ޚަބަރުރަށު ކުޅިވަރުކުޅިވަރުއުފާ ފުޓުސަލް ކަޕް

އުފާ ފުޓުސަލް ކަޕް – ބޮޑު ތަފާތަކުން ޑަބަލްއެލް ބަލިކޮށް ތިޔަމަސް ފައިނަލަށް

އުފާ ފުޓްސަލް ކަޕް 2019

އުފާ ފުޓުސަލް ކަޕްގެ ފައިނަލްގެ ފުރަތަމަ ޖާގަ ތިޔަމަސް އެކްސް ސްޕޯރޓްސް ހޯދައިފިއެވެ. ތަޔަމަސް ފައިނަލުން ޖާގަހޯދީ ރޭ ކުޅެވުނު ސެމީފައިނަލްގެ ފުރަތަމަ މެޗުގައި ޑަބަލް އެލްގެ މައްޗަށް 6 – 1 ތަފާތުބޮޑު ނަތީޖާއަކުން ކުރި ހޯދައިގެންނެވެ.

މެޗުގައި ފުރަތަމަ ލަނޑު ޖަހާ ލީޑުނެގީ ޑަބަލް އެލްއިންނެވެ. މިލަނޑު ޖަހައިދިނީ 8 ވަނަ މިނެޓްގައި މުހައްމަދު މުއީންއެވެ. ތިޔަމަސް އެކްސް ގެ ލަނޑުތައް ޖަހައިދިނީ މަމްދޫހު އަބްދުލް ޤާދިރު 3 ލަނޑު، އިބްރާހީމް މުބީން 2 ލަނޑު އަދި އުޒައިރު ހަސަން އެއްލަނޑެވެ.

މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ތިޔަމަސް އެކްސްގެ އިބްރާހީމް މުބީންއެވެ. މޮޅު ކުރުންތެރިޔާއާއި ޓްރޮފީ ހަވާލުކޮށްދެއްވީ ޝަރަފްވެރި މެހުމާނު ރ އަތޮޅު ކައުންސިލްގެ ރައީސް އަލްފާޟިލް އަލީ ޝާހިދުއެވެ.

އުފާ ފުޓްސަލް ކަޕްގެ ހުރިހައި މެޗެއްގެ ފޭސްބުކް ލައިވް އުނގޫފާރު ޑޮޓްކޮމްގެ ފޭސްބުކް ޕޭޖް  އިން ގެނެސް ދެމުންދަނީ އެސް ޓީ އޯ ގެ ހެޔޮއެދުންތަކާއެކުގައެވެ.

ތިޔަމަސް އެކްސް ސްޕޯރޓްސް އަދި ޑަބަލް އެލް ބައްދަލުކުރިސެމީފައިނަލް މެޗުގެ ފޭސްބުކް ލައިވް ވީޑިއޯ

UFAA Futsal Cup 2019, Semi-Final 1 / Thiyamus X Sports Vs The Double L. #UFAAFutsalCup2019 #ufaasports #ufaa #ungoofaarucommunitycentre Lotus Bike Shop State Trading Organization Plc

Posted by Ungoofaaru.com on Wednesday, 4 September 2019

ޓެގް
އިތުރަށް ވިދާޅުވުމަށް

އިބްރާހީމް ޒަޔާން

އުނގޫފާރު ފޯސްޓެރިންގް އެވެޔާނެސް އެސޯސޮއޭސަން (އުފާ) ގެ ރައިސް އެވެ. އުފާ ނިވްސް ޓީމްގެ ފަރާތުން ޙަބަރުތައް ގެނެސްދިނުމުގައި އެންމެ އިސްކޮށް އުޅުއްވާ އެއް ނޫސްވެރިޔާއެވެ. ހުރިހާ ދާއިރާއެއްގެ ޙަބަރުތައްވެސް ލިޔުއްވުމުގެ އިތުރުން ވާހަކަ ލިޔުމަށް ޝަޢުގުވެރިކަން ހުންނަވައެވެ.

ގުޅޭ ލިއުންތައް

avatar
Close