ޚަބަރުރަށު ކުޅިވަރުކުޅިވަރުއުފާ ފުޓުސަލް ކަޕް

އުފާ ފުޓުސަލް ކަޕް – ހަވީރުގެ ދެމެޗު ތިޔަމަސް އަދި ޔަންގް ސްޓަރ ކާމިޔާބު ކޮށްފި

އުފާ ފުޓުސަލް ކަޕް 2019

އުނގޫފާރު ކޮމިއުނިޓީ ސެންޓަރުގެ ފުޓްސަލް ދަނޑުގައި މިހާރު ކުރިއަށްދާ އުފާ ފުޓްސަލް ކަޕްގައި އިއްޔެ ހަވީރު ކުޅު ދެމެޗު ތިޔަމަސް އަދި ޔަންގް ސްޓަރ ކާމިޔާބު ކޮށްފިއެވެ. ތިޔަމަސް ކުޅުނު ފުރަތަމަ މެޗު ކާމިޔާބުކޮށް މޮޅަކާއެކު މުބާރާތްފެށީ 11 -1 ލަނޑުން އުނގޫފާރު ޕޮލިސް ޖޭއާރު އަތުން މޮޅުވެގެންނެވެ.

ތަފާތު ބޮޑު ނަތީޖާ އަކުން ތިޔަމަސް މޮޅުވި މިމެޗުގައި ލަނޑުތައް ޖަހާފައިވަނީ ހަސަން ޔާސިރު 5 ލަނޑު، ހަސަން އީނާޒު އަދި މަމްދޫހު އަބްދުލް ޤާދިރު ކޮންމެ ކުޅުންތެރިއަކު 2 ލަނޑު އަދި އިބްރާހީމް މުބީން އާއި ހަސަން ފަޒީލް ކޮންމެ ކުޅުންތެރިއަކު 1 ލަނޑެވެ. މީގެ ތެރެއިިން ހަސަން އީނާޒުގެ އެއްލަނޑަކީ ލިބުނު ޕެނަލްޓީ އަކުން ކާމިޔާބުކުރި ލަނޑެކެވެ.  ބޯވާރޭގައި ކުޅެމުން ދިޔަ މިމެޗުގައި ޕޮލިސް ޓީމުގެ ހަމައެކަނި ލަނޑު ޖަހައިދިނީ ނުވަވަނަ މިނެޓްގައި އިސްމާއިލް އަހުމަދެވެ.

މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ މިމެޗުގައި ތިޔަމަސްއަށް 5 ގޯލް ޖަހައިދިން ހަސަން ޔާސިރުއެވެ. މޮޅުކުޅުންތެރިޔާގެ ޓްރޮފީ ހަވާލުކޮށްދެއްވީ ޖަމިއްޔަތުއްސައިފްގެ ރައީސް އަހުމަދު ނިޔާޒުއެވެ.

 

ހަވީރުގެ ދެވަނަ މެޗުގައި ޔަންގް ސްޓަރ މެޗުކާމިޔާބުކުރީ ދި ޑަބަލް އެލް ޑައިމަންޑްގެ މައްޗަށް 6 -3 ލަނޑުން ކުރި ހޯދައިގެންނެވެ. މިމެޗުގައި ޔަންގް ސްޓަރ ގެ ލަނޑުތައް ޖަހައިދިނީ އަހުމަދު ނާހިދު 3 ލަނޑު އިބްރާހީމް ސިނާހް 2 ލަނޑު އަދި އަލީ އުނައިސް އެއް ލަނޑެވެ. ދި ޑަބަލް އެލް ޑައިމަންޑްގެ 3 ލަނޑު ޖަހައިދިނީ ނައުފަލް ހަސަން، އަލީ އަޝްފާޤް އަދި އަލި މިފްސާހުއެވެ.

މެޗުގެ މޮޅު ކުޅުންތެރިޔާ ޔަންގް ސްޓަރގެ އަހުމަދު ނާހިދު އާއި މެޗުގެ ޝަރަފްވެރި މެހުމާނު މުހައްމަދު ރަމީޒު ޓްރޮފީ ހަވާލު ދެއްވަނީ

 

މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ މިމެޗުގައި ޔަންގް ސްޓަރ އަށް 3 ލަނޑު ޖަހައިދިން އަހުމަދު ނާހިދުއެވެ. މޮޅުކުޅުންތެރިޔާގެ ޓްރޮފީ ހަވާލުކޮށްދެއްވީ މުހައްމަދު ރަމީޒު (މަރޭ) އެވެ.

އުފާ ފުޓްސަލް ކަޕްގެ ހުރިހައި މެޗެއްގެ ފޭސްބުކް ލައިވް އުނގޫފާރު ޑޮޓްކޮމްގެ ފޭސްބުކް ޕޭޖް  އިން ގެނެސް ދެމުންދަނީ އެސް ޓީ އޯ ގެ ހެޔޮއެދުންތަކާއެކުގައެވެ.

ތިޔަމަސް އެކްސް ސްޕޯރޓްސް އަދި އުނގޫފާރު ޕޮލިސް ބައްދަލުކުރި މެޗުގެ ފޭސްބުކް ލައިވް

UFAA Futsal Cup 2019 – Thiyamus X Sports vs Ungoofaaru Police Jr#UFAAFutsalCup2019 #ufaasports #ufaa #ungoofaarucommunitycentre @LotusBikeShop State Trading Organization Plc

Posted by Ungoofaaru.com on Saturday, 31 August 2019

ޔަންގް ސްޓަރ އަދި ދި ޑަބަލް އެލް ޑައިމަންޑް ބައްދަލުކުރި މެޗުގެ ފޭސްބުކް ލައިވް

UFAA Futsal Cup 2019 – Young Star Vs The Double L Diamond. #UFAAFutsalCup2019 #ufaasports #ufaa #ungoofaarucommunitycentre @LotusBikeShop State Trading Organization Plc

Posted by Ungoofaaru.com on Saturday, 31 August 2019

 

ޓެގް
އިތުރަށް ވިދާޅުވުމަށް

އިބްރާހީމް ޒަޔާން

އުނގޫފާރު ފޯސްޓެރިންގް އެވެޔާނެސް އެސޯސޮއޭސަން (އުފާ) ގެ ރައިސް އެވެ. އުފާ ނިވްސް ޓީމްގެ ފަރާތުން ޙަބަރުތައް ގެނެސްދިނުމުގައި އެންމެ އިސްކޮށް އުޅުއްވާ އެއް ނޫސްވެރިޔާއެވެ. ހުރިހާ ދާއިރާއެއްގެ ޙަބަރުތައްވެސް ލިޔުއްވުމުގެ އިތުރުން ވާހަކަ ލިޔުމަށް ޝަޢުގުވެރިކަން ހުންނަވައެވެ.

ގުޅޭ ލިއުންތައް

avatar
Close