ޙަބަރުރަށު ކުޅިވަރުކުޅިވަރުއުފާ ފުޓުސަލް ކަޕް

އުފާ ފުޓުސަލް ކަޕް – މޮޅަކާއެކު ވައިނޮޓް ސްޕޯރޓްސް އިން މުބާރާތް ފަށައިފި

އުފާ ފުޓުސަލް ކަޕް 2019

އުފާ ފުޓްސަލް ކަޕްގެ ފުރަތަމަ މެޗު ކާމިޔާބުކޮށް މޮޅަކާއެކު ވައިނޮޓް ސްޕޯރޓްސް އިން މުބާރާތް ފަށައިފިއެވެ. ވައިނޮޓް ސްޕޯރޓްސް އިން މިމޮޅު ހޯދީ މުބާރާތުގެ ފުރަތަމަ މެޗުގައި  4 – 2 ލަނޑުން ޑަބަލް އެލްގެ މައްޗަށް ކުރި ހޯދައިގެންނެވެ.

ވައިނޮޓްގެ ފުރަތަމަ ލަނޑު އަދި މެޗުގެވެސް ފުރަތަމަ ލަނޑު 7 ވަނަ މިނެޓްގައި ކާމިޔާބު ކޮށްދިނީ ހުސައިން މިފްރާހް ވަހީދު (މިއްޕެ) އެވެ. މިނަތީޖާއިން ފުރަތަމަ ހާފް ނިމެން ދަނިކޮށް ޑަބަލް އެލް އަށް ނަތީޖާ ހަމަހަމަ ކޮށްދިނީ މުހައްމަދު އިލްހާމް (އިއްލެ) އެވެ.

ދެވަނަ ހާފް ފެށިގެން 10 ވަނަ މިނެޓްގައި ވައިނޮޓަށް ދެވަނަ ފަހަރަށް ލީޑް ނަގައިދިނީ އަލީ ޝިމާހު އެވެ. އޭގެ ދެމިނެޓް ފަހުން ހުސައިން ނަޒްރަތު ވައިނޮޓުގެ 3 ވަނަ ލަނޑު ކާމިޔާބު ކޮށްދިނެއެވެ.  އޭގެ މިނެޓެއްފަހުން މުހައްމަދު މަދުހޫން ޑަބަލް އެލްގެ ދެވަނަ ލަނޑު ކާމިޔާބުކޮށްދީ ފަރަގު ކުޑަކުރިއެވެ. ވައިނޮޓްގެ 4 ވަނަ ލަނޑު ކާމިޔާބު ކޮށްދިނީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަޤާމުވެސް ހޯދި އަލީ ޝިމާހް އެވެ.

އިއްޔެ ހަވީރު އުނގޫފާރު އިޖުތިމާއީ މަރުކަޒުގެ ފުޓްސަލް ދަނޑުގައި ފެށި މިމުބާރާތް ޝަރަފްވެރި ކޮށްދެއްވާ މޮޅުކުޅުންތެރިޔާގެ ޓްރޮފީ ހަވާލުކޮށްދެއްވީ ރަށްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދުއެވެ.

އުފާ ފުޓްސަލް ކަޕްގެ ހުރިހައި މެޗެއްގެ ފޭސްބުކް ލައިވް އުނގޫފާރު ޑޮޓްކޮމްގެ ފޭސްބުކް ޕޭޖް  އިން ގެނެސް ދެމުންދަނީ އެސް ޓީ އޯ ގެ ހެޔޮއެދުންތަކާއެކުގައެވެ.

ދި ޑަބަލް އެލް އަދި ވައިނޮޓް ސްޕޯރޓްސް ބައްދަލުކުރި މެޗުގެ ފޭސްބުކް ލައިވް

UFAA Futsal Cup 2019 – Opening Ceremony and First match: The Double L Vs Why Not Sports.

Posted by Ungoofaaru.com on Friday, 30 August 2019

 

ޓެގް
އިތުރަށް ވިދާޅުވުމަށް

އިބްރާހީމް ޒަޔާން

އުނގޫފާރު ފޯސްޓެރިންގް އެވެޔާނެސް އެސޯސޮއޭސަން (އުފާ) ގެ ރައިސް އެވެ. އުފާ ނިވްސް ޓީމްގެ ފަރާތުން ޙަބަރުތައް ގެނެސްދިނުމުގައި އެންމެ އިސްކޮށް އުޅުއްވާ އެއް ނޫސްވެރިޔާއެވެ. ހުރިހާ ދާއިރާއެއްގެ ޙަބަރުތައްވެސް ލިޔުއްވުމުގެ އިތުރުން ވާހަކަ ލިޔުމަށް ޝަޢުގުވެރިކަން ހުންނަވައެވެ.

ގުޅޭ ލިއުންތައް

avatar
Close