ޙަބަރުރަށު ކުޅިވަރުކުޅިވަރުއުފާ ފުޓުސަލް ކަޕް

އުފާ ފުޓްސަލް ކަޕް – ޕެނަލްޓީ ޖަހައިގެން ވައިނޮޓް ސްޕޯރޓްސް ބަލިކޮށް ޗެމްޕިއަން ޔަންގް ސްޓަރ ފައިނަލަށް

އުފާ ފުޓްސަލް ކަޕް 2019

އުފާ ފުޓުސަލް ކަޕްގެ ފައިނަލްގެ ސެމީފައިނަލް ދެވަނަ މެޗުގައި ޕެނަލްޓީ ޖަހައިގެން 3- 2 ން ވައިނޮޓް ސްޕޯރޓްސް ގެ މައްޗަށް ކުރިހޯދައި މުބާރާތުގެ ފައިނަލްގެ ދެވަނަ ޖާގަ އެންމެ ފަހުގެ ޗެމްޕިއަން ޔަންގް ސްޓަރ ހޯދައިފިއެވެ.

ރޭ އުނގޫފާރު އިޖުތިމާއި މަރުކަޒުގެ ފުޓުސަލް ދަނޑުގައި ކުރިއަށް ދިޔަ މިމެޗުގައި މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެޓީމުވެސް އޮތީ 3 – 3 ލަނޑުން އެއްވަރު ވެފައެވެ.

ޔަންގް ސްޓަރ ގެ ލަނޑުތައް ޖަހައިދިނީ ހުސައިން ރިމާޒް 2 ލަނޑު އަދި އަލީ އުނައިސް އެއްލަނޑެވެ. ވައިނޮޓް ސްޕޯރޓްސް ގެ ލަނޑުތައް ޖަހައިދިނީ ހުސައިން މިފްރާހް އާއި އަލީ ޝިމާހް އަދި އަލީ ޝައިހާން އެވެ.

މެޗުގެ ފުރިހަމަ ވަގުތު ހަމަވެ ޕެނަލްޓީ ޝޫޓްއައުޓުގައި ޔަންގް ސްޓަރ އިން ކުރިހޯދީ 3- 2 ގެ ނަތީޖާއިންނެވެ. ޔަންގް ސްޓަރގެ ރިމާޒް އާއި ސާއިފް އަދި އުނައިސް ގެ ޕެނަލްޓީ ކާމިޔާބު ކުރިއިރު ސިނާހްގެ ޕެނަލްޓީ ދިޔައީ ބޭރަށެވެ. ވައިނޮޓް ސްޕޯރޓްސް ގެ މިފްރާހް ވަހީދު އާއި އަލީ ޝައިހާން ގެ ޕެނަލްޓީ ކާމިޔާބު ކުރިއިެވެ. އަލީ ޝިމާހްގެ ޕެނަލްޓީ ކީޕަރު ދިފާއު ކުރިއިރު ޝިމާޒް ޖެހި ޕެނަލްޓީ ގެ ނާކާމިޔާބުވީ އަރިމަތީ ދަނޑީގައި ޖެހިފައެވެ.

މިމެޗުގެ މޮޅުކުޅުންތެރިއަކަށް ހޮވިފައިވަނީ ޔަންގް ސްޓަރގެ އަލީ އުނައިސްއެވެ. މޮޅު ކުޅުންތެރިޔާ އަށް ޓްރޮފީ ހަވާލުކޮށްދެއްވީ ޝަރަފްވެރި މެހުމާން ޖަމްއިއްޔަތުއްސައިފްގެ މުސްތަޝާރު އަބްދުﷲ ރަޝީދުއެވެ.

އުފާ ފުޓްސަލް ކަޕްގެ ހުރިހައި މެޗެއްގެ ފޭސްބުކް ލައިވް އުނގޫފާރު ޑޮޓްކޮމްގެ ފޭސްބުކް ޕޭޖް  އިން ގެނެސް ދެމުންދަނީ އެސް ޓީ އޯ ގެ ހެޔޮއެދުންތަކާއެކުގައެވެ.

ވައިނޮޓް ސްޕޯރޓްސް އަދި ޔަންގް ސްޓަރ ބައްދަލުކުރިމެޗުގެ ފޭސްބުކް ލައިވް ވީޑިއޯ

UFAA Futsal Cup 2019, Semi-Final 2 / Why Not Sports Vs Young Star.#UFAAFutsalCup2019 #ufaasports #ufaa #ungoofaarucommunitycentre Lotus Bike Shop State Trading Organization Plc

Posted by Ungoofaaru.com on Wednesday, 4 September 2019

 

ޓެގް
އިތުރަށް ވިދާޅުވުމަށް

އިބްރާހީމް ޒަޔާން

އުނގޫފާރު ފޯސްޓެރިންގް އެވެޔާނެސް އެސޯސޮއޭސަން (އުފާ) ގެ ރައިސް އެވެ. އުފާ ނިވްސް ޓީމްގެ ފަރާތުން ޙަބަރުތައް ގެނެސްދިނުމުގައި އެންމެ އިސްކޮށް އުޅުއްވާ އެއް ނޫސްވެރިޔާއެވެ. ހުރިހާ ދާއިރާއެއްގެ ޙަބަރުތައްވެސް ލިޔުއްވުމުގެ އިތުރުން ވާހަކަ ލިޔުމަށް ޝަޢުގުވެރިކަން ހުންނަވައެވެ.

ގުޅޭ ލިއުންތައް

avatar
Close