ޙަބަރުރ.އަތޮޅު

ރ.އަތޮޅުން ފެށިގެން އދ.އަތޮޅާ ހަމައަށް ރީނދޫ އެލާޓު ނެރެފި

ރ.އަތޮޅުން ފެށިގެން އދ.އަތޮޅާ ހަމައަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ރީނދޫ އެލާޓު ނެރެފިއެވެ. ރީނދޫ އެލާޓު ނެރެފައި ވަނީ މިރޭގެ 20:15 އިން 23:00 އަށެވެ.

މޫސުމާ ބެހޭ ޤައުމީ އިދާރާއިން ލަފާކުރާ ގޮތުގައި މި މުއްދަތުގައި މި ހިސާބަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހުން އެކަށީގެންވެއެވެ.

އެންމެ ފަހުގެ ސެޓްލައިޓު ފޮޓޯތަކުން ދައްކާ ގޮތުގައި ރާއްޖޭގެ ސަރަހައްދުގައި ވަނީ ބޯކޮށް ވިއްސާރަ ވިލާ އުފެދިފައެވެ. އަދި މި ދުވަސްކޮޅު ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ގޯސްވެ ކެރީގެ އަސަރު ފޯރާނެ ކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން މަޢުލޫމާތުދެއެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

މުނާޒު މުޙައްމަދު

އުނގޫފާރު ފޯސްޓެރިން އެވެއާނެސް އެސޯސިއަން (އުފާ) ގެ މެމްބަރެކެވެ. އުނގޫފާރު ޑޮޓް ކޮމްގެ ހުރިހާ ކޮންޓެންޓެއް މެނޭޖް ކުރުމުގައި އިސްކޮން ހަރަކާތްތެރިވާ އެޑިޓަރެވެ. އަދި މި ނޫހުގެ ވެބް ޑިޒައިނަރ އަދި ޕުރޮގރާމަރއެވެ.

ގުޅޭ ލިއުންތައް

avatar
Close