ޚަބަރުރަށު ކުޅިވަރުކުޅިވަރުއުފާ ފުޓުސަލް ކަޕް

އުފާ ފުޓްސަލް ކަޕް – ޗެލްސީ މެގަ އަތުން ޗެމްޕިއަން ޔަންގް ސްޓަރ އަށް މޮޅެއް

އުފާ ފުޓުސަލް ކަޕް 2019

އުނގޫފާރު ކޮމިއުނިޓީ ސެންޓަރުގެ ފުޓްސަލް ދަނޑުގައި މިހާރު ކުރިއަށްދާ އުފާ ފުޓްސަލް ކަޕްގައި ކުޅުނު ފުރަތަމަ މެޗު ކާމިޔާބުކޮށް މޮޅަކާއެކު އެއްމެފަހުގެ ޗެމްޕިއަން އަދި ތަށި މިލްކު ކުރުމަށް ނިކުތް ޔަންގް ސްޓަރ އިންވެސް މުބާރާތް ފަށައިފިއެވެ. ޔަންގް ސްޓަރ އިން މިމޮޅު ހޯދީ އެޓީމު ކުޅުނު ފުރަތަމަ މެޗުގައި  6 – 2 ލަނޑުގެ ބޮޑު ތަފާތަކުން  ޗެލްސީ މެގަގެ މައްޗަށް ކުރި ހޯދައިގެންނެވެ.

ހުކުރު ދުވަހުގެރޭ ކުޅެވުނު މިމެޗުގަ ފުރަމަތަ ހާފުގައި ޔަންގް ސްޓަރ އިން 2 ލަނޑު އަދި ޗެލްސީ މެގައިން 1 ލަނޑު ޖަހާފައިވެއެވެ. ފުރަތަމަ ހާފުގައި ޗެލްސީމެގަ އިން ރަގަނޅު ކުޅުމެއް ދެއްކިނަމަވެސް ދެވަނަ ހާފްގައި އެޓީމަށް މާއެދެވޭ ކުޅުމެއް ނުދެއްކުނެވެ. މިހާފުގައި ޔަންގް ސްޓަރ އިން ވަނީ އިތުރު 4 ލަނޑު ޖަހާ 6- 2 ނަތީޖާއަކުން ޗެލްސީ މެގަގެ މައްޗަށް ކުރިހޯދާފައެވެ.

ޗެލްސީ މެގަގެ ލަނޑު ތައް ޖަހާފައިވަނީ ޒަކަރިއްޔާ ހަމީދު އަދި މޫސާ މުޒާހުއެވެ. ޔަންގް ސްޓަރގެ ލަނޑު ތައް ޖަހާފައިވަނީ ހުސައިން ރިމާޒު އަދި އަލީ އުނައިސް މިއިން ކޮންމެ ކުޅުންތެރިއަކު 1 ލަނޑު އަދި އަހުމަދު ނާހިދު 3 ލަނޑެވެ.

މިމެޗުގެ މޮޅު ކުޅުންތެރިޔާގެ މަޤާމު ހޯދީ ޔަންގް ސްޓަރގެ ޖާޒީ ނަމްބަރު 11 އަލީ އުނައިސް އެވެ. މޮޅުކުޅުންތެރިޔާގެ ޓްރޮފީ ހަވާލުކޮށްދެއްވީ ކްލަބް ޔޫތު ސްޓަރގެ ނައިބް ރައީސް މުހައްމަދު އަބްދުއްޝަކޫރެވެ.

އުފާ ފުޓްސަލް ކަޕްގެ ހުރިހައި މެޗެއްގެ ފޭސްބުކް ލައިވް އުނގޫފާރު ޑޮޓްކޮމްގެ ފޭސްބުކް ޕޭޖް  އިން ގެނެސް ދެމުންދަނީ އެސް ޓީ އޯ ގެ ހެޔޮއެދުންތަކާއެކުގައެވެ.

ޔަންގް ސްޓަރ އަދި ޗެލްސީ މެގަ ބައްދަލުކުރި މެޗުގެ ފޭސްބުކް ލައިވް

UFAA Futsal Cup 2019 – Young Star Vs Chelsea Mega. #UFAAFutsalCup2019 #ufaasports #ufaa #ungoofaarucommunitycentre @LotusBikeShop State Trading Organization Plc

Posted by Ungoofaaru.com on Friday, 30 August 2019

 

ޓެގް
އިތުރަށް ވިދާޅުވުމަށް

އިބްރާހީމް ޒަޔާން

އުނގޫފާރު ފޯސްޓެރިންގް އެވެޔާނެސް އެސޯސޮއޭސަން (އުފާ) ގެ ރައިސް އެވެ. އުފާ ނިވްސް ޓީމްގެ ފަރާތުން ޙަބަރުތައް ގެނެސްދިނުމުގައި އެންމެ އިސްކޮށް އުޅުއްވާ އެއް ނޫސްވެރިޔާއެވެ. ހުރިހާ ދާއިރާއެއްގެ ޙަބަރުތައްވެސް ލިޔުއްވުމުގެ އިތުރުން ވާހަކަ ލިޔުމަށް ޝަޢުގުވެރިކަން ހުންނަވައެވެ.

ގުޅޭ ލިއުންތައް

avatar
Close