ޚަބަރުރަށު ކުޅިވަރުރިޕޯޓްއުފާ ފުޓުސަލް ކަޕް

އުފާ ފުޓްސަލް ކަޕް – ރޭގެ މެޗްތައް ވައިނޮޓް އަދި ޑަބަލް އެލް ކާމިޔާބު ކޮށްފި

އުފާ ފުޓްސަލް ކަޕް 2019

އުނގޫފާރު ކޮމިއުނިޓީ ސެންޓަރުގެ ފުޓްސަލް ދަނޑުގައި މިހާރު ކުރިއަށްދާ އުފާ ފުޓްސަލް ކަޕްގައި ރޭ ކުޅު ދެމެޗު ވައިނޮޓް ސްޕޯރޓްސް އަދި ޑަބަލްއެލް ކާމިޔާބު ކޮށްފިއެވެ. ރޭގެ ފުރަތަމެޗުގައި ބައްދަލުކުރީ ގުރޫޕް ބީގެ ދި ޑަބަލް އެލް އަދި ޔަންގް ސްޓަރ ޖޫނިއަރ އެވެ. މިމެޗު 6 – 1 ލަނޑުން ކާމިޔާބުކުރީ ދި ޑަބަލް އެލްއެވެ. މިއީ ޔަންގް ސްޓަރ ޖޫނިއަރ މިމުބާރާތުގައި ކުޅުނު ފުރަތަމަ މެޗެވެ.

ޑަބަލް އެލްގެ ލަނޑު ތައް ޖަހައި ދިނީ މުހައްމަދު މުއީނު 2 ލަނޑު، މުހައްމަދު އިލްހާމް،  މުހައްމަދު މަދުހޫން، އަހުމަދު އާދަމް އަދި އަބުދުﷲ ޒިޔާން، މިއިން ކޮންމެ ކުޅުންތެރިއަކު އެއްލަނޑެވެ. ޔަންގް ސްޓަރ ޖޫނިއަރ އިން ޖެހި ލަނޑަކީ ޑަބަލްއެލްގެ އިލްހާމް އަތުން ބައިކޮޅަށް ވަތް ލަނޑެކެވެ.

މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ މިމެޗުގައި ޑަބަލް އެލް އަށް 1 ލަނޑު ޖަހައިދިން އަހުމަދު އާދަމްއެވެ. މޮޅުކުޅުންތެރިޔާގެ ޓްރޮފީ ހަވާލުކޮށްދެއްވީ އުނގޫފާރު ޑޮޓް ކޮމް ގެ ވެބް ޑިވެލޮޕަރ މުނާޒު މުހައްމަދުއެވެ.

ރޭގެ ދެވަނަ މެޗުގައި ބައްދަލުކުރީ ވައިނޮޓް ސްޕޯރޓްސް އާއި އުނގޫފާރު  ޕޮލިސް އެވެ. މިއީ ޕޮލިސް ވެސް މިމުބާރާތުގައި ކުޅުނު ފުރަތަމަ މެޗެވެ. މިމެޗު 2 – 0 ކާމިޔާބުކުރީ ވައިނޮޓް ސްޕޯރޓްސްއެވެ. މިއީވެސް ގުރޫޕް ބީ ގެ މެޗެކެވެ.

މިމެޗުގެ ދެހާފްގައި ފެނިގެންދިޔަ ދެ ލަނޑު ވައިނޮޓް ސްޕޯރޓްސް އަށް ޖަހައިދިނީ އަލީ ޝިމާހު އާއި އަބްދުﷲ ވަހީދުއެވެ. މިމެޗުގެ މޮޅުކުޅުންތެރިއަކަށް ހޮވުނީ ވައިނޮޓް ސްޕޯރޓްސްގެ އަލީ ޝިމާހުއެވެ. މޮޅުކުޅުންތެރިޔާގެ ޓްރޮފީ ހަވާލުކޮށްދެއްވީ މިމެޗުގެ ޝަރަފްވެރި މެހުމާން ރ. އުނގޫފާރު ޖައުޒާމަންޒިލް އަބްދުލް ޤާދިރު އަބްދުﷲއެވެ.

މެޗުގެ މޮޅު ކުޅުންތެރިޔާ ވައިނޮޓް ސްޕޯރޓްސްގެ އަލީ ޝިމާހް އާއި މެޗުގެ ޝަރަފްވެރި މެހުމާނު އަބްދުލް ޤާދިރު އަބްދުﷲ ޓްރޮފީ ހަވާލު ދެއްވަނީ

އުފާ ފުޓްސަލް ކަޕްގެ ހުރިހައި މެޗެއްގެ ފޭސްބުކް ލައިވް އުނގޫފާރު ޑޮޓްކޮމްގެ ފޭސްބުކް ޕޭޖް  އިން ގެނެސް ދެމުންދަނީ އެސް ޓީ އޯ ގެ ހެޔޮއެދުންތަކާއެކުގައެވެ.

ޑަބަލް އެލް އަދި ޔަންގް ސްޓަރ ޖޫނިއަރ ބައްދަލުކުރި މެޗުގެ ފޭސްބުކް ލައިވް

UFAA Futsal Cup 2019 – The Double L vs Youngstar Juniors#UFAAFutsalCup2019 #ufaasports #ufaa #ungoofaarucommunitycentre @LotusBikeShop State Trading Organization Plc

Posted by Ungoofaaru.com on Saturday, 31 August 2019

ވައިނޮޓް ސްޕޯރޓްސް އަދި އުނގޫފާރު ޕޮލިސް ބައްދަލުކުރި މެޗުގެ ފޭސްބުކް ލައިވް

UFAA Futsal Cup 2019 – Why Not Sports Vs Ungoofaaru Police.#UFAAFutsalCup2019 #ufaasports #ufaa #ungoofaarucommunitycentre Lotus Bike Shop State Trading Organization Plc

Posted by Ungoofaaru.com on Saturday, 31 August 2019

 

 

ޓެގް
އިތުރަށް ވިދާޅުވުމަށް

އިބްރާހީމް ޒަޔާން

އުނގޫފާރު ފޯސްޓެރިންގް އެވެޔާނެސް އެސޯސޮއޭސަން (އުފާ) ގެ ފައުންޑަރ މެމްބަރ އަދި ފުރަތަމަ ދެ ދައުރުގެ ރައީސް އެވެ. އުފާ ނިވްސް ޓީމްގެ ފަރާތުން ޙަބަރުތައް ގެނެސްދިނުމުގައި އެންމެ އިސްކޮށް އުޅުއްވާ އެއް ނޫސްވެރިޔާއެވެ. ހުރިހާ ދާއިރާއެއްގެ ޙަބަރުތައްވެސް ލިޔުއްވުމުގެ އިތުރުން ވާހަކަ ލިޔުމަށް ޝަޢުގުވެރިކަން ހުންނަވައެވެ.

ގުޅޭ ލިއުންތައް

avatar
Close