ޚަބަރުރ.އަތޮޅު

ކަންގަތި އެވޯޑް 2018 – ރ އަތޮޅު ކައުންސިލަށް 2 އެވޯޑެއް

ރ. އަތޮޅު ކައުންސިލް

ލޯކަލް ގަވަރމެންޓް އޮތޯރިޓީން ކައުންސިލް ތަކުގެ ހިންގުން ވަޒަންކޮށްދޭ ކަންގަތި އެވޯޑް ދިނުމުގެ ހަފްލާ ބާއްވައިފިއެވެ.  މިދިޔަ ހުކުރު ދުވަހުގެރޭ މާލޭގައި ބޭއްވި މިރަސްމިއްޔާތުގައި ރ އަތޮޅު ކައުންސިލުންވަނީ 2 ދާއިރާއަކުން އެވޯޑު ހާސިލް ކޮށްފައެވެ.

ރ އަތޮޅު ކައުންސިލުން އެވޯޑު ހާސިލުކުރި އެއް ދާއިރާއަކީ ސަބް އިންޑެކްސް ޤާނޫނަށް އަމަލުކުރުމުގައި އަތޮޅު ކައުންސިލްތަކުގެ ބައިން 1 ވަނަނެވެ. އަނެއް އެވޯޑަކީ މިދިޔަ އަހަރު އެންމެ ބޮޑު ކުރިއެރުމެއް ހޯދި އަތޮޅު ކައުންސިލްގެ އެވޯޑެވެ.

ރ އަތޮޅު ކައުންސިލް ފިޔަވައި ރ އަތޮޅުގެ އެއްވެސް ކައުންސިލަކަށް މިފަހަރު އެވޯޑެއް ހާސިލްކުރެވިފައެއް ނުވެއެވެ.

ރ އަތޮޅު ކައުންސިލުން ހޯދި މިކާމިޔާބީއަށް ރ އަތޮޅު ކައުންސިލުގެ އެއްމެހައި މެމްބަރުންނާއި މުވައްޒަފުންނަށް އުނގޫފާރު ޑޮޓް ކޮމްގެ ފަރާތުން ވަރަށް ހޫނު މަރުހަބާއެއްކިޔަމެވެ.

This slideshow requires JavaScript.

ޓެގް
އިތުރަށް ވިދާޅުވުމަށް

އިބްރާހީމް ޒަޔާން

އުނގޫފާރު ފޯސްޓެރިންގް އެވެޔާނެސް އެސޯސޮއޭސަން (އުފާ) ގެ ރައިސް އެވެ. އުފާ ނިވްސް ޓީމްގެ ފަރާތުން ޙަބަރުތައް ގެނެސްދިނުމުގައި އެންމެ އިސްކޮށް އުޅުއްވާ އެއް ނޫސްވެރިޔާއެވެ. ހުރިހާ ދާއިރާއެއްގެ ޙަބަރުތައްވެސް ލިޔުއްވުމުގެ އިތުރުން ވާހަކަ ލިޔުމަށް ޝަޢުގުވެރިކަން ހުންނަވައެވެ.

ގުޅޭ ލިއުންތައް

avatar
1 Comment threads
0 Thread replies
0 Followers
 
Most reacted comment
Hottest comment thread
1 Comment authors
Nikamethi meehaa Recent comment authors
Nikamethi meehaa
Guest
Nikamethi meehaa

ރ އަތޮޅު ކައުންސިލް ފިޔަވައި ރ އަތޮޅުގެ އެއްވެސް ކައުންސިލަކަށް މިފަހަރު އެވޯޑެއް ހާސިލްކުރެވިފައެއް ނުވެއެވެ. Mithaa mi bunaa ehcheh fahum eh nuvi??

ކިޔާލުން ރަނގަޅު

Close
Close