ޚަބަރުރަށު ކުޅިވަރުކުޅިވަރުއުފާ ފުޓުސަލް ކަޕް

އުފާ ފުޓްސަލް ކަޕް – ޕޮލިސް ޖޫނިއަރ އަށްވެސް މޮޅެއް

އުފާ ފުޓުސަލް ކަޕް 2019

އުފާ ފުޓްސަލް ކަޕްގައި ކުޅުނު ފުރަތަމަ މެޗު ކާމިޔާބުކޮށް މޮޅަކާއެކު ޕޮލިސް ޖޫނިއަރ އިންވެސް މުބާރާތް ފަށައިފިއެވެ. ޕޮލިސް ޖޫނިއަރ އިން މިމޮޅު ހޯދީ އެޓީމު ކުޅުނު ފުރަތަމަ މެޗުގައި  5 – 4 ލަނޑުން ޑަބަލް އެލް ޑައިމަންޑްގެ މައްޗަށް ކުރި ހޯދައިގެންނެވެ.

ވާދަވެރި ކުޅުމެއް ފެނިގެން ދިޔަ މިމެޗުގައި ފުރަތަމަ ލަނޑުޖަހާ ލީޑުހޯދީވެސް ޕޮލިސް ޖޫނިއަރ އިންނެވެ. ޕޮލިސް ޓީމުގެ ލަނޑުތައް ޖަހާފައިވަނީ މުހައްމަދު އަހުމަދު 2 ލަނޑު އަދި އިސްމާއީލް އަހުމަދު 3 ލަނޑެވެ. ޑަބަލް އެލް ޑައިމަންޑްގެ ލަނޑު ތައް ޖަހާފައިވަނީ ނައުފަލް ހަސަން އެއްލަނޑު އަދި އަހުމަދު އަޝްފާޤް 3 ލަނޑެވެ.

މިމެޗުގެ މޮޅުކުޅުންތެރިއާގެ މަޤާމު ހޯދީ ޕޮލިސް ޖޫނިއަރގެ އިސްމާއިލް އަހުމަދެވެ. މޮޅު ކުޅުންތެރިޔާއާއި ޓްރޮފީ ހަވާލުކޮށްދެއްވީ މެޗުގެ ޝަރަފްވެރި މެހުމާނު ޔޫތު އެސޯސިއޭޓް އަލްފާޟިލް އަހުމަދު ޝާހިދުއެވެ.

އުފާ ފުޓްސަލް ކަޕްގެ ހުރިހައި މެޗެއްގެ ފޭސްބުކް ލައިވް އުނގޫފާރު ޑޮޓްކޮމްގެ ފޭސްބުކް ޕޭޖް  އިން ގެނެސް ދެމުންދަނީ އެސް ޓީ އޯ ގެ ހެޔޮއެދުންތަކާއެކުގައެވެ.

ދި ޑަބަލް އެލް ޑައިމަންޑް އަދި ޕޮލިސް ޖޫނިއަރ ބައްދަލުކުރި މެޗުގެ ފޭސްބުކް ލައިވް

UFAA Futsal Cup 2019 . 2nd match The Double L Diamond Vs Ungoofaaru Police JR

Posted by Ungoofaaru.com on Friday, 30 August 2019

 

ޓެގް
އިތުރަށް ވިދާޅުވުމަށް

އިބްރާހީމް ޒަޔާން

އުނގޫފާރު ފޯސްޓެރިންގް އެވެޔާނެސް އެސޯސޮއޭސަން (އުފާ) ގެ ރައިސް އެވެ. އުފާ ނިވްސް ޓީމްގެ ފަރާތުން ޙަބަރުތައް ގެނެސްދިނުމުގައި އެންމެ އިސްކޮށް އުޅުއްވާ އެއް ނޫސްވެރިޔާއެވެ. ހުރިހާ ދާއިރާއެއްގެ ޙަބަރުތައްވެސް ލިޔުއްވުމުގެ އިތުރުން ވާހަކަ ލިޔުމަށް ޝަޢުގުވެރިކަން ހުންނަވައެވެ.

ގުޅޭ ލިއުންތައް

avatar
Close