ޚަބަރުރަށު ކުޅިވަރުކުޅިވަރުއުފާ ފުޓުސަލް ކަޕް

މުބާރާތުގެ ފުރަތަމަ މެޗުގައި ޑަބަލްއެލް އަދ ވައިނޮޓް

އުފާ ފުޓުސަލް ކަޕް 2019

ހުކުރު ދުވަހު ފެށުމަށް ހަމަޖެހިފައިވާ އުފާ ފުޓުސަލް ކަޕްގެ ގުރުއަތުލުން ރޭ ބާއްވައިފިއެވެ. އުނގޫފާރު ކޮމިއުނިޓީ ސެންޓަރުގެ މީޓިންރޫމުގައި ކުރިއަށްދިޔަ މިރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވީ ޔޫއެޗްއެލް ޓްރޭޑްގެ ވެރިޔާ އަލްފާޟިލް ހުސައިން ފަހުމީއެވެ.

ގުރުއަތުލުމުގެ ރަސްމިއްޔާތު ފެށިގެންދިޔައީ ކީރީތި ޤުރުއާނުގެ ބަރަކާތުންނެވެ. އެއަށްފަހު ރަސްމިއްޔާތު ކުރިއަށްދާނެގޮތް އުފާގެ ނައިބް ރައީސް ހުށައަޅައިދެއްވިއެވެ. އެއަށްފަހު ޝަރަފްވެރިމެހުމާނު އަދި ޔޫތު އެސޯސިއޭޓް އަހުމަދު ޝާހިދު ވާހަކަފުޅު ދެއްކެވިއެވެ. ގުރުއަތުލުން ކުރިއަށްގެންގޮސްދެއްވީ އުފާގެ ރައީސް އިބްރާހީމް ޒަޔާންއެވެ.

މުބާރާތް ކުރިއަށްދަނީ ދެ ގުރޫޕަކަށް ބަހާލައިގެންނެވެ. ގުރޫޕް އޭ ގައި 5 ޓީމް އަދި ގުރޫޕް ބީ ގައި 4 ޓީމެވެ. މުބާރާތް ފެށުމުގެ ރަސްމިއްޔާތު އޮންނާނީ ހުކުރު ދުވަހު ހަވީރުއެވެ. ރަސްމިއްޔާތަށްފަހު މުބާރާތުގެ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ދި ޑަބަލް އެލް އާއި ވައިނޮޓް ސްޕޯރޓްސް އެވެ.

މުބާރާތުގެ މެޗުތައް ހަވީރާއި ރޭގަނޑުވެސް ކުރިއަށްދާނެއެވެ. މުބާރާތުގެ ފުރަތަމަ ދުވަހު 3 މެޗު ދެވަނަ އަދި ތިންވަނަ ދުވަހު 4 މެޗު، 4 ވަނަ ދުވަހު 3 މެޗު، ދެން ކޮންމެ ދުވަހަކު ރޭގަނޑު 2 މެޗު ކުޅޭނެއެވެ. 7 ދުވަހަށް ކުރިއަށްދާ މިމުބާރާތުގައި ޖުމުލަ 19 މެޗު ކުޅޭނެއެވެ. މުބާރާތުގެ ނިމުމުގެ ރަސްމިއްޔާތާއި ފައިނަލްމެޗު އޮންނާނީ ބުރާސްފަތި ދުވަހުގެރޭ 20:30 ގައެވެ.

ރޭގެ ރަސްމިއްޔާތުގައި މުބާރާތުގައި ބައިވެރިވި ޓީމުތަކުގެ މެނޭޖަރުންނާއި އުފާގެ އިސްވެރިނާއ ކޮމިއުނިޓީ ސެންޓަރުގެ ވެރިން ބައިވެރިވިއެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

އިބްރާހީމް ޒަޔާން

އުނގޫފާރު ފޯސްޓެރިންގް އެވެޔާނެސް އެސޯސޮއޭސަން (އުފާ) ގެ ރައިސް އެވެ. އުފާ ނިވްސް ޓީމްގެ ފަރާތުން ޙަބަރުތައް ގެނެސްދިނުމުގައި އެންމެ އިސްކޮށް އުޅުއްވާ އެއް ނޫސްވެރިޔާއެވެ. ހުރިހާ ދާއިރާއެއްގެ ޙަބަރުތައްވެސް ލިޔުއްވުމުގެ އިތުރުން ވާހަކަ ލިޔުމަށް ޝަޢުގުވެރިކަން ހުންނަވައެވެ.

ގުޅޭ ލިއުންތައް

avatar
Close