ޙަބަރުރަށު ކުޅިވަރުކުޅިވަރުއުފާ ފުޓުސަލް ކަޕް

އުފާ ފުޓްސަލް ކަޕް – ގުރޫޕްގެ ފަހު ދެމެޗު ޕޮލިސް އަދި ތިޔަމަސް އިން ކާމިޔާބުކޮށްފި

އުފާ ފުޓްސަލް ކަޕް 2019

އުނގޫފާރު ކޮމިއުނިޓީ ސެންޓަރުގެ ފުޓްސަލް ދަނޑުގައި މިހާރު ކުރިއަށްދާ އުފާ ފުޓްސަލް ކަޕްގައި  ރޭކުޅެވުނީ ގުރޫޕް އޭގެ އަދި މުބާރާތުގެ ގުރޫޕް ސްޓޭޖްގެ ފަހު ދެމެޗެވެ. ރޭގެ ފުރަތަމަ މެޗުގައި ބައްދަލުކުރީ ޗެލްސީ މެގަ އަދި އުނގޫފާރު ޕޮލިސް ޖޭއާރުއެވެ. މިމެޗު 9 – 4 ލަނޑުން ކާމިޔާބުކުރީ ޕޮލިސް ޖޭއާރެވެ. ރޭގެ ދެވަނަ މެޗުގައި ބައްދަލުކުރީ ތިޔަމަސް އެކްސް ސްޕޯރޓްސް އާއި ޑަބަލްއެލް ޑައިމަންޑްއެވެ.  މިމެޗު 8 – 1 ލަނޑުން ކާމިޔާބުކުރީ ތިޔަމަސް އެކްސް ސްޕޯރޓްއެވެ.

ފުރަތަމަ މެޗުގައި ޕޮލިސް ޓީމަށް ލަނޑުތައް ޖަހައިދިނީ އިސްމާއިލް އަހުމަދު އަދި ފާތިހް މުހައްމަދު، މިއިން ކޮންމެ ކުޅުންތެރިއަކު 4 ލަނޑު އަދި އަހުމަދު މޫސާ އެއްލަނޑެވެ. ޗެލްސީ މެގަގެ ލަނޑު ތައް ޖަހައިދިނީ ފަޒްލާން އާސިފް 3 ލަނޑު އަދި އަބްދުﷲ ޔާސިރު 1 ލަނޑެވެ.

މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ޕޮލިސް ޓީމުގެ އިސްމާއީލް އަހުމަދެވެ.

މޮޅު ކުޅުން ތެރިޔާއާއި ޓްރޮފީ ހަވާލުކޮށްދެއްވީ މެޗުގެ ޝަރަފްވެރި މެހުމާނާ އުނގޫފާރު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ ރައީސާ އަލްފާޟިލާ މިދުހަތު އަބްދުލް މަންނާނުއެވެ.

ޗެލްސީ މެގަ އަދި ޕޮލިސް ޖޭއާރު ބައްދަލުކުރި މެޗުގެ ފޭސްބުކް ލައިވް ވީޑިއޯ

UFAA Futsal Cup 2019 – Chelsea Mega Vs Ungoofaru Police JR. #UFAAFutsalCup2019 #ufaasports #ufaa #ungoofaarucommunitycentre Lotus Bike Shop State Trading Organization Plc

Posted by Ungoofaaru.com on Tuesday, 3 September 2019

 

ރޭގެ ދެވަނަ މެޗުގައި ތޔަމަސް އެކްސް ސްޕޯރޓްސްގެ ލަނޑުތައް ޖަހައިދިނީ ހަސަން ޔާސިރު 4 ލަނޑު، މަމްދޫހު އަބްދުލް ޤާދިރު 2 ލަނޑު އަދި ހަސަން ޝާމިލް އާއި ހަސަން އީނާޒް، ކޮންމެ ކުޅުންތެރިއަކު އެއްލަނޑެވެ. ޑަބަލް އެލް ޑައިމަންޑް ގެ ހަމައެކަނި ލަނޑު ޖަހައިދިނީ ނައުފަލް ހަސަންއެވެ.

މިމެޗާއެކު މިގުރޫޕް ހުރިހައި މެޗެއް ނިމުނުއިރު ކުޅުނު ހުރިހައި މެޗެއްކާމިބުކޮށް ތިޔަމަސް އެކްސް ސްޕޯރޓްސް ވަނީ  12 ޕޮއިންޓާއެކު ގުރޫޕްގެ އެއްވަނަ ހޯދާފައެވެ. ދެވަނަ ހޯދީ އެންމެ ފަހުގެ ޗެމްޕިއަން ޔަންގް ސްޓަރއެވެ.

NoTEAMPWDLGSGA+/-PTS
1Thiyamus x Sports44002962312
2Young Star4301181179
3Ungoofaaru Police JR42021723-66
4Chelsea Mega41031223-113
5The Double L Diamond40041023-130

މިމެޗުގެ މޮޅުންތެރިއަށްކަށް ހޮވިފައިވަނީ ތިޔަމަސް އެކްސް ސްޕޯރޓްސް ގެހަސަން ޔާސިރުއެވެ. މޮޅު ކުޅުންތެރިޔާއާއި ޓްރޮފީ ހަވާލުކޮށްދެއްވީ މެޗުގެ ޝަރަފްވެރި މެހުމާނު އުފާލައިވް ޓީމުގެ ކެމެރާމަން މުހައްމަދު އިމްރާންއެވެ.

އުފާ ފުޓްސަލް ކަޕްގެ ހުރިހައި މެޗެއްގެ ފޭސްބުކް ލައިވް އުނގޫފާރު ޑޮޓްކޮމްގެ ފޭސްބުކް ޕޭޖް  އިން ގެނެސް ދެމުންދަނީ އެސް ޓީ އޯ ގެ ހެޔޮއެދުންތަކާއެކުގައެވެ.

ތިޔަމަސް އެކްސް ސްޕޯރޓްސް އަދި ޑަބަލް އެލް ޑައިމަންޑް ބައްދަލުކުރިމެޗުގެ ފޭސްބުކް ލައިވް ވީޑިއޯ

UFAA Futsal Cup 2019 – The Double L Diamond Vs Thiyamus X Sports. #UFAAFutsalCup2019 #ufaasports #ufaa #ungoofaarucommunitycentre Lotus Bike Shop State Trading Organization Plc

Posted by Ungoofaaru.com on Tuesday, 3 September 2019

 

ޓެގް
އިތުރަށް ވިދާޅުވުމަށް

އިބްރާހީމް ޒަޔާން

އުނގޫފާރު ފޯސްޓެރިންގް އެވެޔާނެސް އެސޯސޮއޭސަން (އުފާ) ގެ ރައިސް އެވެ. އުފާ ނިވްސް ޓީމްގެ ފަރާތުން ޙަބަރުތައް ގެނެސްދިނުމުގައި އެންމެ އިސްކޮށް އުޅުއްވާ އެއް ނޫސްވެރިޔާއެވެ. ހުރިހާ ދާއިރާއެއްގެ ޙަބަރުތައްވެސް ލިޔުއްވުމުގެ އިތުރުން ވާހަކަ ލިޔުމަށް ޝަޢުގުވެރިކަން ހުންނަވައެވެ.

ގުޅޭ ލިއުންތައް

avatar
Close