތުން ޙަބަރުތައް ގެނެސްދިނުމުގައި އެންމެ އިސްކޮށް އުޅުއްވާ އެއް ނޫސްވެރިޔާއެވެ. ހުރިހާ ދާއިރާއެއްގެ ޙަބަރުތައްވެސް ލިޔުއްވުމުގެ އިތުރުން ވާހަކަ ލިޔުމަށް ޝަޢުގުވެރިކަން ހުންނަވައެވެ.

ގުޅޭ ލިއުންތައް

avatar
2 Comment threads
0 Thread replies
0 Followers
 
Most reacted comment
Hottest comment thread
2 Comment authors
mHassan m Recent comment authors
m
Guest
m

Thee hus dhalha inthihaabukairivaathi votu hodhan kerey bayaku thibihyaa nikumelanvee thankolheh gadhayah jahsaalan nurodharinah kirehnulhibeyney bunanee mihaaru jahsaaleema thafaathu vaane nuni heyki heyki thibeynee

Hassan m
Guest
Hassan m

gothi dhee furaalanvee ginakuranve sitee eh hadhanvee thiyagengulhenee maakureege visnumeh dimocraathi ga onaanee mejority varah vaahaka visnaifi bayakah ibratheh

Close