ޚަބަރުރަށު ކުޅިވަރުކުޅިވަރުއުފާ ފުޓުސަލް ކަޕް

އުފާ ފުޓްސަލް ކަޕް – ކުޅުނު ހުރިހައި މެޗަކުން މޮޅުވެ ވައިނޮޓް ސްޕޯރޓްސް ސެމީއަށް

އުފާ ފުޓްސަލް ކަޕް 2019

އުނގޫފާރު ކޮމިއުނިޓީ ސެންޓަރުގެ ފުޓްސަލް ދަނޑުގައި މިހާރު ކުރިއަށްދާ އުފާ ފުޓްސަލް ކަޕްގައި އިއްޔެ ހަވީރު ކުޅު ދެމެޗު ވައިނޮޓް ސްޕޯރޓްސް އަދި ޑަބަލްއެލް ކާމިޔާބު ކޮށްފިއެވެ. އިއްޔެ ހަވީރުގެ ފުރަތަމެޗުގައި ބައްދަލުކުރީ ގުރޫޕް ބީގެ ދި ޑަބަލް އެލް އަދި އުނގޫފާރު ޕޮލިސް އެވެ. މިމެޗު 6 – 3 ލަނޑުން ކާމިޔާބުކުރީ ދި ޑަބަލް އެލްއެވެ.

މިމެޗުގައި ޑަބަލް އެލްގެ ލަނޑުތައް ޖަހައިދީފައިވަނީ މުހައްމަދު މުއީން 3 ލަނޑު އަދި މުރުތަލާ މުހައްމަދު. މުހައްމަދު މަދުހޫން އާއި އަބްދުﷲ ޒިޔާން، މިއިން ކޮންމެ ކުޅުންތެރިއަކު އެއް ލަނޑެވެ.

މިނަތީޖާ އާއެކު ޑަބަލްއެލް ވަނީ ކުޅުނު 3 މެޗުން 2 މެޗު ކާމިޔާބުކޮށް ގުރޫޕް ބީ ގެ ދެވަނަ ޓީމުގެ ގޮތުގައި ސެމީން ޖާގަ ހޯދާފާއެވެ.

މިމެޗުގެ މޮޅުކުޅުންތެރިއަކަށް ހޮވުނީ ޑަބަލް އެލްގެ މުހައްމަދު މުއީންއެވެ. މޮޅުކުޅުންތެރިޔާގެ ޓްރޮފީ ހަވާލުކޮށްދެއްވީ މިމެޗުގެ ޝަރަފްވެރި މެހުމާން ރ. އުނގޫފާރު ޖައުޒާމަންޒިލް އަބްދުލް ޤާދިރު އަބްދުﷲއެވެ.

ޑަބަލްއެލް އަދި ޕޮލިސް ބައްދަލުކުރި މެޗުގެ ފޭސްބުކް ލައިވް

UFAA Futsal Cup 2019 – The Double L Vs Ungoofaaru Police.#UFAAFutsalCup2019 #ufaasports #ufaa #ungoofaarucommunitycentre Lotus Bike Shopp State Trading Organization Plc

Posted by Ungoofaaru.com on Sunday, 1 September 2019

އިއްޔެ ހަވީރުގެ ދެވަނަ މެޗުގައި ބައްދަލުކުރީ ވައިނޮޓް ސްޕޯރޓްސް އާއި ޔަންގް ސްޓަރ ޖޫނިއަރ އެވެ. މިމެޗު 7 – 2 ލަނޑުން ކާމިޔާބުކޮށް ކުޅުނު ތިންމެޗުން މޮޅުވެ ވައިނޮޓް ސްޕޯރޓްސް ވަނީ މުބާރާތުގެ ސެމީފައިނަލުން ގުރޫބީގެ އެއްވަނަ ޓީމުގެ ގޮތުގައި ޖާގަ ހޯދާފައެވެ.

މިމެޗުގައި ވައިނޮޓް ސްޕޯރޓްސް އަށް ލަނޑުތައް ޖަހައިދިނީ އަލީ ޝިމާހް 3 ލަނޑު، އަބްދުﷲ ވަހީދު 2 ލަނޑު އަދި ހުސައިން މިފްރާހް ވަހީދު އާއި އިބްރާހީމް އިހްސާން އެއްލަނޑެވެ. ޔަންގް ސްޓަރ ޖޫނިއަރގެ ދެލަނޑުވެސް ޖަހާފައިވަނީ އަލީ މިމްރާހްއެވެ.

މިމެޗުގެ މޮޅުކުޅުންތެރިޔާގެ މަޤާމްހޯދީ ވައިނޮޓް ސްޕޯރޓްސްގެ އަލީ ޝިމާހްއެވެ. މޮޅުކުޅުންތެރިޔާގެ ޓްރޮފީ ހަވާލުކޮށްދެއްވީ މިމެޗުގެ ޝަރަފްވެރި މެހުމާން ރ. އުނގޫފާރު ހައިސޮލިއުޝަންގެ މެނޭޖަރ މުހައްމަދު ނޫރީއެވެ.

އުފާ ފުޓްސަލް ކަޕްގެ ހުރިހައި މެޗެއްގެ ފޭސްބުކް ލައިވް އުނގޫފާރު ޑޮޓްކޮމްގެ ފޭސްބުކް ޕޭޖް  އިން ގެނެސް ދެމުންދަނީ އެސް ޓީ އޯ ގެ ހެޔޮއެދުންތަކާއެކުގައެވެ.

ވައިނޮޓް ސްޕޯރޓްސް އަދި ޔަންގް ސްޓަރ ޖޫނިއަރ ބައްދަލުކުރިމެޗުގެ ފޭސްބުކް ލައިވް

UFAA Futsal Cup 2019 – Why Not Sports Vs Young Star Junior#UFAAFutsalCup2019 #ufaasports #ufaa #ungoofaarucommunitycentre Lotus Bike Shop State Trading Organization Plc

Posted by Ungoofaaru.com on Sunday, 1 September 2019

ޓެގް
އިތުރަށް ވިދާޅުވުމަށް

އިބްރާހީމް ޒަޔާން

އުނގޫފާރު ފޯސްޓެރިންގް އެވެޔާނެސް އެސޯސޮއޭސަން (އުފާ) ގެ ރައިސް އެވެ. އުފާ ނިވްސް ޓީމްގެ ފަރާތުން ޙަބަރުތައް ގެނެސްދިނުމުގައި އެންމެ އިސްކޮށް އުޅުއްވާ އެއް ނޫސްވެރިޔާއެވެ. ހުރިހާ ދާއިރާއެއްގެ ޙަބަރުތައްވެސް ލިޔުއްވުމުގެ އިތުރުން ވާހަކަ ލިޔުމަށް ޝަޢުގުވެރިކަން ހުންނަވައެވެ.

ގުޅޭ ލިއުންތައް

avatar
Close