ޚަބަރުރަށު ކުޅިވަރުކުޅިވަރުއުފާ ފުޓުސަލް ކަޕް

އުފާ ފުޓުސަލް ކަޕްގެ ހުރިހައި މެޗެއް ލައިވް ކުރާނެ

އުފާ ފުޓުސަލް ކަޕް 2019

މިއަދު ހަވީރު ފެށުމަށް ހަމެޖެހިފައިވާ އުފާ ފުޓުސަލް ކަޕް 2019 ގެ ހުރިހައި މެޗެއްވެސް އުނގޫފާރު ޑޮޓް ކޮމް ގެ ފޭސްބުކް ޕޭޖުން ލައިވް ކުރާނެއެވެ.

އުނގޫފާރު ޑޮޓްކޮމްގެ ފޭސްބުކް ލައިވް ގައި އެންމެ އިސްކޮށް ހަރަކާތްތެރިވާ ސީނިއަރ ވީޑިއޯގްރަފަރ ސާހް ބުނީ މުބާރާތް ލައިވްކޮށް ބެލުންތެރިންނަށް ގެނެސްދިނުމަށް ވާންޖެހޭ ހުރިހައި ތައްޔާރީ ތަކެއް ވެނިމިފައިވާ ކަމަށެވެ.

އުނގޫފާރު ޑޮޓް ކޮމް އިންވަނީ އުނގޫފާރުގައި ބާއްވާފައިވާ ގިނަ މުބާރާތްތަކާއި އަދި އެހެން އިވެންޓްތައްވެސް ވަގުތުން ގެނެސްދީފައެވެ. މިގޮތުން ނިމިދިޔަ ބޮޑު އީދުގައި އުނގޫފާރުގައި ކުރިއަށްދިޔަ ހުރިހައި ކުޅިވަރުތަކާއި 24 އޮގަސްޓް ގައި އުނގޫފާރުގައި ނިމުނު  ރ. އަތޮޅު ބަށި ލީގުގެ މެޗުތަށް ފާހަގަ ކޮށްލެވެއެވެ.

މުބާރާތް މިއަދު ހަވީރު ފެށޭއިރު ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ގުރޫޕް ބީ ގެ ދި ޑަބަލް އެލް އާއި ވައިނޮޓް ސްޕޯރޓްސްއެވެ. މުބާރާތް ފެށުމުގެ ރަސްމިއްޔާތު 16:30 ގައި ފެށިގެން ކުރިއަށްދާނެއެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

އިބްރާހީމް ޒަޔާން

އުނގޫފާރު ފޯސްޓެރިންގް އެވެޔާނެސް އެސޯސޮއޭސަން (އުފާ) ގެ ފައުންޑަރ މެމްބަރ އަދި ފުރަތަމަ ދެ ދައުރުގެ ރައީސް އެވެ. އުފާ ނިވްސް ޓީމްގެ ފަރާތުން ޙަބަރުތައް ގެނެސްދިނުމުގައި އެންމެ އިސްކޮށް އުޅުއްވާ އެއް ނޫސްވެރިޔާއެވެ. ހުރިހާ ދާއިރާއެއްގެ ޙަބަރުތައްވެސް ލިޔުއްވުމުގެ އިތުރުން ވާހަކަ ލިޔުމަށް ޝަޢުގުވެރިކަން ހުންނަވައެވެ.

ގުޅޭ ލިއުންތައް

avatar
Close