ޚަބަރުރަށު ކުޅިވަރުކުޅިވަރުއުފާ ފުޓުސަލް ކަޕް

އުފާ ފުޓްސަލް ކަޕް – ޗެލްސީ މެގައިން ފުރަތަމަ މޮޅު ހޯދައިފި

އުފާ ފުޓްސަލް ކަޕް 2019

އުނގޫފާރު ކޮމިއުނިޓީ ސެންޓަރުގެ ފުޓްސަލް ދަނޑުގައި މިހާރު ކުރިއަށްދާ އުފާ ފުޓްސަލް ކަޕްގައި ރޭގެ ފުރަތަމަ މެޗުގައި ބައްދަލުކުރީ ޗެލްސީ މެގަ އަދި ޑަބަލްއެލް ޑައިމަންޑްއެވެ.  މިމެޗު 4 – 2 ލަނޑުން ކާމިޔާބުކުރީ ޗެލްސީ މެގަ އެވެ.

މިއީ މުބާރާތުގައި މިދެޓީމުވެސް ކުޅުނު 3 ވަނަ މެޗެވެ. މުބާރާތުގަ ޗެލްސީމެގަ ކުޅުނު ދެމެޗުންވެސްވަނީ ބަލިވެފައެވެ. މިމެޗުގައި ޗެލްސީ މެގަގެ ލަނޑުތައް ޖަހައިދިނީ މުހައްމަދު އިސާމް 3 ލަނޑު އަދި މޫސާ މުޒާހް އެއްލަނޑެވެ.

ދި ޑަބަލްއެލް ޑައިމަންޑްގެ ދެ ލަނޑު ޖަހައިދިނީ ނައުފަލް ހަސަން އަދި އަހުމަދު އަޝްފާޤްއެވެ.

މިމެޗުގެ މޮޅުންތެރިއަށްކަށް ހޮވިފައިވަނީ ޗެލްސީ މެގަގެ މުހައްމަދު އިސާމްއެވެ. މޮޅު ކުޅުންތެރިޔާއާއި ޓްރޮފީ ހަވާލުކޮށްދެއްވީ މެޗުގެ ޝަރަފްވެރި މެހުމާނު އުނގޫފާރު ފެއިތުފުލް އަދުނާން އިބްރާހީމްއެވެ.

އުފާ ފުޓްސަލް ކަޕްގެ ހުރިހައި މެޗެއްގެ ފޭސްބުކް ލައިވް އުނގޫފާރު ޑޮޓްކޮމްގެ ފޭސްބުކް ޕޭޖް  އިން ގެނެސް ދެމުންދަނީ އެސް ޓީ އޯ ގެ ހެޔޮއެދުންތަކާއެކުގައެވެ.

ޗެލްސީ މެގަ އަދި ދި ޑަބަލް އެލް ބައްދަލުކުރިމެޗުގެ ފޭސްބުކް ލައިވް ވީޑިއޯ

UFAA Futsal Cup 2019 – Chelsea Mega Vs The Double L Diomand. . #UFAAFutsalCup2019 #ufaasports #ufaa #ungoofaarucommunitycentre Lotus Bike Shop State Trading Organization Plc

Posted by Ungoofaaru.com on Monday, 2 September 2019

ޓެގް
އިތުރަށް ވިދާޅުވުމަށް

އިބްރާހީމް ޒަޔާން

އުނގޫފާރު ފޯސްޓެރިންގް އެވެޔާނެސް އެސޯސޮއޭސަން (އުފާ) ގެ ރައިސް އެވެ. އުފާ ނިވްސް ޓީމްގެ ފަރާތުން ޙަބަރުތައް ގެނެސްދިނުމުގައި އެންމެ އިސްކޮށް އުޅުއްވާ އެއް ނޫސްވެރިޔާއެވެ. ހުރިހާ ދާއިރާއެއްގެ ޙަބަރުތައްވެސް ލިޔުއްވުމުގެ އިތުރުން ވާހަކަ ލިޔުމަށް ޝަޢުގުވެރިކަން ހުންނަވައެވެ.

ގުޅޭ ލިއުންތައް

avatar
Close