ޙަބަރުރަށު ކުޅިވަރުކުޅިވަރުއުފާ ފުޓުސަލް ކަޕް

އުފާ ފުޓްސަލް ކަޕް – ރޭގެ ދެމެޗު ކާމިޔާބުކޮށް ތިޔަމަސް އަދި ޔަންގް ސްޓަރ ސެމީ އާއި ގާތަށް

އުފާ ފުޓްސަލް ކަޕް 2019

އުނގޫފާރު ކޮމިއުނިޓީ ސެންޓަރުގެ ފުޓްސަލް ދަނޑުގައި މިހާރު ކުރިއަށްދާ އުފާ ފުޓްސަލް ކަޕްގައި ރޭ ކުޅު ދެމެޗު ތިޔަމަސް އެކްސް ސްޕޯރޓްސް އަދި ޔަންގް ސްޓަރ ކާމިޔާބު ކޮށްފިއެވެ. ރޭގެ ފުރަތަމެޗުގައި ބައްދަލުކުރީ ގުރޫޕް އޭ ގެ ތިޔަމަސް އެކްސް ސްޕޯރޓްސް އަދި ޗެލްސީ މެގައެވެ. މިމެޗު 6 – 2 ލަނޑުން ކާމިޔާބުކުރީ ތިޔަމަސް އެކްސް ސްޕޯރޓްސްއެވެ.

މިމެޗުގައި ތިޔަމަސް އެކްސްގެ ލަނޑުތައް ޖަހައިދިނި މަމްދޫހު އަބްދުލް ޤާދިރު 3 ލަނޑު، އިބްރާހީމް މުބީން 2 ލަނޑު އަދި ހަސަން އީނާޒް އެއްލަނޑެވެ. ޗެލްސީމެގަގެ 2 ލަނޑުވެސް ޖަހައިދިނީ މޫސާ މުޒާހުއެވެ.

މިމެޗުގެ މޮޅުކުޅުންތެރިއަކަށް ހޮވުނީ ތިޔަމަސް އެކްސްގެ އިބްރާހީމް މުބީންއެވެ. މޮޅުކުޅުންތެރިޔާގެ ޓްރޮފީ ހަވާލުކޮށްދެއްވީ މިމެޗުގެ ޝަރަފްވެރި މެހުމާން ރިވާޑް ޕްލަސްގެ މެނޭޖަރ އިބްރާހީމް ހަލީމްއެވެ.

ފޭސްބުކް އަށް ދިމާވި ޓެކްނިކަލް މައްސަލައެއްގެ ސަބަބުން ރޭކުޅެވުނު މިމެޗް އުނގޫފާރު ޑޮޓްކޮމްގެ ފޭސްބުކް ޕޭޖުން ލައިވް ކުރެވޭގޮތްވަނީ ނުވެފައެވެ. ވީމާ މިކަމަށް ބެލުންތެރިންގެ ކިބައިން ނިހާޔަތައް މާފަށްއެދެމެވެ.

ރޭ ކުޅެވުނު ދެވަނަމެޗުގައި ބައްދަލުކުރީ ޔަންގް ސްޓަރ އަދި އުނގޫފާރު ޕޮލިސް ޖޭއާރުއެވެ. މިމެޗު ޔަންގް ސްޓަރ އިން ކާމިބުކުރީ 4 – 2 ލަނޑުންނެވެ.

މިެޗުގައި ޕޮލިސްގެ ލަނޑުތައް ޖަހައިދިނީ އާސިފް އަހުމަދު އަދި އަސްފާމް ހަމީދުއެވެ. ޔަންގް ސްޓަރ ގެ ލަނޑުތައް ޖަހައިދިނީ އަހުމަދު ނާހިދު 2 ލަނޑު އަދި މުހައްމަދު ސާއިފް އެއްލަނޑެވެ. ޔަންގް ސްޓަރގެ އަނެއްލަނޑަކީ ޕޮލިސް ޓީމްގެ އާސިފް އަހުމަދު އަތުން ބައިކޮށްޅަށް ވަތް ލަނޑެކެވެ.

މިމެޗުގެ މޮޅުންތެރިއަށްކަށް ހޮވިފައިވަނީ ޔަންގް ސްޓަރގެ އަހުމަދު ނާހިދުއެވެ. މޮޅު ކުޅުންތެރިޔާއާއި ޓްރޮފީ ހަވާލުކޮށްދެއްވީ މެޗުގެ ޝަރަފްވެރި މެހުމާނު ޔޫއެޗްއެލް ޓްރޭޑްގެ މެނޭޖަރ ހުސައިން ފަހުމީއެވެ.

މެޗުގެ މޮޅުކުޅުންތެރިޔާގެ މަޤާމްހޯދި އަހުމަދު ނާހިދު އާއި ޝަރަފްވެރި މެހުމާނު ޓްރޮފީ ހަވާލުކޮށްދެއްވަނީ

އުފާ ފުޓްސަލް ކަޕްގެ ހުރިހައި މެޗެއްގެ ފޭސްބުކް ލައިވް އުނގޫފާރު ޑޮޓްކޮމްގެ ފޭސްބުކް ޕޭޖް  އިން ގެނެސް ދެމުންދަނީ އެސް ޓީ އޯ ގެ ހެޔޮއެދުންތަކާއެކުގައެވެ.

ޔަންގް ސްޓަރ އަދި ޕޮލިސް ޖޭއާރު ބައްދަލުކުރިމެޗުގެ ވީޑިއޯ

UFAA Futsal Cup 2019 – Young Star Vs Ungoofaaru Police JR

UFAA Futsal Cup 2019 – Young Star Vs Ungoofaaru Police JR#UFAAFutsalCup2019 #ufaasports #ufaa #ungoofaarucommunitycentre Lotus Bike Shop State Trading Organization Plc

Posted by Ungoofaaru.com on Sunday, 1 September 2019

 

ޓެގް
އިތުރަށް ވިދާޅުވުމަށް

އިބްރާހީމް ޒަޔާން

އުނގޫފާރު ފޯސްޓެރިންގް އެވެޔާނެސް އެސޯސޮއޭސަން (އުފާ) ގެ ރައިސް އެވެ. އުފާ ނިވްސް ޓީމްގެ ފަރާތުން ޙަބަރުތައް ގެނެސްދިނުމުގައި އެންމެ އިސްކޮށް އުޅުއްވާ އެއް ނޫސްވެރިޔާއެވެ. ހުރިހާ ދާއިރާއެއްގެ ޙަބަރުތައްވެސް ލިޔުއްވުމުގެ އިތުރުން ވާހަކަ ލިޔުމަށް ޝަޢުގުވެރިކަން ހުންނަވައެވެ.

ގުޅޭ ލިއުންތައް

avatar
Close