ޙަބަރުރ.އަތޮޅު

މޫސުން ގޯސް، ރ އަތޮޅާއެކު 10 އަތޮޅަކަށް ޔެލޯ އެލާޓް ނެރެފި

މޫސުން

ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސްވާނެ ކަމަށް ލަފާ ކުރެވޭތީ، ރ އަތޮޅާއެކު 10 އަތޮޅަކަށް ޔެލޯ އެލާޓް ނެރެފި އެވެ.
މެޓް އޮފީހުން ވަނީ ހއ. އަތޮޅުން ފެށިގެން އދ. އަތޮޅަށް މިއަދު ހެނދުނު 08:00 އިން 11:00 އަށް، ޔެލޯ އެލާޓު ނެރެފަ އެވެ. މެޓް އޮފީހުން ބުނީ އެ ސަރަހައްދަށް ބޯކޮށް ވާރޭ ވެހޭނެ ކަމަށާއި ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

މެޓު އޮފީހުން ވަނީ ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަ ކުރުމާއިއެކު ގުގުރާނެ ކަމަށާއި އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހޭނެ ކަމަށްވެސް ލަފާކުރެވޭ ކަމަށް ބުނެފައެވެ.

ކަނޑުތައް އާދައިގެވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށާއި ދިޔަވަރު ބޮޑުވާގަޑިތަކުގައި ބައެއް ރަށްތަކަށް އުދައިގެ އަސަރުކުރުން އެކަށީގެންވާ ކަމަށް ވެސް މެޓް އޮފީހުން ވަނީ ބުނެފައެވެ.

މޫސުން ގޯސްވެ ދަތުރުފަތުރު ނުކެރޭތީ ރ އަތޮޅު އަތޮޅު ފެރީތައްވެސް މިއަދު ވަނީ ކެންސަލްކޮށްފައެވެ. އަދި މާލެއިން ރ އަތޮޅަށް ދަތުރުކުރާ ބައެއް ފެރީތައްވެސް ވަނީ ދަތުރަށް ފުރުމަށްފަހު އަނބުރާ މާލެ ގޮސްފައެވެ.

އިތުރަށް ވިދާޅުވުމަށް

އިބްރާހީމް ޒަޔާން

އުނގޫފާރު ފޯސްޓެރިންގް އެވެޔާނެސް އެސޯސޮއޭސަން (އުފާ) ގެ ރައިސް އެވެ. އުފާ ނިވްސް ޓީމްގެ ފަރާތުން ޙަބަރުތައް ގެނެސްދިނުމުގައި އެންމެ އިސްކޮށް އުޅުއްވާ އެއް ނޫސްވެރިޔާއެވެ. ހުރިހާ ދާއިރާއެއްގެ ޙަބަރުތައްވެސް ލިޔުއްވުމުގެ އިތުރުން ވާހަކަ ލިޔުމަށް ޝަޢުގުވެރިކަން ހުންނަވައެވެ.

ގުޅޭ ލިއުންތައް

avatar
Close