ޚަބަރުރ.އަތޮޅުވިޔަފާރި

އަތޮޅުވެހި ޢިމާރާތް ބިޑަށްލައިފި

ރ އަތޮޅު ކައުންސިލް

އުނގޫފާރުގައި ހުންނަ ރ އަތޮޅު ކައުންސިލްގެ އަތޮޅުވެހި އިމާރާތް ބިޑް ޢުޞޫލުން ދިގު މުއްދަތަށް ކުއްޔަށް ދިނުމަށް ރ އަތޮޅު ކައުންސިލުން ނިންމާފައިވާތީ، އެކަމަށް ޝައުގުވެރިވާ ފަރާތްތަކަށް އެފުރުޞަތު ކައުންސިލުން ހުޅުވާލައިފިއެވެ.

ރ އަތޮޅު ކައުންސިލްގެ ގޯތީގެ އިރުދެކުނު ކަންމަތީގައި ހުރި 14 ކޮޓަރި، ރެސްޓޯރަންޓް އަދި ފިހާރައަކާއި އަދި ހޯލެއް ހިމެނޭ ދެބުރިއަށްހުރި މިއިމާރާތުގެ ބިޑު ޑޮކިއުމެންޓް ވިއްކަން ހަމަޖެހިފައިވަނީ 26 އޯގަސްޓުން ފެށިގެން 04 ސެޕްޓެމްބަރުގެ ނިޔަލަށެވެ.

މިކަމަށްއެދި ރ އަތޮޅު ކައުންސިލުން ކޮށްފައިވާ އިއުލާނު ތިރީގައި މިވަނީއެވެ.

 

މާޅޮސްމަޑުލު އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މިއިދާރާގެ އަތޮޅުވެހި ޢިމާރާތް ބިޑް ޢުޞޫލުން ދިގު މުއްދަތަށް ކުއްޔަށް ދިނުމާއި ގުޅޭ

ސުރުޙީގައި ދެންނެވިފައިވާ މިއިދާރާގެ އަތޮޅުވެހި ޢިމާރާތް ބިޑް ޢުޞޫލުން ދިގު މުއްދަތަށް ކުއްޔަށް ދިނުމަށް ކައުންސިލުން ނިންމާފައިވާތީ، އެކަމަށް ޝައުގުވެރިވާ ފަރާތްތަކަށް އެފުރުޞަތު ހުޅުވާލަމެވެ. މިގޮތުން 26 އޯގަސްޓުން ފެށިގެން 04 ސެޕްޓެމްބަރުގެ ނިޔަލަށް ބިޑް ގަންނަން ސައުގުވެރިވެލައްވާ ފަރާތްތަކަށް މިދެންނެވުނު މުއްދަތުގެ ތެރޭގައި ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 09:00 ން 12:00 ށް މިއިދާރާއިން ބިޑް ވިއްކަމުންދާނެއެވެ. ބިޑް ވިއްކުމަށް ހަމަޖެހިފައިވާ އަގަކީ ދިވެހިންނާއި ދިވެހި ކުންފުނިތަކަށް -/500 ރުފިޔާ އަށެވެ. އަދި ބިޑް ބައްލަވައި ގެންނެވި ފަރާތްތަކާއި އެކު މިއިދާރާއިން ބާއްވާ ފްރީބިޑް މީޓީން އޮންނާނީ 05 ސެޕްޓެމްބަރ 2019 ވާ އާދިއްތަ ދުވަހުގެ 13:00 މިއިދާރާގައެވެ. ބިޑް ބައްލަވާގެންނެވި ފަރާތްތަކުގެ ތެރެއިން އެއްވެސް ބޭފުޅަކަށް ޕްރީ ބިޑް މީޓިންގް އަށް ވަޑައިގެންނެވެން ނެތްފަދަ ޙާލަތެއް ދިމާވެގެން ބަދަލުގައި ބޭފުޅަކު ފޮނުއްވާނަމަ ބަދަލުގައި ފޮނުއްވިކަން އެގޭ ސިޓީއާއި ވަޑައިގަންނަވާ ބޭފުޅެއްގެ އައިޑީކާޑްކޮޕީ ، އަދި ކުންފުންޏަކުން ފޮނުއްވާނަމަ އެއީ ކޮންކުންފުންޏެއް ތަމްސީލު ކުރުމަށްކަން އެނގޭނެ ކުންފުނީގެ ލެޓަރހެޑުގައި ލިޔެ ސްޓޭމްޕް ޖަހާފައިވާ ސިޓީއާއި،  ވަޑައިގަންނަވާ ބޭފުޅެއްގެ އައިޑީކާޑްގެ ކޮޕީ ހިއްޕަވައިގެން ވަޑައިގެން ދެއްވުން އެދި ދަންނަވަމެވެ.

ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކަށް މިފުރުޞަތު ހުޅުވާލިކަން އާންމުކޮށް އެނގުމަށްޓަކައި އިޢުލާންކުރީމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ރަސްމީގަޑީގައި މިއިދާރާގެ 6580027  ނަންބަރު ފޯނާއި ގުޅުއްވުން އެދެމެވެ.

 24 ޛުލްހިއްޖު 1440

25 އޯގަސްޓް 2019
ޓެގް
އިތުރަށް ވިދާޅުވުމަށް

އިބްރާހީމް ޒަޔާން

އުނގޫފާރު ފޯސްޓެރިންގް އެވެޔާނެސް އެސޯސޮއޭސަން (އުފާ) ގެ ރައިސް އެވެ. އުފާ ނިވްސް ޓީމްގެ ފަރާތުން ޙަބަރުތައް ގެނެސްދިނުމުގައި އެންމެ އިސްކޮށް އުޅުއްވާ އެއް ނޫސްވެރިޔާއެވެ. ހުރިހާ ދާއިރާއެއްގެ ޙަބަރުތައްވެސް ލިޔުއްވުމުގެ އިތުރުން ވާހަކަ ލިޔުމަށް ޝަޢުގުވެރިކަން ހުންނަވައެވެ.

ގުޅޭ ލިއުންތައް

avatar
Close