ޚަބަރު

ޖަމިއްޔަތުއްސައިފުގެ 58 ވަނަ އަހަރީ ދުވަސް ފާހަގަ ކުރުމަށް ތަފާތު ހަރަކާތްތަކެއް ހިންގައިފި

ޖަމިއްޔަތުއްސައިފް

އުނގޫފާރު ޖަމިއްޔަތުއްސައިފަށް 58 އަހަރު ފުރުމުގެ މުނާސަބަތާއި ގުޅުވައިގެން ތަފާތު ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފިއެވެ. މިހަރަކާތްތައް ކުރިއަށްގެންގޮސްފައިވަނީ ހުކުރު އަދި ހޮނިހިރު މިދެދުވަހުއެވެ.

ސައިފުން ކުރިއަށްގެންދިޔަ ހަރަކާތްތަކުގެ ތެރޭގައި ސައިފަށް ގިނަދުވަހު ހިދުމަތްކޮށްދެއްވި މެމްބަރުންނާއި އުމުރުން ދުވަސްވީ މީހުންނަށާއި ހާއްސައެހީއަށް ބޭނުންވެފައިވާ ފަރާތްތަކާއި އަދި ބަލިމީހުންނަށް ޒިޔާރަތްކުރުމާއި އެފަރާތްތަކަށް ހާއްސަ ހަދިޔާއެއްދިނުންވެސް ހިމެނެއެވެ. މިޒިޔާރަތުގައި އުނގޫފާރުގެ މީހުންގެ އިތުރުން އުނގޫފާރު ރީޖަނަލް ހޮސްޕިޓަލްގައި އެނދުމަތިކޮށްގެން ފަރުވާދެމުންދިޔަ ފަރާތްތައްވެސް ހިމެނެއެވެ. ހަދިޔާގެ ގޮތުގައި ދީފައިވަނީ ތަފާތު ވައްތަރުގެ މޭވާހިމެނޭ ވަށިގަނޑެކެވެ.

އަހަރީ ދުވަހާއި ގުޅުވައިގެން ދެންކުރިއަށްގެންދިޔައީ އުނގޫފާރުގެ ބައެއް ސަރަހައްދު ތައް ސާފުކުރުމުގެ މަސައްކަތެވެ. މިމަސައްކަތުގައިވެސް ސައިފްގެ ހިވާގި މެމްބަރުން ބައިވެރިވެފައިވެއެވެ.

އަހަރީ ދުވަހާއި ގުޅުވައިގެން ރޭވަނީ ޑިނަނައިޓެއް ބާއްވާފައެވެ. ސައިފް ޕްރީ ސްކޫލުގައި ބޭއްވި މި ޑިނަނައިޓް  ޝަރަފްވެރިކޮށްދެއްވީ ރައްޔިތުންގެ މަޖީލީހުގެ އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދުއެވެ. މިޑިނަނައިޓްގައި އުނގޫފާރުގެ އިސްފަރާތްތަކާއި ސައިފްގެ ގިނައަދަދެއްގެ މެމްބަރުން ބައިވެރިވިއެވެ.

ޖަމިއްޔަތުއްސައިފްގެ އުފާވެރި އަހަރީދުވަހުގެ މުނާސަބަތުގައި އުނގޫފާރު ޑޮޓް ކޮމްގެ ފަރާތުން ސައިފްގެ ވެރިންނަށާއި މެމްބަރުންނަށް އިހުލާސްތެރި ތަހުނިޔާ އަރިސްކުރަމެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

އިބްރާހީމް ޒަޔާން

އުނގޫފާރު ފޯސްޓެރިންގް އެވެޔާނެސް އެސޯސޮއޭސަން (އުފާ) ގެ ރައިސް އެވެ. އުފާ ނިވްސް ޓީމްގެ ފަރާތުން ޙަބަރުތައް ގެނެސްދިނުމުގައި އެންމެ އިސްކޮށް އުޅުއްވާ އެއް ނޫސްވެރިޔާއެވެ. ހުރިހާ ދާއިރާއެއްގެ ޙަބަރުތައްވެސް ލިޔުއްވުމުގެ އިތުރުން ވާހަކަ ލިޔުމަށް ޝަޢުގުވެރިކަން ހުންނަވައެވެ.

ގުޅޭ ލިއުންތައް

avatar
Close