ޚަބަރުރަށު ކުޅިވަރުކުޅިވަރުއުފާ ފުޓުސަލް ކަޕް

އުފާ ފުޓްސަލް ކަޕް – ޔަންގް ސްޓަރ ބަލިކޮށް ތިޔަމަސް ގުރޫޕްގެ އެއްވަނައަށް

އުފާ ފުޓްސަލް ކަޕް 2019

އުނގޫފާރު ކޮމިއުނިޓީ ސެންޓަރުގެ ފުޓްސަލް ދަނޑުގައި މިހާރު ކުރިއަށްދާ އުފާ ފުޓްސަލް ކަޕްގައި ރޭގެ ދެވަނަ މެޗުގައި ބައްދަލުކުރީ ތިޔަމަސް އެކްސް ސްޕޯރޓްސް އާއި ޔަންގް ސްޓަރއެވެ.  މިމެޗު 4 – 2 ލަނޑުން ކާމިޔާބުކުރީތިޔަމަސް އެކްސް ސްޕޯރޓްއެވެ.

މިމެޗުގައި ޔަންގް ސްޓަރގެ 2 ލަނޑު ޖަހައިދިނީ އަހުމަދު ނާހިދު އަދި އިބްރާހީމް ސިނާހްއެވެ. ތިޔަމަސް އެކްސްގެ ލަނޑު ތައް ޖަހައިދިނީ ހަސަން ފަޒީލް 2 ލަނޑު އަދި މަމްދޫހު އަބްދުލް ޤާދިރު އެއްލަނޑެވެ. ތިޔަމަސްގެ އަނެއްލަނޑަކީ ޔަންގް ސްޓަރގެ ކީޕަރު ގައިގަ ޖެހިފައި ބައިކޮޅަށް ވަތް ލަނޑެކެވެ.

މިނަތީޖާ އާއެކު ކުޅުނު 4 މެޗުގެތެރެއިން 3 މެޗު ކާމިޔާބުކޮށް ޔަންގް ސްޓަރ އަށްވަނީ 9 ޕޮއިންޓް ލިބިފައެވެ. ހަމަމިއަދަދަށް ތިޔަމަސްއަށް ޕޮއިންޓް ލިބިފައިވާއިރު ތިޔަމަސް އަށް އަދި ބާކީ ޑަބަލް އެލް ޑައިމަންޑް މެޗް އެބައޮތެވެ. ގުރޫޕްގެ އަނެއް 3 ޓީމުންކުރެ އެއްވެސް ޓީމަކަށް މިއަދަދަށް ޕޮއިންޓް ހޯދެން ނެތުމުން، މިހާތަނަށް ނެރެފައިވާ ނަތީޖާތަކަށް ބަލާ މިގުރޫޕްގެ އެއްވަނަ ލިބޭނީ ތިޔަމަސް އެކްސް އަށެވެ. ގުރޫޕްގެ ދެވަނަ ލިބޭނީ ޔަންގް ސްޓަރއަށެވެ. އަދި މިގުރޫޕުގެ މިރޭގެ މެޗުތަކުން ކޮންމެ ނަތީޖާއެއް ނިކުތްނަމަވެސް ގުރޫޕުގެ އެއްވަނަ އަދި ދެވަނަ އަށް އެެއްވެސް ބަދަލެއް ނާންނާނެއެވެ.

މިމެޗުގެ މޮޅުންތެރިއަށްކަށް ހޮވިފައިވަނީ ތިޔަމަސް އެކްސް ސްޕޯރޓްސް ގެ އިބްރާހީމް މުބީންއެވެ. މޮޅު ކުޅުންތެރިޔާއާއި ޓްރޮފީ ހަވާލުކޮށްދެއްވީ މެޗުގެ ޝަރަފްވެރި މެހުމާނު އުފާގެ ހިންގާކޮމެޓީގެ މެމްބަރު މުހައްމަދު ޒަކަރިއްޔާއެވެ.

އުފާ ފުޓްސަލް ކަޕްގެ ހުރިހައި މެޗެއްގެ ފޭސްބުކް ލައިވް އުނގޫފާރު ޑޮޓްކޮމްގެ ފޭސްބުކް ޕޭޖް  އިން ގެނެސް ދެމުންދަނީ އެސް ޓީ އޯ ގެ ހެޔޮއެދުންތަކާއެކުގައެވެ.

ތިޔަމަސް އެކްސް ސްޕޯރޓްސް އަދި ޔަންގް ސްޓަރ ބައްދަލުކުރިމެޗުގެ ފޭސްބުކް ލައިވް ވީޑިއޯ

UFAA Futsal Cup 2019 – Young Star Vs Thiyamus X Sports. #UFAAFutsalCup2019 #ufaasports #ufaa #ungoofaarucommunitycentre Lotus Bike Shop State Trading Organization Plc

Posted by Ungoofaaru.com on Monday, 2 September 2019

ޓެގް
އިތުރަށް ވިދާޅުވުމަށް

އިބްރާހީމް ޒަޔާން

އުނގޫފާރު ފޯސްޓެރިންގް އެވެޔާނެސް އެސޯސޮއޭސަން (އުފާ) ގެ ރައިސް އެވެ. އުފާ ނިވްސް ޓީމްގެ ފަރާތުން ޙަބަރުތައް ގެނެސްދިނުމުގައި އެންމެ އިސްކޮށް އުޅުއްވާ އެއް ނޫސްވެރިޔާއެވެ. ހުރިހާ ދާއިރާއެއްގެ ޙަބަރުތައްވެސް ލިޔުއްވުމުގެ އިތުރުން ވާހަކަ ލިޔުމަށް ޝަޢުގުވެރިކަން ހުންނަވައެވެ.

ގުޅޭ ލިއުންތައް

avatar
Close