ކޮވިޑް-19

ޚަބަރުރަށު ކުޅިވަރުކުޅިވަރުއުފާ ފުޓުސަލް ކަޕް

އުފާ ފުޓްސަލް ކަޕް – މޮޅަކާއެކު ޔަންގް ސްޓަރ ޖޫނިއަރ އިން މުބާރާތް ނިންމާލައިފި

އުފާ ފުޓްސަލް ކަޕް 2019

އުނގޫފާރު ކޮމިއުނިޓީ ސެންޓަރުގެ ފުޓްސަލް ދަނޑުގައި މިހާރު ކުރިއަށްދާ އުފާ ފުޓްސަލް ކަޕްގައި ހޯމަދުވަހު ހަވީރު ބައްދަލުކުރީ ޔަންގް ސްޓަރ ޖޫނިއަރ އަދި އުނގޫފާރު ޕޮލިސް ޓީމެވެ. މިމެޗު 4 – 3 ލަނޑުން ކާމިޔާބުކުރީ ޔަންގް ސްޓަރ ޖޫނިއަރ އެވެ.

ގުރޫޕް ސްޓޭޖު ކުޅެން ޖެހޭ ފަހުމެޗަށް މިދެޓީމު ނިކުތްއިރު ދެޓީމަށްވެސް މުބާރާތުގައި އިތުރަށް ކުރިއަށްދިޔުމުގެ ފުރުސަތުވަނީ ގެއްލިފައެވެ. ދެޓީމުވެސް ގުރޫޕް ސްޓޭޖުގައި ކުޅުނު ދެމެޗުގައި ވައިނޮޓް ސްޕޯރޓްސް އަދި ދި ޑަބަލް އެލް އަތުން ވަނީ ބަލިވެފައެވެ.

އުނގޫފާރު ޕޮލިސް ޖޭއާރު ގެ ލަނޑު ތައް ޖަހައިދިނީ އަހުމަދު މުޖުތަބާ 2 ލަނޑު އަދި އިޤްބާލް އަބްދުލް ރައްޒާގު އެއްލަނޑެވެ.

މިމެޗުގައި ޔަންގް ސްޓަރ ޖޫނިއަރގެ ލަނޑުތައް ޖަހައިދިނީ ސިންދުބާދު 2 ލަނޑު އަދި އަހުމަދު އަރީޝް އާއި އަހުމަދު މިސްބާހު، މިއިން ކޮންމެ ކުޅުންތެރިއަކު އެއްލަނޑެވެ.

މިނަތީޖާއާއި އެކު ޖަންގް ސްޓަރ ޖޫނިއަރ ވަނީ 3 މެޗުކުޅެ އެއްމެޗުން މޮޅުވެ ލިބުނު 3 ޕޮއިންޓާއެކު ގުރޫޕް ބީ 3 ވަނަ ހޯދާފައެވެ.

މިމެޗުގެ މޮޅުންތެރިއަށްކަށް ހޮވިފައިވަނީ އުނގޫފާރު ޕޮލިސް ޖޭއާރުގެ އަހުމަދު މުޖުތަބާއެވެ. މޮޅު ކުޅުންތެރިޔާއާއި ޓްރޮފީ ހަވާލުކޮށްދެއްވީ މެޗުގެ ޝަރަފްވެރި މެހުމާނު އުނގޫފާރު ކައުންސިލްގެ ނައިބް ރައީސް އަލްފާޟިލް މުހައްމަދު އަފްލާހުއެވެ.

އުފާ ފުޓްސަލް ކަޕްގެ ހުރިހައި މެޗެއްގެ ފޭސްބުކް ލައިވް އުނގޫފާރު ޑޮޓްކޮމްގެ ފޭސްބުކް ޕޭޖް  އިން ގެނެސް ދެމުންދަނީ އެސް ޓީ އޯ ގެ ހެޔޮއެދުންތަކާއެކުގައެވެ

UFAA Futsal Cup 2019 – Young Star Junior Vs Ungoofaaru Police. #UFAAFutsalCup2019 #ufaasports #ufaa #ungoofaarucommunitycentre Lotus Bike Shop State Trading Organization Plc

Posted by Ungoofaaru.com on Monday, 2 September 2019

 

ޓެގް
އިތުރަށް ވިދާޅުވުމަށް

އިބްރާހީމް ޒަޔާން

އުނގޫފާރު ފޯސްޓެރިންގް އެވެޔާނެސް އެސޯސޮއޭސަން (އުފާ) ގެ ފައުންޑަރ މެމްބަރ އަދި ފުރަތަމަ ދެ ދައުރުގެ ރައީސް އެވެ. އުފާ ނިވްސް ޓީމްގެ ފަރާތުން ޙަބަރުތައް ގެނެސްދިނުމުގައި އެންމެ އިސްކޮށް އުޅުއްވާ އެއް ނޫސްވެރިޔާއެވެ. ހުރިހާ ދާއިރާއެއްގެ ޙަބަރުތައްވެސް ލިޔުއްވުމުގެ އިތުރުން ވާހަކަ ލިޔުމަށް ޝަޢުގުވެރިކަން ހުންނަވައެވެ.

ގުޅޭ ލިއުންތައް

avatar
Close